ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި ޝުޢައިބް ޢަލީ، ފުރަހަނި ޝުޢައިބު
ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި ޝުޢައިބް ޢަލީ، ފުރަހަނި ޝުޢައިބު
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޙަމަލާއާއި ގުޅޭގޮތުން މަޖިލިސް މެންބަރު އިލްޔާސް ލަބީބާ ސުވާލުކުރަންޖެހޭ ކަމަށް ރައީސް ނަޝީދުގެ ދައުރުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި ޝުޢައިބް ޢަލީ، ފުރަހަނި ޝުޢައިބު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސްމަޤާމުތަކެއް މީގެ ކުރިން އަދާކުރަށްވައި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވުނު ޝުޢައިބު ފަހަކަށްއައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ނަޝީދާއި އެމްޑީޕީއަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން އެމްޑީޕީން ވަނީ ޝުޢައިބަށް ފިޔަވަޅުއަޅައި ޕާޓީގައި އޭނާ އަދާކުރަމުން ދިޔަ މަޤާމުންވެސް ވަކިކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއާ ގުޅިގެން ޝުއައިބު ވިދާޅުވީ، އެ ތަޙުޤީޤަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބް ޙާޟިރުކޮށް ސުވާލު ކުރަން ޖެހޭ ކަމަށެވެ. އިލިޔާސަކީ 241 ކޮމިޓީގެ މެންބަރެކެވެ. ޝުޢައިބު ވަނީ އެ ބައްދަލުވުން ލައިވްކޮށް ޓީވީތަކުން ދައްކަން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޝުޢައިބު މިމޭރުމުން ވިދާޅުވެފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ލިބިވަޑައިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް އެ މަޢުލޫމާތު ޙިއްސާ ކުރެއްވި ކަމަށް، އިލްޔާސް ލަބީބް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ ގައި ދިން ޓެރަރިސްޓް ޙަމަލާއިން ލިބުނު ބޮޑެތި ޒަޙަމްތަކާއި އަނިޔާތަކާ ގުޅިގެން އެމަނިކުފާނު ވަނީ އޭޑީކޭގައި 16 ގަޑިއިރުވަންދެން ގިނަ ސަރޖަރީ ތަކެއް ހައްދަވާފައެވެ. އޭގެ ފަހުން ފަރުވާ ހޯއްދެވުމަށް ޖަރުމަން ވިލާތަށް ވަޑައިގެން އެޤައުމުގެ މިލިޓަރީ ހޮސްޕިޓަލެއްގައިވެސް އެމަނިކުފާނުގެ ފަރުވާ ވަނީ ކުރިއަށް ގެންދަވާފައެވެ.

މި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން