މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އާބިޓްރޭޝަންގެ ހިދުމަތްތައް ރަސްމީކޮށް ފޯރުކޮށްދޭން ފަށައިފި އެވެ.
އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ތިން ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އައްޔަން ކުރައްވައިފަ އެވެ. އެ ބޯޑުގެ ޗެއާމަނަކީ އަލްއުސްތާޛު ޝަހުދީ އަންވަރެވެ. ބޯޑުގެ މެމްބަރަކަށް އަލްއުސްތާޛު ހުސައިން ސިރާޖާއި އަލްއުސްތާޛާ ސަފާ ޝަރީފް ވަނީ ހަމަޖައްސަވައިފައެވެ. އާބިޓްރޭޝަން ސެންޓަރުގެ ބޯޑަކީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކަށް ވާއިރު އެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކިކުރާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
އާބިޓްރޭޝަން ސެންޓަރުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއަދުން ފެށިގެން، ގާނޫނުގައިވާ ގޮތުގެ މަތިން އާބިޓްރޭޝަންގެ ކަންކަމާ ގުޅުންހުރި ހިދުމަތްތައް އެ ސެންޓަރުން ރަސްމީކޮށް ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށާއި، އެ ސެންޓަރުން ވާޗުއަލް ހިދުމަތްތައް ވެސް ތައާރަފްކޮށްފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ވާޗުއަލް ހިދުމަތް ތައާރަފްކުރުމުން، އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ލިބިގެންދާނެ ކަމަށް އެ ސެންޓަރުގެ ބަޔާނުގައި ވެއެވެ.
އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ހިންގުމަށް ފަހި މާހައުލެއް ތަނަވަސްކޮށްދީ އަދި އާބިޓްރޭޓަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ. މީގެ އިތުރުންވެސް މައްސަލަތައް ހައްލުކުރުމުގައި އާބިޓްރޭޝަންގެ މަގު އިހްތިޔާރުކުރަން ހިތްވަރުދީ، އާބިޓްރޭޝަންގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމުގެ މަސްއޫލިއްޔަތު އޮންނަ ސެންޓަރަކީވެސް އާބިޓްރޭޝަން ސެންޓަރެވެ. އަދި މީ މަދަނީ ޝަރުއީ މަރުހަލާއަށް ނުގޮސް، ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް އޮންނަ ނިޒާމެވެ.
އެ ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން ފެށީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ކަމަށާއި، އޭގެ ފަހުން ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި ކޭސް މެނޭޖްމަންޓް ޕޯޓަލް އެއް ގާއިމުކުރުމާއި އެ ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް ޝާއިއުކޮށްފައިވާ ކަމަށް އެސެންޓަރުގެ ބަޔާނުގައިވެއެވެ. ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނު ތަސްދީގުކުރީ 2013 ގަ އެވެ.

Press Release: MIAC announces Commencement of Arbitration Services pic.twitter.com/yJqgbMQPNF
— Maldives International Arbitration Centre (@MIArbCentre) December 14, 2020
އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ހިންގުމަށް ފަހި މާހައުލެއް ތަނަވަސްކޮށްދީ އަދި އާބިޓްރޭޓަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ. މީގެ އިތުރުންވެސް މައްސަލަތައް ހައްލުކުރުމުގައި އާބިޓްރޭޝަންގެ މަގު އިހްތިޔާރުކުރަން ހިތްވަރުދީ، އާބިޓްރޭޝަންގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމުގެ މަސްއޫލިއްޔަތު އޮންނަ ސެންޓަރަކީވެސް އާބިޓްރޭޝަން ސެންޓަރެވެ. އަދި މީ މަދަނީ ޝަރުއީ މަރުހަލާއަށް ނުގޮސް، ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް އޮންނަ ނިޒާމެވެ.
އެ ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން ފެށީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ކަމަށާއި، އޭގެ ފަހުން ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި ކޭސް މެނޭޖްމަންޓް ޕޯޓަލް އެއް ގާއިމުކުރުމާއި އެ ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް ޝާއިއުކޮށްފައިވާ ކަމަށް އެސެންޓަރުގެ ބަޔާނުގައިވެއެވެ. ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނު ތަސްދީގުކުރީ 2013 ގަ އެވެ.
ކިޔުންތެރިންގެ ހިޔާލު