އަހުމަދު މަސްނޫމް   17 އޮކްޓޯބަރު 2020 - 21:43
މާލޭ ސިޓީ ކައުންސިލުން ޚިދުމަތްހޯދާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށް 1622 ހޮޓްލައިން ތަޢާރަފްކޮށްފިއެވެ.

ޕީއެސްއެއެމްގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދެނީ އެކި އިމާރާތްތަކުގައިކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވާކަމަށެވެ. ނަމަވެސް އަލަށް ޤާއިމުކުރި ހޮޓްލައިން "1622"އަށް ގުޅުމުން ބޭނުންވާ ޚިދުމަތަކާ ގުޅޭ ސެކްޝަނާއި، އެޚިދުމަތެއް ލިބޭނެ އިމާރާތް ހުރި ތަނާއި ގުޅޭ މަޢުލޫމާތުވެސް ފަސޭހައިން ލިބޭނެކަމަށް ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ ހޮޓްލައިންއާއެކު އެކި ސެކްޝަންތަކަށް އެކި ނަންބަރަށް ގުޅަންޖެހޭ ޖެހުމަށް ޙައްލެއް ލިބިގެންދާނެކަމަށެވެ.

"ވަރަށް ބޮޑަށް އެބަ އޮޅުންއަރާ ގުޅަންވީ ތަނެއް. ބިން ރެޖިސްޓްރީކުރުން، އަލަށްވިހާ ކުދިންގެ އުފައްދުވަހުގެ ސެޓްފިކެޓާއި، ކެފޭ ރެޖިސްޓަރކުރަން، ނޫނީ މަގެއްގެ ގަހެއް ކެނޑިއަސް، ޗަކަވަޅެއްގެ މައްސަލަވިއަސް މަގުމައްޗަށް ޕެޓްރޯލްއެޅުނަށް ހަމަ ގުޅާނީ ސިޓީ ކައުންސިލަށް. ހޮޓްލައިންއާއިއެކު ފަސޭހައިން އެނގޭނެ ގުޅަންވީ ސެކްޝަނެއް." ސިފާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ދަނީ ހޮޓްލައިންގެ އިތުރުން ސިޓީ ކައުންސިލުގެ އެކި ސެކްޝަން ތަކުންދޭ ޚިދުމަތްތަކުގެ މަޢުލޫމާތުތައް، ފަސޭހައިން ފެންނާނެހެން ވެބްސައިޓްގައި ޝާއިއުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން