ރުގްޔާގެ ނަމުގައި ޖިންސީ އަދި ނަފްސާނީ އަނިޔާ ލިބެމުންދިޔަ ހަތަރު މައިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
މެދުރާއްޖެ ތެރޭގެ ރަށެއްގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން ރުޤްޔާ ކުރުމުގެ ނަމުގައި މަންމައާއި ތިން ކުދިން ގޭތެރޭގައި ބަންދުކޮށް ތިން މަސް ދުވަސްވަންދެން ގެންގުނު މައްސަލައެއް މިއަދު ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. އެކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީން މިރޭ ބުނެފައިވަނީ އެ ރިޕޯޓުގައި ހިމެނޭ އަނިޔާ ލިބުނު ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އާއިލާއާއި އެކީ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
މި ހާދިސާގައި ހިމެނޭ އަންހެން މީހާއަށް އަނިޔާ ކުރުމުގައި ރުޤްޔާކުރާ މީހާގެ އިތުރުން އަންހެންމީހާގެ ފިރިމީހާވެސް ބައިވެރިވާކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި ރުގްޔާ ކުރަން އޭނާ އާއި ތިން ކުދިން ގޭގައި ބަންދުކޮށް އަނިޔާ ކުރުމުގެ އިތުރުން އެހެން މީހުންނާއި މުއާމަލާތް ނުކުރެވޭ ގޮތަށް ފޯނު އަތުލި ކަމަށް ބުނެފައިވެ އެވެ.
މިކަން އެރަށު ޕޮލިސް ސްޓޭޝަނަށް ޙިއްސާކުރުމުންވެސް މާބޮޑު އެއްބާރުލުމެއް ނުލިބުނުކަމަށް އެ އަންހެން މީހާގެ ޢާއިލާއިން ވަނީ ބުނެފައެވެ.

މިހާރުނޫހުން ޝާއިޢުކޮށްފައިވާ ރިޕޯޓާއި ގުޅިގެން ދަންނަވަމެވެ. ބަޔާންކޮށްފައިވާ ރިޕޯޓުގައި ހިމެނޭ އަނިޔާ ލިބުނު ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އާއިލާއާއި އެކީ މަސައްކަތް ކުރަމުންދާކަން ދަންނަވަމެވެ. @MoGFSSmv
— Child and Family Protection Service (@cfps_mv) November 24, 2020
މި ހާދިސާގައި ހިމެނޭ އަންހެން މީހާއަށް އަނިޔާ ކުރުމުގައި ރުޤްޔާކުރާ މީހާގެ އިތުރުން އަންހެންމީހާގެ ފިރިމީހާވެސް ބައިވެރިވާކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި ރުގްޔާ ކުރަން އޭނާ އާއި ތިން ކުދިން ގޭގައި ބަންދުކޮށް އަނިޔާ ކުރުމުގެ އިތުރުން އެހެން މީހުންނާއި މުއާމަލާތް ނުކުރެވޭ ގޮތަށް ފޯނު އަތުލި ކަމަށް ބުނެފައިވެ އެވެ.
މިކަން އެރަށު ޕޮލިސް ސްޓޭޝަނަށް ޙިއްސާކުރުމުންވެސް މާބޮޑު އެއްބާރުލުމެއް ނުލިބުނުކަމަށް އެ އަންހެން މީހާގެ ޢާއިލާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު