މާބާރަކަށް މީހަކުން ފަހަތުން ހަޅޭއްލަވާ ގޮވާތީ ސައިކަލު މަޑުކޮށްލާފައި ފަހަތް ބަލަން ފަށައިފީމެވެ. މީހުން ގިނަކަމުން ގޮވަނީ ކާކުކަމެއް ނޭނގެއެވެ. ދެން ކޮޅުކޮޅުމައްޗަށް އެނބުރި ހޯދަހޯދާ އިންދާ މީހަކު އައިސް ނިކަން ބާރަށް ކޮނޑުމަތީގައި ވީއްލާލައިފިއެވެ. ތަދުވެގެން "އަލިފާނޯއި" އޭ ގޮވާ އެނބުރިލިއިރު ހުރީ މާ ގާތް އެކުވެރިއެކެވެ. ނުފެންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
އޭނާ ގޮވާލުމުގެ ކުރިން ފުރަތަމަ ވެސް ސުވާލު ކޮށްލެވުނީ މާލެއައީ ކޮންއިރަކުތޯ ސާފުކޮށްލުމަށެވެ. ރަހުމަތްތެރިޔާ ބުނީ އަދި ފައިން ލޮނުވެލި ނުހިކޭ ކަމަށެވެ. އެހެންވީމާ ރަހުމަތްތެރިޔާ މާލެއައިސްގެން މިއުޅެނީ މިއަދަކު، ނޫނީ އިއްޔެއަކުކަން ޔަގީން ކުރެވުނެވެ.
އެކަމަކު އޭނާ އެއައީ ލޮނުވެލި ޖެހޭ ހިސާބަކުން ނޫންކަން އަޅުގަނޑަށް އެނގޭތީ އެކަމަކާ ސުވާލެއް ނުކުރަމެވެ. ނަމަވެސް ހާލު އަހުވާލު އަހާލުމުން، ޖީބުން ނަގާފައި ދައްކާލީ ދިގު ލިސްޓެކެވެ. މީ ކޮންލިސްޓެއްތޯ އަޅުގަނޑު ސުވާލުކޮށްލައިފީއެވެ. ވާހަކަ ނުދައްކާ އިހަށް ތިޔަ ލިސްޓުގައި ކުލަ ޖައްސާފައި ތިޔައިން ތަން ކިޔާލަބަލާށޭ ބުނުމުން އަޅުގަނޑު އަނެއްކާވެސް ތަންކޮޅެއް ޝައުޤުވެރިކަމާއެކު ލިސްޓަށް ބަލައިލީމެވެ.
އެލިސްޓަކީ ދާދިފަހުން އެއްކަލަ ހަތް ހާސް "ކޮތަރުކޮށީ"ގެ ކޮންމެވެސް ކެޓަގަރީއެއްގެ ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓެކެވެ. އެލިސްޓުން ކުލަޖައްސައި ފާހަގަކޮށްލާފައި ވަނީ އަޅުގަނޑުގެ ރަހުމަތްތެރިޔާގެ ނަމެވެ. އޭނާއަށް ކުރިން ލިބިފައިވާ ޕޮއިންޓާއި މިހާރު ލިބިފައިވާ ޕޮއިންޓް އެނގޭ ގޮތަށް ވަރަށް ރީތިކޮށް ތަފުސީލު ކޮށްލާފައި އޮތް ލިސްޓެކެވެ.
އަޅުގަނޑު ހައިރާންވެފައި މިވީ ކިހިނަކުންތޯ ސުވާލުކޮށްލައިފީމެވެ. ރަހުމަތްތެރިޔާ ފެށީ ހޭށެވެ. އަޅުގަނޑު އެކަމާ ވީ ހައިރާނެވެ. އޭނާ ހުނުން ހުއްޓާ ނުލީމާ އަޅުގަނޑު ތިޔަ ހެނީ ކީއްވެތޯ އަހައިފީމެވެ. އޭނާ ހޭންފެށީމާ ހައިރާން ނުވާނެ ހެއްޔެވެ؟ ކުރީގައި ޕޮއިންޓް ލިބިގެން ކޮތަރު ކޮށްޓެއް ލިބިފައިވަނިކޮށް ފަހުން ދިރިއުޅުމުގެ ހާލު ބެލުމުން ޕޮއިންޓް ކެނޑި ފްލެޓް ނުލިބޭ މީހުންގެ ކެޓަގަރީގައި ހިމެނިފައި އޮތީމާ އޭނާ ހޭތީ ހައިރާންވީއެވެ.
އޭނާ ހެނީ ހަމަ ހޭން ވެގެންނެވެ. އަޅުގަނޑުގެ ރަހުމަތްތެރިޔާއަށް އެ ފްލެޓެއް ލިބުނީއްސުރެ އޭނާ އެއުޅެނީ ރާއްޖެއިން ބޭރުގައެވެ. އޭނާ ފްލެޓަށް ފޯމު ލީ ދުވަހު ރާއްޖެއިން ބޭރުގެ ހޮޓަލް ޗެއިނަކުން ވަޒީފާއެއް ލިބިގެން އަނބިދަރީން ދޫކޮށް ފުރައިގެން ދިޔައީ ވަޒީފާ އަދާކުރާށެވެ. ރާއްޖޭގެ އެކި ތަންތަނަށް ސިޓީ ލައިގެން މާލޭގައި ދިރިއުޅެވޭ ވަރުގެ އާމްދަނީއެއް ލިބޭ ވަރުގެ މުސާރައެއް ނުލިބުމުން އަނބި ދަރީން ދޫކޮށްލާފައި ގައުމުން ބޭރަށް ވަޒީފާ އަދާކުރާން ދާން ޖެހުނީއެވެ. ދެން އެފޯމާއި ބެހޭގޮތުން ކުރިކަމެއް ވިއްޔާ ކުރީ އޭނާގެ އަނބިމީހާއެވެ. އިތުރު މައުލޫމާތެއް ދިނިއްޔާ ދޭނީ އޭނާގެ އަނބިލީހާއެވެ.
އޭނާ އެހެނީ އެހެން ވެގެނެއް ނޫނެވެ. ފުރައިގެން ދިޔައީ ފޯމުލައި ޝަރުތު ހަމަވެގެން އޭނާއަށް ފްލެޓް ލިބުމުން އެކަމާ އުފަލުން ހެވިދިލިފައި ހުރެގެންނެވެ. ފްލެޓް ލިބުނުކަން ޔަގީންކޮށްދީ ދީފައިވާ ލިއުން ބޮޑުފޮށީގައި ބޭއްވީ ލެމިނޭޓްކޮށްފައި ހަލާކުނުވާނޭ ހެންވެސް ހަދާފައެވެ. ނަމަވެސް ދެއަހަރުކޮށްފައި އެނބުރި އައި ދުވަހު އަނބިމީހާ ދިއްކޮށްލީ އެއްކަލަ ލިސްޓެވެ. އޭގައި އޮތީ، ފްލެޓް ލިބުނު މީހާ މާލޭގައި ނޫޅޭތީ ޕޮއިންޓް މަދުވެ ފްލެޓް ނުލިބޭނެކަން ކަށަވަރުވެފައެވެ.
ނަމަވެސް ރަހުމަތްތެރިޔާ އަކީ މާލޭގެ "ބޮޑުފާރު ތަޅާލީއްސުރެ" މާލެއަށް އަރައިގެން އުޅޭ މީހެކެވެ. މިހާރު އުމުރު ދެބައިން މައްޗަށް ހިނގައްޖެއެވެ. ކުޑައިރު މައިންބަފައިން ރަށުން ގެނަސް މާލެއަށްލީ އެއްގޮތަކަށްވެސް މާލޭގައި އުޅެން ފަސޭހަ ވެގެނެއްނޫނެވެ. ބައްޕަ ރަށުގައި އަދާކުރި ވަޒީފާ ގެއްލުމުން ވަޒީފާއެއް ނުލިބިގެން މާލެއަށް "ފުންމާލީ" ވަޒީފާއެއް ހޯދައިގެން ދަރިންނަށް ކިޔަވައިދީ ހަދާށެވެ. މިއަދު ރަހުމަތްތެރިޔާއަށް ލިބިފައި އެހެރަ ތަޢުލީމާ މަސައްކަތުގެ ހުނަރަކީ އޭގެ ހެއްކެކެވެ. އެއީ ރާއްޖެތެރޭގެ ބައެއް ރަށްރަށުން މީހުން މާލެއަށް ދިރިއުޅުން ބަދަލު ކުރަން މަޖުބޫރުވި ސަބަބުގެ ދިރިހުރި މިސާލެކެވެ.
ދެން މި ސަރުކާރުން ރައީސް ޔާމިން އެޅި އެބުނާ ހަތްހާސް ފްލެޓް ނޫނީ ރަހުމަތްތެރިޔާގެ ބަހުން ނަމަ "ހަތްހާސް ކޮތަރުކޮށިން" ކޮށްޓެއް އޭނާއަށް ނުލިބުނު ސަބަބަކީ އޭނާ ވަޒީފާ އަދާކުރާން ރާއްޖެއިން ބޭރުގައި ހުރެގެން ޕޮއިންޓް މަދުވެގެން ކަމަށް ވާނަމަ އަސްލަމް ވަޒީރު އެވިދާޅުވަނީ ހަމަ ތެދުފުޅެކެވެ. "އަޅުގަނޑުމެން އެއްވެސް މީހަކު އަތުން އެއްޗެއް ނާތުލަމު" އެވެ. ރަހުމަތަތެރިޔާ ބުނާހެން "ދަމައިގަތުމާއި އައްސުން ފޭރިގަތުމާއި" އެއީ އަދި އަތުލުމެއް ނޫންތާއެވެ؟
ކޮންމެއަކަސް ރަހުމަތްތއެރިއާ ބުނާ ގޮތުން އޭނާ ދެއަހަރުކޮށްފައި ރާއްޖެ އުފަލުން އައީ މިހާރު އެ ލިބުނު ކޮތަރު ކޮށިގަނޑަށް ވަދެވޭނެ ކަމުގެ އުއްމީދުގައެވެ. މާލެ އައުމުގެ ކުރިން އޭނާ އަހާލާ ކޮންމެ ފަހަރަކު އަދި ވެސް ފްލެޓްގެ ކަންތަކެއް ނުނިމެއޭ އަންހެނުން ބުނާތީ އޭނާއަށް އޭރު ހުރީ އެކަން ގަބޫލުކުރަން ވެސް ދަތިވެފައެވެ. އޭނާ ހައްތާހާ ހީކުރަނީ އަންހެނުން އެތަނުގައި އުޅެމުން ވެސް ނޫނެކޭ ބުނަނީ އޭނާއަށް މިޒަމާނުގެ ކުދިން ކިޔާކަހަލަ "ސަޕްރައިޒް" އެއް ދޭން ކަމަށެވެ.
ނޫނެކެވެ. އަންހެނުން އެބުނަނީ ހަމަ ހަގީގަތެވެ. ކަން އޮތް ގޮތެވެ. މިސަރުކާރު ވެރިކަމަށް އައިތާ ދެއަހަރު ވެގެން ދިޔައީއެވެ. އަދި އެއުޅެނީ އަޅާ ނިމިފައި ހުރި ފްލެޓެއްވެސް ނުދެވިގެނެވެ. ވެރިކަމާ ހަވާލުވީއްސުރެ އެ ހަތްހާސް ކޮތަރުކޮށްޓާ ހިފާ ނަގަނީއެވެ. އެއްވަޒީރަކު ގޭނި ގޭނި ކަންފަތިވެ ހުސްވިއިރުވެސް އެކަމެއް ނުވިއެވެ.
ރަހުމަތްތެރިޔާ ބުނާހެން މިހާރުދެން އެހެރީ އެކަމުގެ މާ ބޮޑު ތަޖުރިބާ ކާރެކެވެ. ނަންވާނީ ފިލްމު ހަދާ ފައްތާހެވެ. ސަޅި ގޮތަކަށް "ދޫ އޮޅާލާފައި" ފޮނި ވާހަކަ ދައްކާލީމާ އެހެރީ ނިމިފައެވެ.
"މިއީ ވަރަށް ގިނަބައެއްގެ ހައްގޭ، އެހެންވީމާ ގިނަ ބަޔަކު ހިތްހަމަ ނުޖެހޭނެކަން ވެސް އެނގެއޭ، މައްސަލައެއް އޮތިއްޔާ ހުށައެޅޭނެއޭ" ވަޒީރު އަސްލަމް ވިދާޅުވިޔަކަސް އަޅުގަނޑު މިދަންނަވާ ރަހުމަތްތެރިޔާ އެކަން ކުރާކަށް ބޭނުމެއް ނުވެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެއް ސަރުކާރަކުން ދީފާ އޮތް އެއްޗެއް އަނެއް ސަރުކާރެއް އައިސް އޭތި އަތުލައި ދަމައިގަންނަ ގޮތަށް އޮންނަ ސިޔާސަތަކީ އޭނާ ބަލައިގަންނަ ސިޔާސަތެއް ނޫނެވެ. މީހަކު ދޮގު މައުލޫމާތެއް ދީފައި އޮވެއްޖެއްޔާ އެކަން ސާބިތުކުރާން ކަމާބެހޭ ފަރާތުން ޓަކިޖަހާން ޖެހޭނީ އިންސާފުގެ ދޮރުގައެވެ. ރަހުމަތްތެރިޔާ ގަބޫލުކުރަނީ އޭނާ ފުރި ފޯމުގެ އިޤުރާރުގައި އެވާހަކަ އޮތީމާ އޭނާ ދޮގު މައުލޫމާތެއް ސަރުކާރަކަށް ނުދެއެވެ. އޭނާ ބުނާ ގޮތުން މިވަރުން ދަންޏާ އެއްސަރުކާރެއްގައި ކޮށްދީފައި ހުންނަ ކައިވެނިވެސް އަނެއް ސަރުކާރު އައިސް "ތިޔަ ކައިވެނި ޝަރުތު ހަމައެއްނުވެއޭ ކަމަކު ނުދެއޭ" ކިޔާފައި ރޫޅާލާ އުސޫލަކީ އެއްވެސް އުސޫލެއް ނޫނެވެ.
ރަހުމަތްތެރިޔާ ބުންޏަސް އެއީ ހަމަ މީހަކު ހީހީ ހަލާކުވާ ވަރުގެ ކަމެކެވެ. ސަރުކާރެއް ކަންފަތިވަނީ ހަތްހާސް ފްލެޓެއްގައި ޖެހި ގޭނި ގޭނިއެވެ. ދެން އެވަރު ބަޔަކު އަޅާ ފްލެޓް ދީ ނިމޭއިރު ހުންނާނީ އެބޭނުންވެގެން އުޅޭ ރައްޔިތުން ގޭނި ކަންފަތިވެ ހުސްވެފައިތާއެވެ.

ކިޔުންތެރިންގެ ހިޔާލު