ހަ ވަނަ ބައި
ބިސްމިކިއުމުގައި ބޮޑަށް ބުރަވެވޭގޮތް:
ނަމާދުގައި ބިސްމި ސިއްރުން ކިއުމުގެ މައްސަލާގައި ބަޔާންވެދިޔަ ދަލީލުތަކަށް ބަލާއިރު އަންނަނިވި ނުކުތާތައް ސާބިތުވެއެވެ. އެއީ :
(1) ނަމާދުގައި رَسُولُ اللَّهِ ﷺ ބައެއްފަހަރު ސިއްރުންވެސް ބިސްމި ވިދާޅުވެފައި އޭގައި ޝައްކެއް ހުރިކަމެއްނޫނެވެ. އަދި މިއީ رَسُولُ اللَّهِ ﷺގެ އަޞްޙާބުންނާއި ތާބިޢީންގެ ތެރެއިން އެތަކެއް ބޭކަލުން ޢަމަލު ކުރެއްވާފައިވާ ކަމެއްވެސް މެއެވެ.
(2) ނަމާދުގައި رَسُولُ اللَّهِ ﷺ ބިސްމި ސިއްރުން ވިދާޅުވާފަދައިން ބާރަށްވެސް ވިދާޅުވުމަކީ ކުޑަވެސް ޝައްކެއްހުރި ކަމެއްނޫނެވެ. އަދި މިއީ ލޮބުވެތި އަޞްޙާބުބޭކަލުންނާއި، ތާބިޢީންގެ ތެރެއިން ގިނަބޭކަލުން ޢަމަލު ކުރައްވަމުން އައި ގޮތެވެ. އަދި ގިނަ މުޙައްދިޘުން ބުރަވެ ވަޑައިގަންނަވަނީ ބިސްމި ބާރަށް ކިއުމަށެވެ.
(3) ޙަދީޘުތަކަށް ބަލާއިރު، ބިސްމި ސިއްރުން ކިއުމަށް ހުރި ޙަދީޘްތަކަށްވުރެ ގިނައީ ބިސްމި ބާރަށް ކިއުމަށްހުރި ޙަދީޘްތަކެވެ. އަދި ދަލީލުގެ ގޮތުން ގަދައީވެސް ބާރަށް ބިސްމި ކިއުމެވެ. އަދި ސީދާ ޞަރީޙަކޮށް ބިސްމި ބާރަށް ކިއުމަށް އޮތީ ތިންޙަދީޘެވެ. އެތިން ޙަދީޘައަކީ ވެސް ދަންނަބޭކަލުން ޟަޢީފް ކުރައްވާ ޙަދީޘްތަކެވެ.
(4) މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުން ރިވާކުރަށްވާފައިވާ ރިވާޔަތުން ކީރިތި رَسُولُ اللَّهِ ﷺ ބިސްމި ބާރަށް ވިދާޅު ނުވާކަމަކަށް ސާބިތުނުވެއެވެ. އެއީ އޭގައި އޮންނަނީ އަލްޙަމްދުން ނަމާދުގެ ކިޔެވުން ފަށްޓަވާ ކަމަށެވެ. އަދި އޭގެ މާނައަކީ ފަހަރެއްގައިވެސް ބިސްމި ބާރަށް ވިދާޅުނުވާ ވާހަކައެއްނޫނެވެ. އަދިކިއެއްހެއްޔެވެ؟ އޭގެމުރާދަކީ އިތުރު އެކަލޭގެފާނު ނަމާދުގައި ކިޔަވާ ވިދާޅުވާން ފަށްޓަވަނީ ސޫރަތުލްފާތިޙާއިން ކަމަށެވެ. މިވާހަކަ ވަރަށް ޞަރީޙަކޮށް އިމާމު ތިރުމިޛީ އިމާމު ޝާފިޢީގެ އަރިހުން ރިވާކުރަށްވާފައި ވެއެވެ. އަދި އިމާމު ތިރްމިޛީގެ މިބަސްފުޅުގެ ހެކި އަބޫހުރައިރާގެ އަރިހުން އެބަފެނެވެ. އެއީ އެކަލޭގެފާނުން ރިވާކުރަށްވާފައިވާ އަންނަނަވި، ޙަދީޘުންނެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ أُمُّ الْقُرْآنَ وَأُمُّ الْكِتَابِ وَالسَّبْعُ الْمَثَانِي މާނައީ: ކީރިތި رَسُولُ اللَّهِ ﷺ ޙަދީޘުކުރަށްވާފައި ވެއެވެ. الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އަކީ أُمُّ الْقُرْآنَ އެވެ. أُمُّ الْكِتَابِ އެވެ. އަދި السَّبْعُ الْمَثَانِيއެވެ. އެބަހީ މިއިން ކޮންމެ ނަމަކުން ބުނެވުނު ކަމުގައިވިއަސް އޭގެ މުރާދައަކީ ސޫރަތުލް ފާތިޙާއެވެ.
(5) ބިސްމި ސިއްރުންކިއުމަށް ދޭހަވާގޮތަށް އޮންނަ އަނެއް ޙަދީޘަކީ އިބްނު މަސްއޫދުގެ ރިވާޔަތެކެވެ. މިއީ ޢިލްމުވެރިން އެއްބަަސްވެ ވަޑައިގަންނަވާ ގޮތުގައި ޟަޢީފް ރިވާޔަތެކެވެ.
(6) ޢަބްދުﷲ އިބްނު މުޣައްފަލްގެ ރިވާޔަތަކީވެސް އެންމެހާ މުޙައްދިޘުން އެއްބަަސްވެ ވަޑައިގަންނަވާ ގޮތުގައި ޟަޢީފު ރިވާޔަތެކެވެ. އަދި ތިރުމިޛީ ވިދާޅުވެފައި ވަނީ މިއީ ޙަސަން ދަރަޖައިގެ ރިވާޔަތަކަށް ބެލިކަމުގައިވިއަސް ޢަބްދުﷲ އިބްނު މުޣައްފަލަކީވެސް ވަރަށްފަހުން އިސްލާމްވެ ވަޑައިގަތް ބޭކަލެއްކަމާއި އަބޫހުރައިރާ ފަދައިން ދޮށީ ބޭކަލުން ނަމާދުގައި އަބަދުވެސް ކީރިތި ރަސޫލާއާ އަރިސްކޮށް އުޅުއްވާކަމާއި ޢަބްދު ﷲ އިބްނު މުޣައްފަލް އިސްލާމްވެ ވަޑައިގަތީ ތުއްޕުޅުއިރުގައި ކަމަށްވެފައި، ކުޑަކުދިން ނަމާދަށް ތިބެނީ ފިރިހެނުންނަށް ވުރެން ފަހަތުގައި ކަމަށްވާތީ އެކަން ޢަބްދުﷲ އަށްވުރެން ސާފުވެ ވަޑައިގަންނަވާނީ އަބޫހުރައިރާއަށް ކަމާމެދު ޝައްކެއްނެތެވެ. އަދި ކިޔަވަން ފަށައިގަންނައިރު ދުރުގައި ހުންނަ މީހާއަށް އިވޭގޮތް ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
(7) ކުރީގައި ބަޔާންވެދިޔަ އަބޫހުރައިރާގެ ޤުދުސިއްޔަ ޙަދީޘު قَسَّمْتُ الصَّلاَةَ އަށް ބަލާއިރު، އެޙަދީޘާ ބެހޭގޮތުން އިމާމު ނަވަވީ އަލްމަޖްމޫޢުގައި ޢިލްމުވެރިންގެ އަރިހުން 8 ޖަވާބެއް ގެންނަވާފައި ވެއެވެ. އޭގެ ތެރެއިން އެއްޖަވާބަކީ އެޙަދީޘުގެ ބައެއް ރިވާޔަތުގައި ބިސްމީގެ ވާހަކަވެސް އައިސްފައި އޮންނަކަމަށެވެ. އަނެއްޖަވާބަކީ މިތާގައި އަންގަވަނީ އަލްޙަމްދު ދެބަޔަކަށް ބެހިގެންވާ ވާހަކަ ކަމަށެވެ. ކޮންމެހެން އާޔަތްތައް ހަމައަށް ދެބައަކަށް ބެހޭ ވާހަކައެއް ނޫނެވެ. އަދި ބިސްމިނުލައި އޮންނައިރު ވެސް އެގޮތަށް ހަމަހަމައަށް ދެބަޔަށް ބެހިފައެއް ނުވެއެވެ. އެހެންކަމުން ސޫރަތުގައި މިވަނީ ﷲ އަށް ޛިކުރު ކުރުމާއި ﷲގެ ޙަޟުރަތުން އަޅާ އެދޭ އެދުމާއި މިދެބައެވެ. ދެން ބިސްމީގައި އޮންނަ ވާހަކަ ތިންވަނަ އާޔަތް، އާދެ! الرَّحْمَنِ الرَّحِيمِގައި އޮންނާތީވެ ޙަދީޘުގައިއެވާހަކަ ތަކްރާރު ނުކުރެއްވުމުގެ ގޮތުން ބިސްމި ދޫކުރެވިފައި އޮތީކަމަށެވެ. އަދި އެހެންނޫނަސް މިޙަދީޘްތަކުން ބިސްމިބާރަށް ކިއުމަކަށްވެސް އަދި ސިއްރުން ކިއުމަކަށްވެސް ދަލީލެއް ފެންނާކަށްނެތެވެ. އަނެއް ޖަވާބަކީ މިޙަދީޘަކީ ބިސްމި ބާވައިލެއްވުމުގެ ކުރިން ވިދާޅުވި ޙަދީޘަކަށް ވުމީ އެކަށީގެންވާ ކަމެކެވެ. ސަބަަބަކީ އަލްޙަމްދު ސޫރަތް ދެފަހަރުމަތިން ބާވައިލެއްވުނު ކަމަށްވެސް އަންނާތީއެވެ.
(8) ދެންހުރީ އަނަސްގެފާނުގެ ކިބައިން އައިސްފައިހުރި ރިވާޔަތްތަކެވެ. އެކަލޭގެފާނުންގެ އަރިހުން ބިސްމިއާމެދު ތަފާތު އެތަކެއް ރިވާޔަތްތައް އައިސްފައި އެބަހުއްޓެވެ. އެއް ރިވާޔަތުގައި ވަނީ ކީރިތި ރަސޫލާއާއި އަބޫބަކުރާއި ޢުމަރާއި ޢުޘްމާނާއި މިބޭކަލުން ނަމާދުގައި ކިޔަވަން ފައްޓަވަނީ އަލްޙަމްދުން ކަމަށެވެ. އަނެއް ރިވާޔަތުގައި އޮންނަނީ އެބޭކަލުން ބިސްމި ވިދާޅުނުވާ ކަމަށެވެ. އަނެއް ރިވާޔަތުގައި އޮންނަނީ އެކަލޭގެފާނު އެބޭކަލުންގެ އަރިހުން ބިސްމި ވިދާޅުވި އަޑެއް ނާއްސަވާ ކަމަށެވެ. އަނެއް ރިވާޔަތުގައި އޮންނަނީ އެބޭކަލުން ނަމާދުގައި ބިސްމި ބާރަށް ވިދާޅުވާ ކަމަށެވެ. އަނެއް ރިވާޔަތުގައި އޮންނަނީ އަނަސްގެފާނު މިމައްސަލަ ހަނދުމަފުޅު ނެތިއްޖެކަމަށެވެ. އަދި ޚުދް އަނަސްގެފާނު ބިސްމި ބާރަށް ވިދާޅުވެ އުޅުއްވާ ކަމުގައި އެތަކެއް ޞައްޙަ ރިވާޔަތްތަކެއް އައިސްފައި ވެއެވެ.
އަނަސްގެފާނުގެ މިރިވާޔަތްތަކަށް ބެއްލެވުމަށްފަހު މައްސަލަ ތަޙްޤީޤު ކުރެއްވި ޢިލްމުވެރިން ވަނީ ބިސްމީގެ މައްސަލާގައި އަނަސްގެފާނުގެ ކިބައިން އައިސްފައިހުރި ހުރިހާ ރިވާޔަތެއް ޟަޢީފު ކުރަށްވާފައެވެ. އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. މާތް ﷲ ރަޙްމަތްލެއްވި އިމާމު އިބްނު ޢަބްދުލް ބައްރު ވިދާޅުވެފައި ވެއެވެ. "أَنَّهُ لاَ يَجُوزُ لِلإِحْتِجَاجِ بِهِ لِتَلَوُّنِهِ وَاضْطِرَابِهِ وَاخْتِلاَفِ أَلْفَاظِهِ مَعَ تَغَايُرِ مَعَانِيهَا فَلاَ حُجَّةَ فِي شَيْءٍ مِنْهَا عِنْدِي لأَنَّهُ قَالَ مَرًّة كَانُوا يَفْتَتِحُونَ (بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ) وَمَرَّةً كَانُوا لاَيَجْهَرُونَ (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) وَمَرَّةً كَانُوا لاَيَقْرَؤُنَهَا وَمَرَّةً لَمْ أَسْمَعْهُمْ يَقْرَؤُنَهَا وَمَرَّةً قَالَ وَقَدْ سُئِلَ عَنْ ذَلِكَ كَبِرْتُ وَنَسِيتُ فَحَاصِلُ هَذِهِ الطَّرِيقَةَ إِنَّمَا نَحْكُمُ بِتَعَارُضِ الرِّوَايَاتِ وَلاَ نَجْعَلُ بَعْضُهَا أَوْلَى مِنْ بَعْضٍ فَيَسْقُطُ الْجَمِيعُ"( ) (ޔަޢުނީ: މިރިވާޔަތްތަކުގެ ބަސްތައް އެކަތި އަނެކައްޗާ ފުށުއަރާތީއާއި އެއަށް ޢަމަލުކުރުމީ އުނދަގޫ ކަމަކަށް ވާތީވެ، އެރިވާޔަތްތަކުން ޙުއްޖަތް ޤާއިމުކުރުން ހެޔޮނުވާނެއެވެ. އަދި އެރިވާޔަތްތައްވަނީ އޭގެ މާނަތައް އަރައިރުންވެ އޭގައި ތަފާތު ކުލަޖެހި ރިވާޔަތްތަކުގައި ހަމަނުޖެހުން އުފެދިފައެވެ.
އެހެންކަމުން ތިމަންކަލޭގެފާނުންގެ އަރިހުގައި އެއިން އެއްވެސް ރިވާޔަތަކުން ޙުއްޖަތް ޤާއިމު ނުކުރެވޭނެއެވެ. ބައްލަވާށެވެ! އަނަސްގެފާނު އެއްފަހަރު ވިދާޅުވެފައި ވަނީ އެބޭކަލުން الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިން ފަށްޓަވާ ކަމަށެވެ. އަނެއްފަހަރު ވިދާޅުވެފައި ވަނީ އެބޭކަލުން بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އިން ފަށްޓަވާ ކަމަށެވެ. އަނެއްފަހަރު ވިދާޅުވެފައި ވަނީ އެބޭކަލުން بِسْمِ اللَّهِ ވިދާޅުނުވާ ކަމަށެވެ. އަނެއްފަހަރު ވިދާޅުވެފައިވަނީ އެބޭކަލުން بِسْمِ اللَّهِ ވިދާޅުވި އަޑު އެކަލޭގެފާނު ނާއްސަވާ ކަމަށެވެ. އަނެއްފަހަރު ވިދާޅުވެފައި ވަނީ އެކަލޭގެފާނު އުމުރުފުޅު ދޮށީވުމުގެ ސަބަބުން އެމައްސަލަ ހަނދުމަނެތި ވަޑައިގެންފި ކަމަށެވެ. އަނެއްކޮޅުން ބަލާއިރު އަނަސްގެފާނު ޢަމަލުފުޅަކީ ކޮބައިކަމަށް ބަލާއިރު އެކަލޭގެފާނު ބިސްމި ވިދާޅުވަނީ ބާރަށެވެ. މިއީ އަނަސްގެފާނުގެ ކިބައިން އައިސްފައިހުރި މިމައްސަލައާބެހޭ ދަލީލުތައް ދޫކޮށްލަން ޖެހުނު ސަބަބެވެ. މިގޮތަށް މިކަހަލަ މައްސަލައެއް އައުމުން އަހަރެމެން ޢަމަލުކުރަމުން ގެންދާ އުޞޫލަކީ ރިވާޔަތްތައް އެކަތި އަނެކައްޗާ ފުށުއަރާތީވެ، އެއްރިވާޔަތުގެ މައްޗަށް އަނެއް ރިވާޔަތެއް އައުލާވާ ގޮތަކީ ކޮބައިތޯ ނުބަލައި، ހުރިހާ ރިވާޔަތްތައް ދޫކޮށްލަނީއެވެ.
ބިސްމި ނުކިއުމަކީ މަދީނާގެ އިޖްމާޢެއް ނޫނެވެ.
(9) ބިސްމި މަޑުން ކިއުމަކީ އަޞްޙާބު ބޭކަލުންނާއި ތާބިޢީންގެ ދުވަސްވަރުގައި މަދީނާގެ އިޖްމާޢަކަށްވެފައިވާ ވާހަކައާބެހޭގޮތުން އިމާމު ޝާފިޢީ ވިދާޅުވެފައިވަނީ ތާބިޢީންނާއި ތަބުޢުއްތާބިޢީންގެ ޒަމާނުގެ ފަހުގެ ދުވަސްވަރެއްގައި އުމަވީންގެ ބައެއް ޚަލީފާއިންގެ ނުފޫޛުގައި މަދީނާގައި ބިސްމި ނުކިއުމާއި ހަރުއަޑުން ނުކިއުމުގެ އާދަ އޮތްކަމުގައި ވެދާނެއެވެ. އެއީ ޙަޤީގަތެއް ކަމުގައި ބެލިކަމުގައި ވިއަސް މާތް ﷲ ރުއްސުންލެއްވި މުޢާވިޔަތުގެފާނު ނަމާދު ކުރެއްވުމުގައި ބިސްމި ވިދާޅުނުވި މައްސަލައާއި އެކަލޭގެފާނާ އިދިކޮޅަށް އަޞްޙާބުންގެ ތެރެއިން މުހާޖިރުންނާއި އަންޞާރުން ތެދުވެވަޑައިގެން ފާޑުވިދާޅުވުމާ ގުޅިގެން އެކަލޭގެފާނުގެ ރައުޔު ބަދަލުކުރަށްވައި ބިސްމި ބާރަށް ވިދާޅުވި ވާހަކަ އެއީ މަޝްހޫރު ވާހަކައެކެވެ. އެހެންކަމުން އެއިން އެނގެނީ މަދީނާގައި އިޖްމާޢު އޮތީ ބިސްމި ނުކިއުމަކަށް ނޫންކަމާއި އިޖްމާޢު އޮތީ ބިސްމިބާރަށް ކިއުމަށްކަމެވެ.
ކުރީގައި ބުނިފަދައިން އެއްދުވަސްވަރެއްގައި މަދީނާގެ ގިނަމީހުންގެ ޢަމަލުއޮތީ ބިސްމިބާރަށް ނުކިއުން ކަމަށްބެލިކަމުގައި ވިއަސް އަޞްޙާބު ބޭކަލުންގެ ދުވަސްވަރުން ފެށިގެން މައްކާގެ މީހުންގެ އާދައަކަށް އޮތީ ބިސްމި ބާރަށް ކިއުމެވެ. އެކަން އެގޮތަށް ސާބިތު ވެފައި ވަނީ، ޞަޙާބީންނާއި ޠާބިޢީންގެ އިއްތިފާޤުންނެވެ. މީގެ އިތުރުން، ބިސްމި މަޑުން ކިއުމަކީ މަދީނާގެ އިޖްމާޢެއް ނޫންކަމުގެ އަނެއް ހެއްކަކީ ކުރީގައި ބަޔާންވެ ދިޔަ ފަދައިން ބިސްމި ބާރަށް ކިއުއްވާ ބޭކަލުންގެ އެތަކެއް ޞަޙާބީންނާއި ތާބިޢީންނެއް މަދީނާގައި ތިއްބެވިއިރު މަދީނާގެ އިޖްމާޢަކީ ސިއްރުން ކިއުންކަމުގައި ބުނެވޭނެ ޖާގައެއް އެބައޮތްތޯއެވެ؟ ކުރީންވެސް ދެންނެވި ފަދައިން ބިސްމި ބާރަށްވިދާޅުވާ ބޭކަލުންގެ ތެރޭގައި އެތަކެއް ޞަޙާބީންނެއް ތިއްބެވިކަމީ މަޝްހޫރު ކަމެކެވެ. އޭގެ ތެރޭގައި ޢަލީގެފާނާއި އިބްނު ޢައްބާސްއާއި އިބްނު ޢުމަރާއި އަބޫހުރައިރާއާއި ޢަބްދު ﷲ އިބްނުއް ޒުބައިރާއި އަނަސްއާއި އުއްމު ސަލަމާއާއި ޢާއިޝާއާއި އެނޫންވެސް ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ. އަދި އަބޫބަކުރާއި ޢުމަރާއި ޢުޘްމާނާއި މިބޭކަލުންވެސް ބާރަށް ވިދާޅުވާ ކަމުގައި އެތަކެއް ޞައްޙަ ރިވާޔަތެއް އައިސްފައި އެބަހުރިކަމަށް އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. ހަމައެހެންމެ ތާބިޢިއްޔަ ބޭކަލުންގެ ތެރޭގައި ޠާވޫސާއި ޢަޠާއާއި މަކްޙޫލާއި ޢިކްރަމާއާއި މުޖާހިދާއި މިނޫނަސް އެތަކެއްބޭކަލުން އެބަތިއްބެވިއެވެ. އަދި މިއީ މުޙައްދިޘުންގެ ތެރެއިން ގިނަ މުޙައްދިޘުންގެ ރައުޔުވެސް މެއެވެ.
ވިސްނާލަމާ ހިނގާށެވެ. އަނަސްގެފާނުންގެ ރިވާޔަތް ފިޔަވައި بِسْمِ ނުކިއުމަށް، ނުވަތަ ބިސްމި ސިއްރުން ކިއުމަށް ޞަރީޙަ ބަހުން ދޭހަވާ އެއްވެސް ޞައްޙަ ރިވާޔަތެއް ޙަދީޘު ޢިލްމުގެ މުޅި ޒަޚީރާގައި އައިސްފައި ނެތް އިރު بِسْمِ ބާރަށް ނުކިއުން މިއީ އެންމެ ޞައްޙަ ގޮތްކަމުގައި ބުނެ އެގޮތް ފަތުރަން މަސައްކަތް ކުރުން މިއީ ސުންނަތް ދެކެ ލޯބިވާކަމަށް ދަޢުވާކުރާ ބަޔަކު ކުރުން ހެޔޮވާވަރުގެ ކަމެއްތޯއެވެ؟ އަދި بِسْمِ ބާރަށް ކިއުމުގެ ސުއްނަތުގެ މަތީގައި ބަޔަކުމީހުން ދެމިތިއްބައި އެންމެ ޞައްޙަކަން ބޮޑުގޮތޭ ކިޔައިގެން އެބައިމީހުންގެ ތެރޭގައި ދެބަސްވެރިވުން އުފައްދައި، ބައިބައި ވެގެންދާނެ ޢަމަލުތައް ހިންގުމަކީ ބޮޑު ފިތުނައަކަށް ނުވާނެތޯއެވެ؟
ދަންނަވަންތޯއެވެ! މިމައްސަލައަކީ ޚައިރުލް ޤުރޫނުގައި (އެންމެ ހެއު ތިން ޤަރުނުގައި) ބަޙުޘްވެވި އެންމެ ޞައްހަކަން ބޮޑުގޮތް ހޯއްދަވައި، ގިނަ މުޙައްދިޘުން ވަކިގޮތަކަށް ބުރަވެ ވަޑައިގެންފައިވާ މައްސަލައެކެވެ. މިއީ މިއަދު ފެނިގެންއުޅޭ އައު މައްސަލައެއް ނޫނެވެ. މިމައްސަލައާއި ގުޅޭގޮތުން ޙަދީޘުގެ ފަތްފުށްތަކުގައި ދެން އައިސްފައިވާހާއި ރިވާޔަތްތަކަކީ ނަމާދަށް ފެށުމުގައި އެންމެ ފުރަތަމަ ފަށައިގަންނަން ޖެހެނީ ސޫރަތުލް ފާތިޙާއިންކަމާއި، އެއްވެސް ޙާލެއްގައި رَسُولُ اللَّهِ ﷺ އަލްހަމްދަށްވުރެން ކުރީގައި އެހެންސޫރަތަކުން ނަމާދު ފައްޓަވާފައި ނުވާކަން ހާމަކޮށްދޭ ރިވާޔަތްތަކެވެ. އާދެ! ﷲ ރުއްސުންލެއްވި ޢާއިޝަތުގެ ކިބައިން ރިވާވެގެންވެއެވެ. "إِنَّهُمْ كَانُوا يَفْتَتِحُونَ بِالْحَمْدُ لِلَّهِ" (މާނައީ: ހަމަކަށަވަރުން އެބެއިކަލުން އަލްޙަމްދުން ނަމާދު ފަށްޓަވަތެވެ.) ބައެއްރިވާޔަތް ތަކުގައި "اَلْحَمْدُ لِلَّهِ" ގެބަދަލުގައި "أُمُّ الْقُرْآنِ" މިގޮތަށްވެސް އައިސްފައި ވެއެވެ.
ނިކަން ބައްލަވާށެވެ! الإِمَامُ التِّرْمِذِى އެކަލޭގެފާނުންގެ ޞަޙީޙުގައި ބާބު ޤާއިމު ކުރައްވާފައިވަނީ "ނަމާދުގައި ކިޔެވުން الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިން ފެއްޓެވުމާއި" ބެހޭ ގޮތުންނެވެ. ދެން ރިވާޔަތާއި ބެހޭގޮތުން އެއީ ޙަސަނުގެ ދަރަޖައިގެ ޞައްޙަ ރިވާޔަތެއްކަމުގައި ވިދާޅުވުމަށްފަހު މިފަދައިން ވިދާޅުވެފައިވެއެވެ. "وَالْعَمَلُ عَلَى هَذَا عِنْدَ أَهْلِ الْعِلْمِ مِنْ أَصْحِاب النَّبِيِّ وَالتَّابِعِينَ وَمَنْ بَعْدَهُمْ كَانُوا يَفْتَتِحُونَ الصَّلاَةَ بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ" ( ޔަޢުނީ: رَسُولُ اللَّهِ ﷺގެ އަޞްޙާބުންނާއި، ތާބިޢީންނާއި، އެއިގެ ފަހުގެ ޢިލްމުވެރީންގެ އަރިހުގައި ޢަމަލުވަމުންއައީ މިގޮތުގެ މަތީންނެވެ. އެބެއިކަލުން ނަމާދުގެ ކިޔެވުން ފައްޓަވަނީ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިންނެވެ. ދެން އިމާމު ތިރްމިޛީ ގެންނަވާފައިވަނީ الإِمَامُ الشَّافِعِى عَلَيْهِ الرَّحْمَة އެޙަދީޘުގެ ޝަރަޙަ ކުރައްވާފައިއޮތް ގޮތެވެ. ތިރްމިޛީ ވިދާޅުވެފައި ވެެއެވެ. "قَالَ الشَّافِعِى إِنَّمَا مَعْنَى هَذَا الْحَدِيثِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبَا بِكْرٍ وَعُمَرَ وَعُثْمَانَ كَانُوا يَفْتَتِحُونَ الْقِرَاءَةَ بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، مَعْنَاهُ أَنَّهُمْ يَبْدَأُونَ بِقِرَاءَةِ فَاتِحَةِ الْكِتَابِ قَبْلَ السُّورَةِ وَلَيْسَ مَعْنَاهُ أَنَّهُمْ كَانُوا لاَيَقْرَأُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ" (މާނައީ: އިމާމު ޝާފިޢީ ވިދާޅުވިއެވެ. ޝައްކެއްނެތި މިޙަދީޘުގެ މާނައަކީ رَسُولُ اللَّهِ ﷺއާއި އަބޫބަކުރުފާނާއި އުމަރުގެފާނާއި ޢުޘްމާނުގެފާނާއި މިބެއިކަލުން ނަމާދު ކުރަށްވާއިރު ކިޔަވައި ވިދާޅުވާން ފައްޓަވަނީ ސޫރަތަށްވުރެން ކުރިން ސޫރަތުލްފާތިޙާއިން ކަމަށެވެ. އެއިގެ މާނައަކީ އެބެއިކަލުން بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ވިދާޅުނުވެއެކޭ އެއް ނޫނެވެ.)
އިމާމު ޝާފިޢީގެ މިބަސްފުޅަށް ތާއީދުކުރާ އެހެން ރިވާޔަތެއްވެސް އުއްމުލް މުއުނީނަ ސިއްތުނާ ޢާއިޝަތުގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. "عَنْ عَائِشَةَ قَالَتْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْتَتِحُ الصَّلاَةَ بِالتَّكْبِيرِ وَالْقِرَاءَةَ بِالْحَمْدُ لِلَّهِ وَكَانَ يَخْتَتِمُ الصَّلاَةَ بِالتَّسْلِيمِ މާނައީ: ޢާއިޝަތުގެފާނު ވިދާޅުވެފައި އެވެ. رَسُولُ اللَّهِ ﷺ ނަމާދު ފަށްޓަވަނީ ތަކްބީރުންނެވެ. ކިޔެވުން ފަށްޓަވަނީ اَلْحَمْدُ އިންނެވެ. އެބަހީ ފާތިޙަތު ސޫރަތުންނެވެ. އަދި އެކަލޭގެފާނު ނަމާދު ނިންމަވަނީ ސަލާމުންނެވެ. މިޙަދީޘުގައި މިއޮތް ޢަމަލާބެހޭގޮތުން ވެސް ޙަދީޘު ކުރަށްވާފައި އެވަނީ އެކަމެއްގައި ވިދާޅުވާ އެއްޗެއްގެ ނަމުންނެވެ. އޭގައި ސޫރަތުލްފާތިޙާއަށް ވިދާޅުވެފައި ވަނީ اَلْحَمْدُ އެވެ.
މިއަށްފަހު ދެން އިމާމު ތިރްމިޛީ ވިދާޅުވެފައި ވެއެވެ. "وَكَانَ الشَّافِعِى يَرَى أَنْ يَبْدَأَ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ وَأَنْ يَجْهَرَ بِهَا إِذَاجَهَرَ بِالْقِرَاءَةِ" މާނައީ: ޝާފިޢީގެފާނު ދެކެވަޑައިގަންނަވަނީ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އިންފެށުމަށާއި ބާރަށް ކިޔަވާއިރު އެއާޔަތްތައް ވެސް ބާރަށް ކިޔެވުމަށެވެ.
ދަންނަވަންތޯއެވެ! ބައެއް ތާބިޢީ ބޭކަލުންގެ ކިބައިން ބިސްމި ބާރަށް ކިއުމީ ބިދުޢައެއް ކަމުގައި އައިސްފައިވަނީ އެބެއިކަލުންނަށް މިޙަދީޘުތައް ފެނިވަޑައި ނުގަތުމާއެކު އެބޭކަލުން އެއާމެދު ކުރެއްވި އިޖުތިހާދުންނެވެ. ކުރީގައި ބަޔާންވެދިޔަ ޢާޔަތުންނާއި އިސްވެދިޔަ ޙަދީޘުތަކުން بِسْمِއަކީ اَلْحَمْدُ ގެއާޔަތެއްކަމާއި އަދި ބިސްމި ކިޔަވަންވަނީ ބާރަށްކަން ޘާބިތުވުމަށްފަހު އެބޭކަލުންގެ މިއިޖްތިހާދުގެ އިތުބާރެއް ނޯންނާނެއެވެ. އެެހެންކަމުން މިއިޖުތިހާދާ ހުރެ ޞައްޙަ ޙަދީޘުތަކަށް ޢަމަލުކުރުން ހިލާ ދޫކޮށެއް ނުލެވޭނެއެވެ. އަދި ހަމައެހެންމެ ބައެއް ޢިލްމުވެރިން ވިދާޅުވާ ފަދައިން ނަމާދުގައި أَعُوذُ ސިއްރުން ކިޔަވާ ކިޔެވުމަށްވެސް ބިސްމިއާ މެދު ޤިޔާސް ކުރުން ރަގަޅު ނުވާނެއެވެ. ސަބަބަކީ އަޢޫޛަކީ ޤުރުއާނުގެ އާޔަތަކަށް ނުވެފައި، އެއީ ހަމައެކަނި ޤުރުއާން ކިޔަވާއިރު ކިޔެވުމަށް އަންގަވާފައިވާ ދުޢާއަކަށް ވާތީއެވެ.
އެންމެ އިންޞާފުވެރި ގޮތް:
ބަޔާންވެދިޔަ ދަލީލުތަކުގެ އިތުރުން ޙަދީޘުޢިލްމުގެ ވަރަށް މަޤްބޫލު އުޞޫލެއްވެސް މިތާގައި ބަޔާން ކޮށްލާނަމެވެ. އެއުޞޫލަކީ ކަމަކާމެދު އިސްބާތާއި ނަފީ (އެބަހީ އެކަމެއް ސާބިތުވުމާއި ސާބިތުނުވުން) މިދެގޮތާ ގުޅޭގޮތުން ދެކޮޅަށް ދަލީލު ލިބެން ހުންނައިރު ތާރީޚީ ގޮތުން އިސްކަން ދެވޭނެ ގޮތެއްވެސް ފެންނަން ނެތްހިނދު އެޙާލަތުގައި އިސްކަން ދޭންޖެހޭނީ އިސްބާތަށެވެ. ދޫކޮށްލަންޖެހެނީ ނަފީއެވެ. މިގޮތުން ބިސްމި ބާރަށް ކިއުމާއި ބާރަށް ނުކިއުމާއި ދެގޮތްމެ ޙަދީޘުގެ އަލީގައި ފެންނާންއޮތްއިރުު އައުލާ ގޮތްކަމުގައި ބަލަން ދޭންޖެހޭނެ ކަމަށް އުޞޫލުން މަގު ދައްކައިދެނީ ބިސްމި ބާރަށް ކިއުމަށެވެ. ދޫކޮށްލަންޖެހޭނީ ސިއްރުން ކިއުމެވެ.
އާދެ! ބަޔާންވެދިޔަ އެންމެހައި ދަލީލުތަކަށް ބަލާއިރު އެންމެ އިންޞާފުވެރި އެންމެ ޞައްޙަ ގޮތަކީ اَلْحَمْدُ ގެކުރީގައި بِسْمِ ބާރަށް ކިއުމެވެ. އަދި މިގޮތުގެ މަތީގައި ބަޔަކު ދެމިތިއްބައި މިނޫން ގޮތެއް ޢާއްމުންގެ ތެރޭގައި ފަތުރަން މަސައްކަތް ކުރުމީ އިސްލާމީ ރިވެތި އުޞޫލު ދައްކައިދޭ ގޮތެއްނޫނެވެ. ޢިލްމީގޮތުން ތިމާ ބުރަވާ ކޮޅަކީ އިޚްތިލާފުވެވޭ ކަމެއްގެ ދެކޮޅުގެ ތެރެއިން ކޮންމެވެސް އެއްކޮޅަކަށްވުމީ ޠަބީޢީގޮތުން ވެދާނެ ކަމެކެވެ. ސަލަފުއް ޞާލިޙީންގެ ޢިލްމުވެރިން މިއަދާ ހަމައަށްވެސް މަތީގައި ބުނެވިދިޔަ ތިންގޮތް އިޚްތިޔާރު ކުރަށްވައިގެން އެތިންގޮތުގެ މަތީގައިވެސް ކޮންމެވެސް ޖަމާޢަތެއްގެ ބަޔަކު ތިއްބެވިކަމީ މިބުނެވުނު ބަހުގެ ހެއްކެކެވެ.
ނަމަވެސް ޢިލްމީގޮތުން ދަލީލުތަކަށް ބަލައިގެން ތިމާ އަމިއްލައަށް ވަކިގޮތެއް ކަނޑައަޅަން ނޭގޭ މީހަކު ނުވަތަ އިޖްތިހާދުގެ ދަރަޖައަށް ދެވިފައިނުވާ މީހަކު އަމުދުން ޖެހޭނީ އިޖްތިހާދުގެ އެންމެ މަތީ ދަރަޖައަށް ގޮސްފައި ތިބި ޢިލްމުވެރިން، ޤުރުއާނާއި ސުއްނަތުގެ އަލީގައި ނެރެދައްކަވާފައިވާ އުޞޫލުގެ ދަށުން ދެއްވާފައިވާ ފަތުވާތަކަށް ތަބާވުމަށެވެ. މިއާ ޚިލާފަށް އެފަދަ ފެންވަރެއް ނެތްބަޔަކު ތިމަތިމާމެން އަމިއްލައަށް، ހިތަށް އަރާހައި ގޮތަކަށް ޢަމަލުކޮށް، އެއްވެސް ޢިލްމެއްނެތި އަޑުއެހިހައި ގޮތަކަށް ފަތުވާދީ ހެދުމަކީ ތިމާމެން އަމިއްލައަށް ޖަހާލަތުގެ ތެރެއަށް ޣަރަޤުވުމާއެކު އަނެކުންނަށް ޖަހާލަތާ ދިމާއަށް ގެންދިއުމަށް މަސައްކަތް ކުރުން ނޫން އެހެން ކަމަކަށް ވެގެނެއް ނުދާނެއެވެ.
ވުމާއެކު އަނެއްކާވެސް ދަންނަވާލާހިތް ވަނީ ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އަލްޙަމްދު ފުރިހަމަވާނީ ބިސްމި ކިޔަވައިގެންނެވެ. އަދި ޤުރުއާން ބާރަށް ކިޔަވާ ނަމާދުތަކުގައި މޮޅުގޮތަކީ އަލްޙަމްދުގެ އެހެން އާޔަތްތައްވެސް ބާރަށް ކިޔަވާފަދައިން ބިސްމި ވެސް ބާރަށް ކިޔެވުމެވެ.
وَصَلَّى اللَّهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ.
ނިމުނީ

ކިޔުންތެރިންގެ ހިޔާލު