އެމެރިކާގައި މާސްކް އެޅުން މަޖުބޫރު ކުރުމަށް އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ޖޯ ބައިޑެން ގޮވާލައްވައިފިއެވެ.

މިގޮތުން ޖޯ ބައިޑެން ވެރިކަމާ ހަވާލުވެވަޑައިގެން އެމެރިކާގައި މާސްކް އެޅުމަށް މަޖުބޫރު ކުރުވުމަށް އެމެރިމާގެ އިސް ގަވަރުނަރުންނާއެކީ މަޝްވަރާކުރަށްވައި ނިންމަވާފައިވާކަމަށް ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ. އެމެރިކާގައި މާސްކް އެޅުމަށް މަޖުބޫރު ކުރުވުމަށް ޖޯ ބައިޑެން ގޮވާލައްވައިފައި ވަނީ މިފަހަކަށް އައިސް އެމެރިކާގައި ކޮވިޑް ޖެހޭމީހުން އިތުރުވުމާއި ބަލީގައި މަރުވާމީހުން އިތުރުވުމާއި ގުޅިގެންނެވެ.

ގަވަރުނަރުންނާއެކީ މަޝްވަރާކުރެއްވުމަށް ބައިޑެން ބޭއްވެވި ބައްދަލުވުމުގައި، މާސްކް އެޅުމުން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވޭނެކަން އެނގޭއިރު، މިއީ މިވަގުތު އެމެރިކާއަށް ވަރަށް މުހިންމު ކަމެއްކަމަށްވެސް ބައިޑެން ވަނީ ފާހަގަ ކުރައްވާފައެވެ. ޖޯ ބައިޑެން ވަނީ މާސްކް އެޅުމަކީ ފަރުދީ ޒިންމާއެއްގެގޮތުގައިވެސް ސިފަކުރައްވާފައެވެ.

ކޮވިޑް ޖެހޭމީހުން އިތުރުވެފައިވީނަމަވެސް، ޖޯ ބައިޑެންގެ ވެރިކަމުގައިވެސް ދެން އެމެރިކާ ލޮކްޑައުން ނުކުރާނެކަމަށްވެސް ބައިޑެން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޮވިޑު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.

ޖޯ ބައިޑެން އެމެރިކާގެ އިސް ގަވަރުނަރުންނާއެކީ މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުން ބާއްވާފައިވަނީ އޮންލައިންކޮށެވެ. އަދި މިބައްދަލު ވުމުގައި ރިޕަބްލިކަން ޕާޓީއަށް ނިސްބަޔާ އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މިބައްދަލުވުން ވެގެންދިޔަކީ ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް، ރިޕަބްލިކަން ޕާޓީއަށް ނިސްބަތްޔާ އޮފިޝަލުންނާ އެކު ޖޯ ބައިޑެން ބައްދަލުކުރެއްވި ފުރަތަމަ ފަހަރަށެވެ.

އެމެރިކާގައި މިހާތަނަށް 11.6 މިލިއަން މީހުންނަށް ކޮވިޑު ޖެހިފައިވާއިރު، 250،000 އަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައިވާކަމަށް އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީއިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން