ޒަހީނުއްދީން ސަޢީދު   21 ނޮވެމްބަރު 2020 - 2:0
ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުން ތަރައްޤީކުރި ރަސްރަނި ބަގީޗާ އަދި މިހާރުގެ ސަލްޓަން ޕާކް މާދަމާ އަލުން ހުޅުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ތަރައްގީކުރި ސްރަނި ބަގީޗާގެ ނަން މި ސަރުކާރުން ވަނީ ސަލްޓަން ޕާކަށް މި ނަމަށް ބަދަލުކޮށްފައެވެ.

އެ ޕާކު އާންމުންނަށް ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް ފަހުން މާދަމާ ފަތިހު 4:30 އިން ހުޅުވާލަން ވަނީ ނިންމާފައެވެ. މާލޭ މޭޔަރު ޝިފާ މުހަންމަދު ވިދާޅުވީ މިރޭ ފަތިހު 4:30 އިން ހެނދުނު 9:30 އަށް އަދި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 އަށް ޕާކު ހުޅުވާފައި ބަހައްޓާނެކަމަށެވެ.

" ދޮށީ އުމުރުގެ ބޭފުޅުންނަށާއި، ކަސްރަތު ކުރަން އަންނަ ފަރާތްތަކަށް ސަލްޓަންޕާކާއި ލޮނުޒިޔާރަތް ޕާކް ހެނދުނު ވަގުތު އިސްކަން ދެވިގެންދާނެ" މާލޭގެ މޭޔަރު ޝިފާ ވިދާޅުވިއެވެ.

ސަލްޓަން ޕާކާއި، މާލޭގެ ހުރި އެފަދަ ޕާކުތަކަށް ބަންދުކުރީ މާލޭގައި ކޮވިޑު-19 ހަލުވި ކަމާއެކު ފެތުރެމުންދާތީއެވެ. އެހެން ނަމަވެސް މާލޭގައި ކޮވިޑު-19 ގެ ހާލަތު ރަނގަޅުވަމުންދާތީ ޕާކުތައް އަލުން ހުޅުވުމަށް ހުއްދަ މިހާރު ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން