37 ވަނަ ބައި
..................
ދުނިޔޭގައި މިއަށްވުރެބޮޑު ނިޢުމަތެއްނެތީ ކަންނޭގެއެވެ.
ރަމްލާ ކަރުނަ ފޮހެލިއެވެ.... ޚިޔާލީ ދުނިޔެއިން ނުކުމެފައި އޭނާ މަޢޫޒުގެ މޫނަށް ބަލާލިއިރު އޭނާ އޮތީ ނިދާފައެވެ.... ކިރުދޭން ފެށުމުން ކިހާ އަވަހަަށް ކުދިން ނިދާ ހެއްޔެވެ؟
އޭނާ ދަރިފުޅަށް ލޯބިން ބަލާލާފައި ވިސްނާލިއެވެ. މަންމަގެ ހިތްނުފުރުނު ކަމުގައިވިޔަސް ދަރިފުޅު ފުން ނިދީގައި ނިދާލައެވެ. އެދަރިފުޅު އުނގުގައި، ބޭއްވުމުން މުޅި ދުނިޔޭގެ މަތިން އޭނާ ހަނދާން ނެތުނީއެވެ. އޭނާ މަޑުމަޑުން މަޢޫޒުނަގާ އެނދުގައި ބާއްވައިފިއެވެ. އޭނާގެ ތުންފަތުގައި ހުދުކިރުތިކެއް ހުއްޓެވެ. ރަމްލާއަށް އެތިކި ފެނުނީ ސާފު ހަނދުގެ ސިފައިގައެވެ. މިއީ އެކުއްޖާގެ ލޭގައިވާ ދެވަނަ ކުލަ ކަހަލައެވެ. ރަމްލާ މަލްމަލް ފޮތީގެ ރުމާނަގާފައި އެކިރުތިކި ފޮހެލިއެވެ. މަޑުމަޑުންނެވެ. ލޯތްބާ އެކުގައެވެ.... މަޢޫޒު ކުޑަކޮށް އަތްފައި ތަޅުވާލިއެވެ. ދެން ނިދައިފިއެވެ. ރަމްލާ އައިސް އެނދުގައި އޮށޯވެއްޖެއެވެ. މުޅިން ސީދަލަށެވެ. ދެން ދެލޯމަރާލިއެވެ.
ހަވީރުވެސް ވެއްޖެއެވެ. ހަމަކޮށްމެ ދުވަހަކުވެސް ހަވީރުވާ ގޮތަށެވެ. އެކަމަކު މިހަވީރު..... ރަމްލާގެ އެތެރެހަށީގައި ހަމަނުޖެހުމުގެ ރާޅުތަކެއް އުފައްދައިފިއެވެ. ހަމަފާޅުގައި އޭނާގެ ހިތްބުނެއެވެ.... އަހަރެން އެއްގޮތަކަށްވެސް ހަވީރުވުމުގެ އިންތިޒާރެއްގައި ނަތީމެވެ.... ނޫނެކެވެ......
އެކަމަކު ކޮންމެވެސް ޚިޔާލެއްގެ ތެރޭގައި ހުރެގެން އޭނާ ވަރަށްރީތި މާޖެހި ހެދުމެއް ހިފައިގެންގޮސް ފެންވަރާ ކޮޓަރިއަށް ހިނގައްޖެއެވެ. ހެދުން ބަދަލުކޮށްލައިގެން ލޯގަނޑުގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އަމިއްލަ ހިޔަނި ރަނގަޅަށް ބަލާލުމަށްފަހު، އޭނާގެ ބަނޑު ކުރިޔަށްވުރެ ތަންކޮޅެއް ބޮޑުވެއްޖެ ކަމުގައި އިޙްސާސް ކުރެވުނެވެ. އަދި އެބަނޑު ބާރުކޮށް ރީތިކުރުމަށް ހިތަށްއެރިއެވެ..... ކުރީގެވެސް ހާލަތަށް އެނބުރި ދިއުމަށް ގަސްދުކުރިއެވެ..... ނާޒުކު އުނަގަނޑާއިމެދު ޚިޔާލު ބެހެއްޓުމަށް ހިތަށްއެރިއެވެ.
އެކަމަކު ކީއްވެ ހެއްޔެވެ؟
ހަމައެއާއެކު އޭނާގެ ހިތް ޖަވާބުދިނެވެ.
މަޑުމަޑުން އޭނާ މޭކަޕްކުރިއެވެ. އޭނާގެ ރީތިލޯ ޒީނަތްތެރި ކޮށްލިއެވެ. ދިހުން އަރައަރާއޮތް އިސްތަށިގަނޑުގައި ބުރުސް އެޅުމަށްފަހު މިނިވަންކަމާއެކު، ދޫކޮށްލިއެވެ.... އެނބުރިލާފައި ލޯގަނޑުން ފުރަގަސް ބަލާލިއެވެ.
އެހެން އެހަދަނީ ކީއްވެގެން ހެއްޔެވެ؟
އަންނަން އުޅެނީ ކާކު ހެއްޔެވެ؟
އެއްވެސް މީހަކު ނޫނެވެ..... އެއްވެސް މީހަކު އަންނާކަށް ނޫޅެއެވެ.
އޭނާގެ އޮމާން އިސްތަށިގަނޑު ފަރާތް ފަރާތަށް ހޫރިލާފައި ސަމާސާކުރަން ފެށިއެވެ.
ނޫނެކެވެ.... އަހަންނަކީ މީހެއްގެ އަންބެކެވެ. މިހާވަރަށް ޒީނަތްތެރިވުމުގެ ޙައްޤެއް އަހަންނަކަށް ލިބިގެންނެއް ނުވެއެވެ.
ޙައްޤު އެބައޮތެވެ.... އެކަމަކު ކަލޭގެ ފިރިމީހާއަށްޓަކައި ފަހަރެއްގައިވެސް ޒީނަތްތެރި ނުވަމުއެވެ.
ވިޔާނުދާ ވާހަކަ ނުދައްކާށެވެ.... އޭނާ ހިތާދިމާއަށް އަޑުލައިގަތެވެ..... ދެން ރަނގަޅަށް ސެންޓް ޖަހާލިއެވެ.... މަޢޫޒު ނިދާފައި އޮތެވެ. ދެން އޭނާ ނޫސްހިފައިގެން އެދުގައި ޖައްސާލިއެވެ.
ބޭރުން ރަނގަބީލު ޖެހިއަޑު އިވިފައި އޭނާ ސިހިގެން ދިއުމާއިއެކު ތެދުވެއްޖެއެވެ.... އިރުކޮޅެއް ވެއްޖެއެވެ.... އޭނާގެ ކޮޓަރީއަކަށް އެއްވެސް މީހަކު ނާދެއެވެ. މޫނު މައްޗަށް ލަދުވެތިކަން ވެރިވުމާއިއެކު އަނެއްކާވެސް އޮށޯވެއްޖެއެވެ.... ނޫހުން ދެޞަފްޙާ ކިޔާލިއެވެ.... ފޯނުގެ ރަނގަބީލު ވެއްޖެއެވެ.... އެކަމަކު އެއްވެސް މީހަކު އޭނާއަށް އަންގާކަށް ނާދެއެވެ. ހިތަށް އުދާސްކަމެއް ލިބުމާއިއެކު އަނެއްކާވެސް ނޫސްކިޔަން ފަށައިފިއެވެ. މިއީ ކޮންކަހަލަ މޮޔަކަމެއް ހެއްޔެވެ؟
އެހެން ގެއެއްގެ އަލިކަން ދަރަންޏަށް ހޯދަން ބޭނުންވަނީއެވެ.... ދަރަންޏަށް އަތުލާ އަލިކަމަކުން އަމިއްލަގެ އަލިކުރެވިދާނެ ހެއްޔެވެ؟.......
ކަލޭ ތިޔައޮތީ މީހެއްގެ އިންތިޒާރުގައި ހެއްޔެވެ؟
ނޫނެކެވެ......
ލަދުވެތި ކަމާއިއެކު ތިޔަ އިންތިޒާރުކުރަނީ ކާކަށް ހެއްޔެވެ.... މިހިތުގައި ބައްތި ދިއްލައިގެން ތިޔަ އަލިކުރަނީ ކީއްވެގެން ހެއްޔެވެ.
ނިކަން ވިސްނާލަ ބަލާށެވެ. ޔާދިރަކީ، ކަލޭގެ ރަޙްމަތްތެރިޔާގެ ފިރިމީހާއެވެ. ތިމާގެ ރަޙްމަތްތެރިޔާގެ ހިތް ހަލާކު ކޮށްލުމަކީ ކޮންކަހަލަ މާތްކަމެއް ހެއްޔެވެ.
ކަލޭ ބުނަން ތިޔައުޅެނީ ކީކޭ ހެއްޔެވެ؟
ޔާދިރު ކަލޭގެ އަސީރަކަށްވީ ކަމުގައި ވިޔަސް އެކަމުން ކަލެޔަށްއޮތީ ކޮންފައިދާއެއް ހެއްޔެވެ. ކަލެއަށް އޭނާއާއި އިނދެވިދާނެ ހެއްޔެވެ؟ ފިރިންނަކީވެސް ރީތި ހެދުންތަކެއް ފަދައިން އިރުއިރުކޮޅާ ބަދަލު ކޮށްލެވޭނެ އެއްޗެއް ހެއްޔެވެ؟
ކަންބޮޑުވެފައި އޭނާ ނޫސް އެއްލާލިއެވެ. ސިއްރު ބޭޒާރުވެއްޖިއްޔާ އިންސާނާ ކަންބޮޑުވެދެއެވެ. ހާސްކަމާއެކު ދާހިއްލާ ފޯވެއެވެ.... ތައުބާއެވެ...... އަސްތަޣްފިރުﷲ އެވެ.......
އޭނާއަކީ ކުޑަކުއްޖެއްގެ މަންމައެކެވެ. އެއްކުއްޖަކު ލިބުމަށްފަހު ފިރިމީހާގެ ލޯބިން މަޙްރޫމުވެފައިވާ ކިތަންމެ، މައިންނެއްވެސް ދުނިޔޭގައި ވެއެވެ. އެކަމަކު ރަމްލާއަކީ އެކަހަލަ މަންމައެއް ނޫނެވެ.
އަންހެނަކު ކެތްތެރިކަމުގެ ލަޓިގަނޑުގައި ހިފައިފިއްޔާ ސަވާރީއަކާނުލާ ދިރިއުޅުމުގެ ކަޅު އަނދިރީގެ ތެރެއިން ނުކުމެވިދާނެއެވެ.
އަހަރެންގެ ދަރިފުޅާއެވެ.... ދިނާފައި އޮތް މަޢޫޒަށް އޭނާ ބަލާލިއެވެ. ދަރިފުޅުގެ މަންމައަކީ ވިޔާނުދާ ގޮތްކުޑަ އަންހެނެއް ނޫނެވެ.
ރަމްލާ ތެދުވެއްޖެއެވެ. ދަރިފުޅުގެ ފުޅިހިފައިގެން އޭނާ ބަލިގެއަށް ހިނގައްޖެއެވެ. ކޮންމެ ދުވަހަކުވެސް ބަދިގެއަށްވަދެ އޭނާ އަމިލްއަށް ދަރިފުޅުގެ ފުޅި ހޫނުފެނުގައި ކައްކައެވެ. ނޯކަރުންގެ މައްޗަކަށް އިތުބާރެއް ނުކުރެއެވެ. ފެން ކެއްކުމުގެ ތެރޭގައި އޭނާ ނޯކަރުންނާ މަޖާ ވާހަކަ ދެއްކުމުގައި މަޝްޣޫލުވެގެންހުރެ އިސްތަށިގަނޑުގައި ގޮށެއް ޖަހާލިއެވެ. ދޯފައްޓާ ނަގާ ދުރަށް އެއްލާލިއެވެ. އެވަގުތު ނޯކަރަކު އައިސް ބުންޏެވެ.
[ކޮންމެވެސް ބަޔަކު އައިސް އެބަތިއްބެވެ.]
[ކޮންބައެއް ހެއްޔެވެ؟....] ރަމްލާ ކަންބޮޑުވެފައި ސުވާލުކޮށްލިގޮތުން ހީވީ އޭނާ އެއްވެސް މީހަކަށް އިންތިޒާރު ނުކުރާ ހެންނެވެ.
[ސާހިބަކާއި އޭނާގެ ބޭގަމްއެވެ.]
[އަވަހަށްގޮސް އެމީހުން ބައިތިއްބާށެވެ.]
ރަމްލާ އަތްދޮވެލާފައި ތުވާލުން ފޮހެލިއެވެ.
ދޯޕައްޓާ ނަގާ އަޅާލިއެވެ.... ބޮލަށް ކުއްލިއެއް ގެނައުމާއެކު އިސްތަށިގަނޑުގައި ޖަހާފައިވާ ގޮށްމޮހާލާ ދޫކޮށްލިއެވެ. އަދި އޭނާގެ ހިތަށްއެރިއެވެ. މިއަދު އެމީހުން ނައިނަމަ ކިހާ ރަނގަޅު ހެއްޔެވެ.
އެމީހުން މިހާރު އައުމުން ކަލެއަށް ތިޔަވީ ކިހިނެއް ހެއްޔެވެ؟ އެނާގެ ހިތް ބުންޏެވެ. ކަލެއަކީ އެހާފިނޑި މީހެއް ހެއްޔެވެ.
ނޫނެކެވެ. އަހަރެން މިއިނީ އަހަރެންގެ ޙާލާއިމެދު ކެތްކޮށްގެންނެވެ. ވަރަށް ކެތްކޮށްގެންނެވެ..... ވަރަށެވެ.
އުފާ..... އުފަލޭ ބުނުމުގެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
އޭނާ ސިޓިންގ ރޫމަށް ވަނުމާއިއެކު ޖައްޔިދާ ހިނިތުންވެލާފައި ކޮޅަށް ތެދުވެއްޖެއެވެ. ހަމައެއާއިއެކު ޔާދިރުވެސް ކޮޅަށް ތެދުވެއްޖެއެވެ. އޭނާގެ އަތުގައި ސުއްޓާއެއް އޮތެވެ.... އޭނާ ސުއްޓާއޮތް އަތުން ހަމަކުރީގެވެސް ގޮތަށް ރަމްލާއާއި ސަލާންކޮށްލިއެވެ. އެއާއެކު އެންމެން އިށީނދެއްޖެއެވެ.
[ދަރިފުޅު ކޮބައި ހެއްޔެވެ؟] ޖައްޔިދާ ސުވާލު ކުރިއެވެ.
[ނިދާފައި އެބައޮތެވެ.]
[ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ؟]
[އަދި މިވީ އެންމެ މަހެކެވެ.] ރަމްލާ އިސްދަށަށް ޖަހާލަމުން ބުންޏެވެ.
[ކިޔަނީ ކޮންނަމެއް ހެއްޔެވެ؟]
[މަޢޫޒު އެވެ.]
[ފިރިމީހާ ކޮބައި ހެއްޔެވެ؟]
[މިހާރުވީ ކަރާޗީގައެވެ.]
[އަންނާނީ ކޮން އިރަކުން ހެއްޔެވެ؟]
[ދެތިން ދުވަހެއްގެ ތެރޭގައި ދުރުވެދާނެއެވެ.]
[އަދި ފިރިމީހާގެ ނަމެއްވެސް ނުބުނަމު ނޫން ހެއްޔެވެ؟ ޖައްޔިދާ ބުންޏެވެ.
[މުޢާޒު އެވެ....]
[ކިހާ އަޖައިބު ނަމެއް ހެއްޔެވެ. އަދި މިހާތަނަކަށް އަހަރެން ތިޔަނަމެއް އަޑެއް ނާހަމެވެ. އަހަންނަށް ހީވަނީ ރާމްލާގެ ފިރިމީހާއަކީވެސް އަޖައިބު ކުރުވާނެ އުފާވެރި ޝަޚްޞިއްޔަތެއް ހެންނެވެ.
[އާއެކެވެ.] ދެން އޭނާ އުފާވެލާފައި ބުންޏެވެ.
[ޚުދު ރަމްލާއަކީ ފުރަތަމަ ދުވަހުއްސުރެވެސް މުޅިން ތަފާތުގޮތަކަށް އުޅެމުން އަންނަ އަންހެނެކެވެ. ހަނދާން އެބަހުރި ހެއްޔެވެ؟ ރަމްލާގެ އަޖައިބު ކުރުވަނިވި އަދާތަކުގެ ސަބަބުން އަހަރެމެން ރަމްލާއަށް ޝަހެޒާދީ މާގްރެޓްގެ ނަމުން ގޮވާ އުޅުނީމެވެ......]
ރަމްލާ ހީލާނފައި އިސްދަށަށް ޖަހާލިއެވެ. ވޭތުވެދިޔަ ޒަމާނުގެ ވާހަކަ ދައްކަނީ ކީއްކުރަން ހެއްޔެވެ.
[ޔާދިރުއެވެ!] ޖައްޔިދާ އުފާވެލާފައި ބުންޏެވެ. [ރަމްލާއަށް އެއްވެސް މީހަކު ރީއްޗެއް ނުވެއެވެ. އޭނާގެ ނަޒަރުގައި ހަމަކޮންމެ ފިރިހެނަކީ ކިސަޑުކޯރުގައި އުޅޭ ފަނިފަކުސާއެވެ. ކޮންމެ މީހަކާމެދު އޭނާ މަލާމާތް ކުރެއެވެ. މިސަބަބަށްޓަކާ، އޭނާގެ ފިރިއަކަށް ހޮވޭމީހާ އަންނާނީ އުޑުން ފައިބައިގެންނޭ އަޅުގަނޑުމެން ބުނެ އުޅުނީމެވެ.]
ރަމްލާގެ މޭގައި ރިހުމެއް އުފެދުނެވެ.
[އަހަރެން ރަމްލާގެ ފިރިމީހާ ދެކޭހިތް ވަރަށްބޮޑަށް އެބަވެއެވެ.....]
ޔާދިރު ވާހަކަ އަޑުއަހަން އިނދެފައި ފަރިގޮތަކަށް އަނގައިގާ ސުއްޓާޖަހާލިއެވެ. އަދި ދަމާލުމާއެކު ދުންކޯވަރެއް ބޭރުކޮށްލަމުން އަޖައިބު ކުރުވަނިވި ނަޒަރަކުން ބަލަން ފަށައިފިއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު