ޓީވީ ޝޯ ކޯން ބަނޭގާ ކަރޯރްޕަތީ (ކޭބީސީ) ހުށައަޅައިދެމުންއަންނަ އިންޑިޔާގެ ފިލްމީތަރި އަމީތާބް ބައްޗަން
ޓީވީ ޝޯ ކޯން ބަނޭގާ ކަރޯރްޕަތީ (ކޭބީސީ) ހުށައަޅައިދެމުންއަންނަ އިންޑިޔާގެ ފިލްމީތަރި އަމީތާބް ބައްޗަން
އިންޑިޔާގެ ވެރިކަންކުރާ ބީޖޭޕީން އިންޑިޔާގެ މަޝްހޫރު ފިލްމީތަރި އަމީތާބް ބައްޗަން އަދި ސޮނީ ޓީވީ ޗެނަލް އާއި ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށައަޅައިފިއެވެ.

ވެރިކަން ކުރާ ބީޖޭޕީން އަމީތާބް ބައްޗަން އަދި ސޮނީ ޓީވީ ޗެނަލާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށައަޅައިފައިވަނީ، އަމީތާބު ހުށައަޅައިދެމުންއަންނަ ޓީވީ ޝޯ، ކޯން ބަނޭގާ ކްރޯޑްޕަތީ (ކޭބީސީ) ގެ ޕްރޮގްރާމެއްގައި ހުށައެޅި ސުވާލަކާއި ގުޅިގެންނެވެ.

ބީޖޭޕީގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށައަޅައިފައިވަނީ އަބިމަންޔު ޕަވާރްއެވެ. ބީޖޭޕީން ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އަމީތާބް ކުރި ސުވާލަކީ ހިންދޫ ދީނުގެ ހުރުމަތް ކެނޑޭފަދަ ސުވާލެއްކަށްވާތީ އަމީތާބާއި ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށެވެ.

އަމީތާބުގެ ސުވާލުގައި 1927 ވަނަ އަހަރު އިންޑިޔާގައި ހިންދޫ ދީނާއި ދެކޮޅަށް ތެދުވި ބަޔަކު ހިންދޫ ދީނުގެ ފޮތްތައް އަންދާލައިފާވާކަމަށް ވަނީ ފާހަގަ ކޮށްފައެވެ. މިކަން ބީޖޭޕީން ސިފަކޮށްފައިވަނީ ހިންދޫ ދީނުގެ މީހުންނަށް އެހިތި ހަނދާންތައް އާކޮށްދީ ހިތްދަތި ކުރުވިކަމެއްގެ ގޮތުގައެވެ. އަދި އަމީތާބުގެ ސުވާލުން ހިންދޫ ދީނުގެ ފޮތްތައް އަންދާލުމަށް ބާރުއަޅާ ކަމަށްވެސް މައްސަލަ ހުށައެޅި ޕަވާރްގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އިންޑިއާގައި މިހާރުވެރިކަން ކުރާ ބީޖޭޕީއަކީ އެގައުމުގައި އުޅޭ މުސްލިމުންނާއި ދެކޮޅަށް އަޑުއުފުލައި މުސްލިމުންނަށް ވަރަށް އިހާނެތިކޮށް ކަންކަން ކުރަމުން ގެންދާ ޕާޓީއެކެވެ. އެ ޕާޓީގެ އިސް ފަރާތްތަކުގެ ވާހަކަ ތަކުން ހިތްވަރު ލިބިގެން އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް ދުއްތުރާކޮށް އަނިޔާކޮށް ގެއްލުންދީ މަރަމުން ގެންދާކަން މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން