50 ވަނަ ބައި
..................
މުޢާޒު ޔޫރަޕަށް ފުރިދުވަހު ރަމްލާ އިނީ ވަރަށްބޮޑަށް ހިމޭންވެފައެވެ. މުޢާޒުވެސް ހުރީ ހާސްވެފައެވެ. ރަމްލާގެ ކުށުގެ އިޙްސާސްތައްއޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ. މައިދައިތަވެސް އޭނާއަށް ވިސްނައިދިނެވެ.
[ދަރިފުޅާއެވެ! ފިކުރުނުކޮށް މުޢާޒާއި އެކުގައި ދާށެވެ. އަހަރެން ކުޑަމީހާ ލޮއްސާލަ ފާނަމެވެ. މިހާރު ތިންމަސްވެސް ވެއްޖެއެވެ. އަދި ކެއިންބުއިމުގެ ކަންތައްވެސް ހަމައަކަށް އެޅިއްޖެއެވެ. ތިންމަސްވުމަށްފަހު ދަރިފުޅު މަންމައާ ދުރުގާ ކެތްކޮށްފާނެއެވެ. އަދި ކުޑަކޮށް ބޮޑުވެލާއިރަށް އަހަރެމެން އެކަކު އަނެކަކު ވަކިކޮށް ދެނެގެންފާނެއެވެ......... ކުއްޖާ ބޮޑުވަމުން ދިޔަވަރަކަށް އެކުއްޖާގެ ޚިދުމަތްތައްވެސް އިތުރުވަމުން ދާނެއެވެ.....]
އެކަމަކު ރަމްލާ އިސްދަށަށް ޖަހާލައިގެން އިނީއެވެ. އިރުކޮޅަކު އިނދެފައި އިސްއުފުލާލިއެވެ. އަދި ބުންޏެވެ.
[މަންމާއެވެ. މުޢާޒަށްވުރެ ބޮޑަށް އަޅުގަނޑާމެދު މަންމަ ޚިޔާލު ބަހައްޓަވާކަން އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ. އަޅުގަނޑަށްވުރެ ބޮޑަށް މަޢޫޒުއާމެދު ޚިޔާލު ބަހައްޓަވާނެކަން އެނގެއެވެ. އަޅުގަނޑު މަންމައާ މެދުގައި ހިތް ހަމަޖެހެއެވެ..... އެކަމަކު އަޅުގަނޑުގެ ހިތާ މެދުގައި އެއްގޮތަކަށްވެސް އިތުބާރެއް ޔަޤީންކަމެއް ނެތެވެ. އަޅުގަނޑު.... ފަހަރެއްގައި.... އެތަނަށްގޮސް އަޅުގަނޑުގެ ފަރާތުން މުޢާޒުއަށް އުނދަގުލެއް ނުލިބޭނެ ބާވައޭ ހިތަށް އަރައެވެ. މިހާރު ވިސްނިއްޖެ ދޮގެއްތޯއެވެ؟..........]
[އާއެކެވެ............] މަންމަ ހީލާފައި ބުންޏެވެ. މި މައިވަންތަކަމަކީ ވަރަށް ވިޔާނުދާ އެއްޗެކެވެ. ދުނިޔޭގައި މައިވަންތަކަން އަންހެނުން ބަލިކޮށްލައެވެ.
މަންމަ މިހެންބުނަމުން ޚިޔާލުތަކުގެ ތެރެއަށް ގެއްލިއްޖެއެވެ... އިރުކޮޅަކު މިހެން އިނދެފައި އިސް އުފުލާލިއެވެ. ދެން ބުނަން ފެށިއެވެ.
[އެންމެ ރަނގަޅެވެ........ ރަމްލާގެ ހިތް ނުރުހެންޏާ ދެން ނުގޮސް ހުންނާށެވެ. އަހަރެން މުޢާޒުއަށްވެސް ވިސްނައި ދޭނަމެވެ. އޭނާއަކީ އަބަދުމެ އައިސް ގޮސްވާ މީހެކެވެ. ދެން އެހެން ފަހަރަކުން ދާނީއެވެ.]
މުޢާޒު ގެނެސް ގާތުގައި ބައިންދައިގެން މަންމަ ވިސްނާދިނެވެ. މުޢާޒު އިނީ މުޅިން ހިމޭންވެފައެވެ. އޭނާ އެއިނީ ހިމެންވެފާކަމެއް ނުވަތަ ހާސްވެފާކަމެއް ނޭނގެއެވެ. ރަމްލާއަށް އޭނާގެ މޫނުމަތިން އެކައްޗެއްވެސް ނޭނގެއެވެ...... އޭނާގެ މޫނަށް މީގެކުރިންވެސް އެހާ ފަރުވާތެރިކަމާއެކު ބަލަމުން އައިނަމަ އޭނާއަށް ކުރަމުންދާ އަސަރުތައް ދެނެގަތުމުގައި ރަމްލާއަށް ވަރަށް ފަސޭހަވީހެވެ. ބައެއް ފަހަރަށް ތިމާގެ ފިރިމީހާގެ ޖަޒްބާތުތަކާ ބެހޭގޮތުން ޚިޔާލުކުރަން ވާނެއޭ ރަމްލާގެ ހިތަށް އަރައެވެ. މުޅި ދުނިޔޭގައިވާ ހުރިހާ ރަނގަޅު އަނބިން ތިމާމެންގެ ފިރިންނާ މެދުގައި ޚިޔާލުކުރެއެވެ. އެމީހުންގެ ޖަޒްބާތުތައް ދެނެގަތުމުގައި ސިކުނޑިން ދިޔަ ފެލައެވެ. ތިމާމެންގެ އުފާތައް އެމީހުންގެ މައްޗަށް ޤުރްބާން ކޮށްލައެވެ. ކޮންމެ ރަނގަޅު ގެ އެއްގައި މިކަހަލަ އަންހެނުން އުޅެއެވެ.
އެއަށްފަހުގައި މުޢާޒުވެސް އިތުރު އެއްޗެއް ނުބުނެއެވެ. ހަމައެކަނި ދަމުން ބުނެލިއެވެ.
[ރަމްލާއެވެ..... މަންމައާމެދު ޚިޔާލު ބަހައްޓައްޗެވެ. މަންމައަކީ ތިމާގެ ހަށިގަނޑާ ނުކުޅަދާނަ ވަރަށް މަސައްކަތްކުރާ މީހެކެވެ. އެއީ މަންމަގެ އާދައެވެ. އަދި މާގިނަދުވަސް ވަންދެން އެކަނި އުޅެންވެއްޖިއްޔާ މަންމަގެ ހިތެއްވެސް ހަމައެއް ނުޖެހޭނެއެވެ.]
ހީނހީނފައި މުޢާޒުގެ ސާމާނުތައް އެއްކޮށް ދަތުރު ތައްޔާރު ކޮށްދިނުމަށް ރަމްލާގެ ހިތް ވަރަށްބޮޑަށް އެދުނެވެ. އަދި ފިރިންދެކެ ލޯބިވާ އެހެނިހެން އަނބީން ފަދައިންފުރަން އުޅޭއިރު ކޮންމެވެސް ކަހަލަ ޝަކުވާއެއް ކޮށްލުމަށް ހިތަށް އެރިއެވެ..... ޔޫރަޕަށް ދަނީ ވިއްޔާއެވެ.
އަނބިން ތިމާމެންގެ ފިރިން ދުރު ދަތުރުތަކަށް ދަނީވިއްޔާ މިކަހަލަ ބަހުރުވައަކުން ޝަކްވާ ކުރެއެވެ.
[އެތަނަށްގޮސް އަހަރެންގެ މަތިން ހަނދާންވާނީ ކިހިނެތް ހެއްޔެވެ.].... އަހަންނަށް ފޯނެއް ކޮށްލާނެ ވަގުތެއް ލިބޭނީ ކިހިނެއް ހެއްޔެވެ؟....... މަޖާކުރަން ދަނީ ވިއްޔާއެވެ.]
ޙަޤީޤަތުގައި އެމީހުން ތިމާމެންގެ ފިރިންގައިވާ ޙައްޤުތަކުގެ ސިލް ގަދަފަދަކުރަން ބޭނުންވަނީއެވެ. އެމީހުން ބުނަން ބޭނުންވަނީއެވެ.... ތިޔައީ ހަމައެކަނި އަހަރެންގެ މީހެކެވެ..... މިކަން އަބަދުވެސް ހަނދާން ކުރާށެވެ.
ވަރަށްގިނަ އަންހެނުންނަށް ފިރިންގާތުގާ ލޯބި ފާޅުކުރާކަށް ނޭގެއެވެ. އެމީހުންގެ އެތެރެހަށީގައި ފިރިންގެ ލޯބި ފޮދުފޮދުވަރުންގޮސް ޖަމާވަމުން ދެއެވެ. މިހެންގޮސް ކޮންމެވެސް އެއްދުވަހަކުން ކޮންމެވެސް ބަހަނާއެއް ދައްކައިގެން ހައްދުން ނައްޓާލައެވެ. އެކަހަލަ އަންހެނުން ލޯބީގެ ބުރަދަނުގެ ސަބަބުން ވަރުބަލިވެފައި ތިބެއެވެ. ވަރުބަލިވެގެންގޮސް ގޮތް ހުސްވާހިނދު އެމީހުންނަށް އަރާރުންވުމުގެ ކޮންމެވެސް ބަހަނާއެއް ލިބިދެއެވެ. ފިރިންވެސް ތައްޔާރުވެގެން މައިދާނަށް އާދެއެވެ. އެހެނީ އެމީހުން ދެކޭ ގޮތުގައި މިވައްތަރަށް ލޯބި ފާޅުކުރުމަކީ ހަނގުރާމަ އިޢުލާނު ކުރުމެވެ.
ދެތިން ގަޑިއިރުގެ ހަނގުރާމައަށްފަހު....... ވަރަށްގިނަ ކަރުނަ އޮއްސުމަށްފަހު އެކަހަލަ އަންހެނުން މައިތިރި ވެދެއެވެ. އަރާރުންވުމުގެ ވަގުތުގައި ކަރުނަ އޮހޮރުވުމަކީ ލޯބިފާޅުކުރުމުގެ އަދި އެހެން ވައްތަރެކެވެ. އެކަހަލަ އަންހެނުންނާ މެދުގައި ފިރިން އަބަދުވެސް ދެކެނީ މަކަރުވެރި ބައެއް ކަމުގައެވެ..... ރޮއިރޮއިފާ އަންހެނުން ހިމޭންވެ ދެއެވެ. އެރޭ އޭނާ އަރާމުގައި ނިދާލައެވެ. ޙަޤީޤަތުގައި އެއީ އަރާރުމެއް ނޫނެވެ.
އަންހެނުން ދެރަވަނީއެވެ..... އެމީހުން ތަރުބިއްޔަތުނުވެ މިގޮތަށް ބޮޑެތިވެފައި މިތިބީ ކީއްވެގެން ހެއްޔެވެ. އެއްވެސް ޖެހިލުންވުމަކާ ނުލާ ލޯބި ފާޅުކުރަން ނޭގެނީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ ހިތް އެކަމަށް އެދޭ ހިނދު ދުލުން ނުބުނެވެނީ ކީއްވެގެން ހެއްޔެވެ...... އަހަންނަށް ކަލޭ ވަރަށް ރީއްޗެވެ. އަހަރެން ކަލޭދެކެ ލޯބިވަމެވެ. އަދި އަހަރެންގެ ލޯ އެންމެފަހު ނޭވާއާ ހަމައަށް ކަލޭ ރައްކާތެރި ކުރާނެއެވެ.]
އެތައް ފަހަރެއްގެ މަތިން މުޢާޒު ރަމްލާ ގާތު ބުނެފައިވެއެވެ. އެހެނިހެން މީހުންގެ އަނބިންނެކޭ އެއްފަދައިން ކަލޭވެސް އަހަރެންނާ އަރާރުން ނުވަނީ ކީއްވެގެން ހެއްޔެވެ. އެކިއެކި ކަންތަކާދެކޮޅު ނުހަދަނީ ކީއްވެގެން ހެއްޔެވެ؟ އަނބިފިރިންގެ މެދުގައި އެކަކު އަނެކެއްގެ އުނިކަންތައްތައް ފާޅުކުރުން އޮންނަންވާނެއެވެ. އެކަމަކު ރަމްލާ ފަހަރެއްގައިވެސް މުޢާޒުގެ އައިބެއް ބަޔާނެއް ނުކުރެއެވެ. އާއެކެވެ. މުޢާޒުއާއި މެދުގައި ރަމްލާ ދެކެނީ ވަރަށްބޮޑު އައިބެއްގެ ގޮތުގައެވެ. ހުތުރު މީހެއްގެ ގޮތުގައެވެ.
ސިފަތަކުގެ އަނދިރި ހޮހަޅައަށް ފައިބައިގެންގޮސް އޭނާ ހިތުގެ އަލިކަމާ ލޯތަރަތަރަ ޖަހާފަދަ އަލިކަންގަދަ ވާދީތައް ދުށުމަކަށް މަސައްކަތެއް ނުކުރެއެވެ.
އެވިޔާނުދާ ޔާދިރު މިދެމެދަށް އައިސް ހުރަސް ނޭޅިނަމަ އެކަންވެސް ކުރެވިއްޖެއީސް ކަންނޭގެއެވެ. އޭނާ ހަމައައުމާއެކު ލޯބިވެސް ހުށަހެޅީއެވެ.
ރަމްލާ ވަރަށް ހާސްކަމާއެކު މުޢާޒުއާ ސަލާންކުރިއެވެ. ދަމުން މުޢާޒު ރަމްލާގެ މަޑު އަތްތިލައިގާ ހިފާފައި ފިތާލިއެވެ. އަދި ބުންޏެވެ.
[ސިޓީ ލިޔަންވާނެއެވެ. މަޢޫޒުގެ ޙާލު ރަނގަޅަށް އަންގަންވާނެއެވެ.]
ރަމްލާ ވަރަށް އުފަލާއެކު ބޯހަލުވާލިއެވެ. އެކަމަކު އެވަގުތު އެތާނގައި ހުރެފައި އޭނާގެ ހިތަށް އެރިއެވެ.
[އަހަރެން އެސިޓީގައި ލިޔާނީ ކޮން އެއްޗެއް ހެއްޔެވެ؟]
ރަމްލާ ކޮޓަރި ތެރޭގައި އޮންނަތާ ކިހާ ދުވަހެއް ހެއްޔެވެ؟... އަޖައިބެއް ކަހަލަ އަންހެނެކެވެ. މުޢާޒު ގާތުގައި ހުންނައިރު އޭނާ ބޭނުންވަނީ އަވަސް އަވަހަށް އޭނާއާ ދުރުހެލި ވުމަށެވެ. ކޮންމެވެސް ދިމާއަކަށް ދިއުމަށެވެ. އޭނާވަނީ ހިތާމަކޮށްކޮށް ވަރުބަލިވަފެވެ. އަދި ތިމާގެ ޖަޒުބާތުތަކާމެދު ކެތްކުރުމަކީވެސް މިހާރު އޭނާއަށް ދަތިކަމެކެވެ. އަދި މިހާރު..... މުޢާޒު އޭނާއާ ދުރަށް މާދުރަށް އެތައް މޭލެއްގެ ދުރަށް ދިއުމާއެކު އަޖައިބު ވައްތަރެއްގެ ހިތްހަމަ ނުޖެހުމެއް ވަނީ އޭނާ ވަށާލާފައެވެ. އޭނާ ހަދަންވީ ކިހިނެއްކަމެއް ޚުދު އޭނާއަކަށް ނޭގެއެވެ.
އޭނާ އެއްވެސް ކަމެއް ކުރާނެކަމެއް ނެތެވެ.
މުޢާޒުއާ ކައިވެނި ކުރެވުނީ އޭނާގެ ރުހުމާ ދެކޮޅަށެވެ. މިއީ އޭނާގެ ޙަޔާތުގައި ދިމާވެފައިވާ އެންމެ ހިތާމަވެރި ޙާދިސާއެވެ. އާއެކެވެ.... ދެން ކުރާނެކަމެއް ނެތެވެ. އޭނާއަކީވެސް މިހާރު ދެން އެހެން އަންހެނުންނެކޭ އެއްފަދައިން މީހަކާ އިނދެގެންއުޅޭ ރަނގަޅު ދިރިއުޅުމެއް އުޅެންޖެހިފައިވާ މީހެއްކަން އޭނާއަށް އެނގެއެވެ. އޭނާއަކީ، ތިމާގެ ގެދޮރު އާބާދުކުރަން ޖެހިފައިވާ މީހެކެވެ. މުޢާޒުގެ ކިބައިގާނެތީ ކޮންކަމެއް ހެއްޔެވެ. އަންބަކު ބައިންދަން އެކަށީގެންވާ ރަނގަޅު ގެއެކެވެ. ގޭތެރޭގެ ފަސޭހަތަކެވެ. މާތް ޚާންދާނަކުން ނުކުމެގެން އައިސް އޭނާ މިވަނީވެސް މާތް ޚާންދާނެއްގެ ތެރެއަށެވެ. ކޮންމެފަދަ ތަނަކުން ތައްޔާރުކޮށްގެން ގެނައި އީޓުގަނޑަކަށް ވިޔަސް އެފާރެއްގައި އީޓުގަނޑު ޖެހުމަށްފަހު ދެން އޭގެ ނިމުމާއި ހަމައަށް ހުންނާނީ އެތަނުގައެވެ.
މިހުރިހާކަމެއް މިހެން ހުރުމާއެކުގައިވެސް ހިތުގެ ހަމަނުޖެހުން އޭނާއަކަށް ނުވިސްނުނެވެ. ޔާދިރާއި ބައްދަލު ނުވާހާ ހިނދު އޭނާގެ ހިތް އޮންނަނީ މިލާ މޯޅިވެފައެވެ. އުއްމީދުތައް ކޮޅުންލާފައެވެ. އެހެންކަމުން ދިރިއުޅުމުގައި ދެން ބާކީ އޮތްދުވަސްކޮޅު ހޭދަކޮށްލަންވީ ކިހިނެތްކަމެއް އޭނާއަކަށް ނުވިސްނުނެވެ.
އާއެކެވެ. ތެދެކެވެ. ޔާދިރު ކަހަލަ ރީތި ޒުވާނަކާމެދު އޭނާގެ ޚިޔާލުތައް ބުރުޖަހަމުން ދިޔައެވެ. ލޮލާއި ލޯ ގުޅުވައިގެން ވާހަކަދައްކަން ކަމުދާ ކަހަލަ ރީތި ފިރިހެނަކާމެދު ހިތް ޝަކްވާކުރިއެވެ.
ޔާދިރަކީ އޭނާގެ ރަޙްމަތްތެރިޔާގެ ފިރިމީހާއެވެ. އެއީ މާތް މީހެއްގެ ޢިއްޒަތެކެވެ. މިއީ ކުޅޭކުޅޭ ކަމެއްނޫނެވެ. އެއްކަމެއްވެސް ނުކުރެވޭނެއެވެ.
އެހެންވީއިރު އޭނާ ކެތްނުކުރަނީ ކީއްވެގެން ހެއްޔެވެ. ޑަންޑަންލާފައި ތެޅެމުންދާ މޭގައި ހިލަބަނދެގެން ނޫޅެނީ ކީއްވެގެން ހެއްޔެވެ. މުޢާޒު ކަހަލަ ރަނގަޅު ފިރިއަކަށް ކެހިދެނީ ކީއްވެގެން ހެއްޔެވެ؟
ރަމްލާވަނީ މިކަހަލަ ޚިޔާލުތަކެއްގެ ތެރޭގައި ބަނދެވިފައެވެ. މުޢާޒު ދިއުމަށްފަހު ރަމްލާ ގިނަވަގުތު ހޭދަކުރަނީ ބަންޑުން އޮވެގެން ކަރުނަ އޮއްސުމުގައެވެ. ބައެއް ފަހަރަށް ފޮތެއް ކިޔާލައެވެ. އެހެންނޫނީ މަޢޫޒު ގާތުގައެވެ.
އޭނާގެ މިސިފައަށް މައިދައިތަ ދީފައިވަނީ އަދި އެހެންނަމެކެވެ. އެހެންކަމުން އެއްދުވަހަކު ރަމްލާގެ ކޮޓަރިއަށް އައިސްފައި ބުންޏެވެ.
[ދަރިފުޅާއެވެ. ތިޔަގޮތަށް އަބަދު ބަންޑުން އޮންނަނީ ކީއްވެގެން ހެއްޔެވެ؟]
[އެއްވެސްކަމެއް ނުވެއެވެ. ކުޑަކޮށް ބޮލުގާ ރިއްސަނީއެވެ.]
[ތެދުވެގެންގޮސް ބޭސްގުޅައެއް ކާލިނަމަ ރަނގަޅު ވެއްޖައީސް ނޫން ހެއްޔެވެ؟]
[މަންމާއެވެ. އެގުޅަތަކަކުން އެއްވެސް އަރާމެއް ނުލިބެއެވެ.]
ރަމްލާ އެބުނަނީ ތެދެކެވެ. ވޭތުވެދިޔަ ހަފްތާއިން ފެށިގެން އޭނާގެ ބޮލުގައިވަނީ މަޑުރިހުމެއް އުފެދިފައެވެ..... އެއީ ވިސްނާ ވިސްނާ ވެގެން އުޅޭގޮތައް ނޫން ކަމެއްވެސް ނޭގެއެވެ.
[ތެދުވެގެން
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު