މާލޭ ސަރަޙައްދު އަލުން ލޮކްޑައުން އަކަށް ނުދިއުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަންޖެހޭ ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ޓުއާ އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންގެ ޚާއްސަ ގާނޫނު އެކުލަވާލުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް ވެސް ވަނީ، ރާއްޖޭގައި ކޯވިޑް-19 ބަލި މިވަގުތު މިވަނީ ކޮންޓްރޯލުން ނެއްޓިފައި ކަމަށާއި، ޚާއްސަކޮށް މިވަގުތު މާލެސަރަހައްދު އޮތީ އަލުން ލޮކްޑައުން އަކަށް ދާންޖެހޭ ޙާލަތުގައި ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ނަސީމްގެ ވާހަކަފުޅަށް ބާރު ދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މާލޭ ސަރަޙައްދު އަލުން ލޮކްޑައުން އަކަށް ނުދިއުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަންޖެހޭ
ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކަށް ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުންވެސް އަމަލުކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ކުރިއަށް ގެންދިޔަ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމަސައްކަތް ކުރިއަށް ގެންދާނީ އެޗްޕީއޭ އާއި، ފުލުހުން ގުޅިގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ޖުމްލަކޮށް ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް ޢަމަލުކުރާކަން ފާހަގަވާ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 19162 އަށް އަރާފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 124 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

In order to avoid a lockdown we must take more stronger measures asap. This includes fully complying with HPA guidelines by ALL business establishments and individuals https://t.co/EaHnLSn0DT
— Fayyaz Ismail (@faya_i) February 25, 2021
ފައްޔާޒް ވިދާޅުވީ، ޖުމްލަކޮށް ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް ޢަމަލުކުރާކަން ފާހަގަވާ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 19162 އަށް އަރާފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 124 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު