27 ވަނަ ބައި
................
"ތިޔައީ އެހެން މީހެއްގެ ދަރިއެއް ނޫނެވެ. އަމީނު އައުމުގެ ކުރިން އަވަހަށް ދަރިފުޅު އުރާލާ ލޯބިކޮށްލާށެވެ. ދަރިފުޅުގެ ފަރާތުން ހާމަވާން އުޅޭ ސިއްރު ދެނެގަންނާށެވެ." ފޮތިގަނޑުގައި ހިފަހައްޓައިގެން ހުރެ ސާރާ އަނެއްކާވެސް ދޮރާ ދިމާއަށް އެނބުރުނެވެ. އަމީނު އާދޭތޯއެވެ. އެއަށްފަހު އޭނާ އަނެއްކާވެސް އެނދާ ދިމާއަށް ގުދުވިއެވެ. މަޑުމަޑުން އޭނާގެ ދެއަތް ދަރިފުޅުގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑާ ދިމާއަށް ހަރަކާތްކުރަން ފަށައިފިއެވެ.
"ސާރާ ތީ ކޮންކަމެއް؟" ސާރާ ސިއްސައިގެންދިޔައީ އޭނާއާ ދާދި ގާތުން އިވުނު އަމީނުގެ އަޑުންނެވެ. އޭނާއަށް ތެޅިގެންފައި އެނބުރިލެވުނީ ދޮރާ ދިމާއަށެވެ. ދޮރުމަތީގައި ހުރީ އަމީނެވެ. ނުރުހިފައެވެ. ސާރާއަށް އިސްއޮބާލެވުނެވެ.
"ސާރާ ނުވޭދޯ؟ އަހަރެން ބުނާ އެއްޗެއް އަޑުއަހައިގެންވެސް." އަމީނު އައިސް ސާރާއާ އަރާހަމަކުރިއެވެ.
"އަމީނުމެން ކިތަންމެ ބުންޏަސް އެސޮރު އުރާނުލާ އަހަންނަށް ކެތްވާނެތަ؟ އަހަރެންގެ މައިލަގޮނޑިއަކަށް ކެތެއް ނުވާނެ...." ސާރާ އައިސް އަމީނުގެ މޭގައި ލައްވެގެންފިއެވެ. އަމީނު ސާރާ އޭނާގެ މެޔާލާ ފިއްތާލިއެވެ.
"ކެތްތެރިވޭ ސާރާ....އުރާނުލެވުނަސް ދަރިފުޅު ސާރާގެ ކުރިމަތީގައި އެބައޮތެއްނު....ނުރޮއި އެހެން އޮންނަންޏާ ކޮންމެހެން އެސޮރަށް އުނދަގޫ ކުރުމުގެވެސް ބޭނުމެއް ނެތެއްނު." އަމީނު ސާރާއާއެކު ދަރިފުޅު އޮތް އެނދުގެ މަގަތުގައި އިށީނދެއްޖެއެވެ. އެހިނދު ސާރާ ހީކުރިއެވެ. އަމީނު އެއުޅެނީ ދަރިފުޅު އުރާލާ ލޯބިކޮށްލުމުގެ ފުރުޞަތު އޭނާއަށް ހުޅުވާލާށެވެ. އެހެންކަމުން އޭނާގެހިތް ސިއްރުން ހީލިއެވެ. ނަމަވެސް އަމީނު ދަރިފުޅާ ލޯބިކޮށްލުމަށްފަހު ސާރާ ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ.
"އަހަރެން މިއައީ އޮފީހުން ޗުއްޓީއަށް އެދި ސިޓީލާފައި." ސާރާގެ ގާތުގައި އިށީންނަމުން އަމީނު ބުންޏެވެ. ކުރިންނަމަ އެއީ ސާރާއަށް ލިބޭ އުފާވެރި ޚަބަރަކަށް ވެދާނެއެވެ. ނަމަވެސް މިއަދު އޭނާ އުފަލެއް ނުވެއެވެ. އޭނާއަށް ރަނގަޅީ މިހާރު އަމީނު ގިނަވަގުތު ބޭރުގައި އުޅެންޏާއެވެ.
"ޗުއްޓީ ނުނެގިޔަސް ދެން އެންމެ ރަނގަޅެއްނު." ސާރާ ދެކޮޅުހެދިއެވެ. އޭނާގެ އެދުމެއް އޮތީމައެވެ. ކުރިންނަމަ އޭނާ ހުންނާނީ ޗުއްޓީ ނުނެގިޔަސް ރުޅިއައިސްފައެވެ.
"ކިހިނެއްވީ؟ ސާރާ ބޭނުން ނުވަނީތަ؟ އަހަންނާއެކު ގިނަވަގުތު ހޭދަކުރަން." އަމީނު ސާރާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލިއެވެ. ހިތާ ދެކޮޅަށް ސާރާ ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލިއެވެ.
"ސާރާގެ ހަރަކާތްތަކުން ސާރާ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުންނަހެން ހީވަނީ...." ސާރާގެ ހިތްހަމަނުޖެހުން އަމީނު ދެނެގަތެވެ.
"ދަރިފުޅު އުރާލާ ގާތުން ކިރުދޭހިތްވަނީ...." ސާރާ އޭނާގެހިތުގެ ޝަކުވާ އަމީނަށް އިއްވާލިއެވެ.
"އައްސަލާމް އަލައިކުމް...." ސަލާމް ގޮވުމަށްފަހު ތޮއްޔިބާއި އޭނާގެ އަންހެނުން އަޒުމާ ޕާރުސަލެއް ހިފައިގެން އައިސްވަނީ އެވަގުތުއެވެ.
"ވައަލައިކުމުއްސަލާމް. އާދޭ އާދޭ." ސަލާމް ބަލައިގަތުމަށްފަހު ސާރާ ވާހަކަ ދެއްކިއެވެ. އޭގެކުރިން އޭނާ އަމީނުއާ ދުރަށް ޖެހިލިވެސްމެއެވެ.
"ސާރާ ވިހޭ ޚަބަރު ދިނުމުން ސާރާއަށް ޒިޔާރަތް ނުކޮށް އަޒުމާ ކުރުނުކުރީޔޭ....ކޮބާ އަދިވެސް ދަރިފުޅު އުރާލުމަށް ހުއްދައެއް ނުލިބޭތަ؟" ދަރިފުޅު އޮތް އެނދާ ދިމާއަށް ބަލަން ހުރެފައި ތޮއްޔިބު އެއްސެވެ.
"އާނ...ސާރާވެސް މިކުރާ ޝަކުވާއަކީ ތިޔޭ...." އަމީނު ނިކަން އަވަސް އަރައިގެންފައި ބުންޏެވެ.
"ތެދެއް އަޒުމާ....އަހަންނަށް ހުރެވެނީކީ ނޫން. މިހާރު އެސޮރަށް ބުއްދޭހިތުންވެސް މަރުވާވަރުވޭ..." އަމީނުގެ ވާހަކައާ ގުޅުވައިގެން ސާރާ ވާހަކަ ދެއްކީ އަޒުމާއާއެވެ. އަޒުމާ އޭނާ ގެނައި ޕާރުސަލް ދަރިފުޅު އޮތް އެނދުގައި ބޭއްވިއެވެ.
"މަންމާ.....ތޮއްޔިބުގެ ދެމަފިރިންނަށް ސައިހަދާބަލަ." އަމީނު މެދުގޭތެރޭގައި އިން އޭނާގެ މަންމައަށް ގޮވިއެވެ. ރަޒިއްޔާ އޯއްޔޭ ބުނިއަޑާއެކުހެން ބަދިގެއާ ދިމާއަށް ހިނގައިގަތް އަޑުވެސް އިވުނެވެ.
ސޯބިރާ އެނދުގައި ދެފައި ވައްކޮށްލައިގެން އިށީނދެ އިނދެ އަލްބަމްގެ ގަނޑުތައް އުކަމުން ދިޔައެވެ. ބައެއްގަނޑުތަކަށް ކަޅިވެސްޖަހާނުލާ ބަލައިލިނަމަވެސް ނިކަން އަވަސް އަވަހަށް އުކާލާ ގަނޑުތައްވެސް ހުރޭމެއެވެ. ދެން އިވުނީ އޭނާ ހިތާހިތާ ވާހަކަ ދައްކަން ފެށިއަޑެވެ.
"ތޮއްޔިބު.....ކީއްވެތަ ތޮއްޔިބު އަހަރެން ހުއްޓާ އެހެން މީހަކާ އިނީ...އެކަމަކު ދިރިދުނިޔޭގައި ހުރުމަށްޓަކައި އަހަންނަށް ތޮއްޔިބުގެ ލޯބި ބޭނުން....ގަދަކަމުން ހޯދޭނެ ގޮތަކަށް ހޯދަންވެސް ބޭނުން...." ސޯބިރާގެ ވާހަކައިން އޭނާ ކަޅިހުއްޓައިގެން އިނދެ ބަލަމުން އެދަނީ ތޮއްޔިބުގެ ތަސްވީރުކަން މާރަނގަޅަށްވެސް ދޭހަވެއެވެ. އެއީ ފަހަކަށްއައިސް ސޯބިރާގެ އާދައެވެ. އޭނާއަށް ތޮއްޔިބުދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. އެލޯތްބާ ނުލާ އެއީ އުނި މީހެއްގެ ގޮތުގައި އޭނާ އަމިއްލައަށް ދެކޭވެސްމެއެވެ. އޭނާގެ ކަމަކީ މިހާރަކަށްއައިސް ތޮއްޔިބުގެ ތަސްވީރާ ވާހަކަ ދެއްކުމެވެ. އޭނާގެ މަންމައަށްވެސް އެކަން ފާހަގަކުރެވެއެވެ.
އޭނާއަށް މިހާރު އެތައްފަހަރަކު ނަސޭހަތްތެރި ވެއްޖެއެވެ.
"ދަރިފުޅާ.....ރާއްޖެއިން ފިރިހެނުން ހުސްވީތަ؟ މަންމަމެންވެސް ތިއުމުރުވެސް ދެކެފައޭ މިހާ ހިސާބަށް އައިސްފައި މިތިބީ....ތިޚިޔާލު ދޫކޮށްލަބަލަ." އެއީ ތަކުރާރުކޮށް ކޮންމެ ދުވަހަކުވެސް ޖަމީލާދޭ ނަސޭހަތެކެވެ. ނަމަވެސް މަންމައާއި ރަހްމަތްތެރިންގެ އެނަސޭހަތް އަޑުއިވޭވަރަށްވުރެން އޭނާ ތޮއްޔިބު ދެކެ ލޯބިވެއެވެ.
"މަންމާ...ކޮންމެ ދުވަހަކު ތިނަސޭހަތް އަހަންނަށް ނުދީ. ގޮސް ތޮއްޔިބަށް ނަސޭހަތްދީ. އޭނަ ގާތުގައި ބުނެބަލަ އަހަންނަށް ލޯބިދޭށޭ." ފަހަކަށް އައިސް އެމައުޟޫއަށް ވާހަކަ ދައްކާއިރު ސޯބިރާ ހުންނަނީ އިޚްތިޔާރެއްގައެއް ނޫނެވެ. އެހެން ނޫންނަމަ ޖަމީލާގެ ކުރިމަތީގައި އެކަހަލަ ވާހަކަ ދައްކާކަށް އޭނާއަކަށް ނުކެރުނީހެވެ.
ދަންވަރުގެ ވަގުތެކެވެ. ސާރާ ތެދުވެ ނިދާފައި އޮތް އަމީނުއާ ދިމާއަށް ބަލާލިއެވެ. އޭނާ އޮތީ ގަދަ ނިދީގައިކަން ގައިމުވުމުން އެއީ ލިބުނު ހިތްހަމަޖެހުމެކެވެ. އޭނާ މަޑުމަޑުން ތެދުވެ ލުއި ހިނގުމެއްގައިގޮސް ކުޑަދަރިފުޅު އައިމަން އޮތް އެނދާ އަރާ ހަމަކޮށްފިއެވެ. އޭރު އޭނާގެ މޭ ފިސާރިބާރަށް ތެޅެމުން ދެއެވެ. އަމީނު ހޭލަފާނެތީ އޭނާ ހާސްވަނީއެވެ. ކަންބޮޑުވަނީއެވެ. އޭނާ އެސްޕީޑުގައި ގޮސް ދަރިފުޅު އޮތް އެނދާ އަރާ ހަމަކޮށް ހުއްޓި ނިދާފައި އޮތް އަމީނުއާ ދިމާއަށް ބަލާލިއެވެ. އެވަގުތު އަމީނު ނިދިފައި އޮވެ ފުރޮޅިލިއެވެ. ނަމަވެސް އަމީނު ހޭނުލުމުން ލިބުނު ހިތްހަމަޖެހުމާއެކު އޭނާ ދަރިފުޅާ ދިމާއަށް ގުދުވެ ދަރިފުޅުގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑުގައި ހިފައި ހިއްލާ ފޮތިގަނޑު ނަގައިފިއެވެ. ހަމައެއާއެކު ދެލޯބޮޑުކޮށްގެން އޭނާއަށް ހަޅޭއްލަވަމުން
ދުއްވައިގަނެވިއްޖެއެވެ.
"މަންމާ...ބައްޕާ....އަމީނު...." ސާރާގެ އަޑުވެސް ނުކުތީ ކިރިޔާއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ.
ނާމާން ހުވަފެނެއްގައި އޮތް ސާރާ ނިކަން ބާރު ހަޅޭކަކާއެކު ފުންމައިގެން ތެދުވެއްޖެއެވެ. އޭނާގެ ހަޅޭކުގެ އަޑަށް ނިދާފައި އޮތް އަމީނުއަށްވެސް ހޭލެވިއްޖެއެވެ.
"ކިހިނެއްވީ؟" އަމީން ސާރާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. އޭރު ސާރާ ބާރުބާރަށް ރޮމުން ދަނީއެވެ. "
"އަހަރެން ބޭނުން ދަރިފުޅުގެ ގައިމަތީގައި އެއޮތް ފޮތިގަނޑު ނަގަން." ސާރާ ރޮއިރޮއިފައި ބުންޏެވެ. ސާރާ ތިކިޔަންއުޅޭ އެއްޗެއް ރަނގަޅަށް ކިޔާބަލަ ކިހިނެއްތަވީ؟" އަމީނު ސާރާގެ ކޮނޑުގައި ހިފައި ކުރިއަށްވުރެންވެސް ބާރަށް ތަޅުވައިގެންފިއެވެ.
"އަހަންނަށް ހުވަފެނެއް ފެނުނީ.....ހެޔޮނުވާނެ އަމީނު އެފޮތިގަނޑު ނަގާފައި ދަރިފުޅު ހަމަޔަށް އަހަންނަށް ދައްކާ." ސާރާ ދަރިފުޅު އޮތް އެނދާ ދިމާއަށް ނަޒަރު ހުއްޓައިގެން އިނދެ ބުންޏެވެ.
"ކޮންކަހަލަ ހުވަފެނެއްތަ ފެނުނީ؟" ވީގޮތް ރަނގަޅަށް އެނގިހުރެ އަމީނު އެއްސެވެ.
"އަހަންނަށް ފެނުނީ އައިމަން ބިރުވެރި ސިފައެއްގައި ވަނިކޮށް." ސާރާ އަމީނުގެ މޭގައި ބޯއަޅާލިއެވެ.
"ސާބަސް ސާރާއަށް ހުވަފެނަކީ ބިލާހެކޭ ބުނާ އަޑެއް ދުވަހަކުވެސް ނާހަންދޯ؟" އަމީނު މަލާމާތުގެ ރާގަކަށް ފިސާރި ބާރަށް ހީގަތެވެ.
"ވަރިހަމަ....ދަރިފުޅުގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑު ނަގަން އަހަރެން ބޭނުން...." ސާރާ އަދިވެސް ރޮނީއެވެ. ނަމަވެސް އަމީނު މަސައްކަތް ކުރަމުން އައީ ސާރާއަށް ވިސްނައިދެވޭތޯއެވެ.
"ހެޔޮނުވާނެ ސާރާ ނިކަން ގަބޫލުކޮށްބަލަ....އެވަރަށް ޒަހީރާދައްތަ އެކުއްޖާ ނުތަޅުވަން ބުނެފައި ވަނިކޮށް ހެޔޮނުވާނެޔޭ ތަޅުވާކަށް...." އަމީނު ސާރާ އެނދުގައި ބޭއްވިއެވެ.
"އަހަރެންމީ އެކުއްޖާގެ މަންމަ. އަޅެ ކީއްވެތަ އެދަރިފުޅު އުރާލާ ލޯބިކޮށް ގާތުން ކިރުދިނުމުގެ ފުރުޞަތު އަހަންނަށް ނުލިބެންވީ...." ސާރާ ދެންވެސް އުޅުނީ ތެދުވާށެވެ. ނަމަވެސް އަމީނު ސާރާ ތެދުވިޔަކަ ނުދިނެވެ.
"ބަސް ގަބޫލުކޮށްބަލަ، ސާރާ." އަމީނުގެ ގާތަށް ރުޅިއައެވެ. ސާރާ މައިތިރިވީދެނެވެ. އެވަގުތު އަމީނުގެ މޫނުމަތިން އޭނާއަށް ފެނުނީ ކުރިން ދުވަހަކުވެސް އޭނާ އެމޫނުން ދުށްފަދަ އަސަރެއް ނޫނެވެ. ހީވީ ބިރުވެރި އިންޒާރެއް ކުރިހެނެވެ. ސާރާ އެހާ ފަސޭހައިން ހިމޭންވީ އެހެންވެގެންނެވެ.
"ކީއްވެތަ މިހާރަކަށްއައިސް ހިމޭންވެފައި ސޯބިރާ ތިހުންނަނީ؟ ވެގެން އުޅޭގޮތެއް އަހަރެމެން ގާތުވެސް ބުނެލައިގެން އުޅެބަލަ." ސޯބިރާއާ އެއްއޮފީހެއްގައި އުޅުނަސް ކުރިން ދުވަހަކުވެސް އޭނާއާ ވާހަކަ ދައްކާފައި ނުވާ ފުވާދު ސޯބިރާގެ ހިމޭންކަމުގެ ސިއްރު ދަނެގެންހުރެ ވާހަކަ ދެއްކިއެވެ.
"ހިމޭންތަ އަހަރެން. ތިޔައީ ފުވާދުމެނަށް ހީވާ ހީވުމެއް." ސޯބިރާވެސް ފުރަތަމަ ފަހަރަށް ފުވާދާ ވާހަކަ ދެއްކިއެވެ. ޙަޤީޤަތް އެނގޭތީ ފުވާދަށް ހީގަނެވުނީ ފިސާރި ބާރަށެވެ.
"ކިހިނެއްވީ؟ ގަބޫލުނުކުރީދޯ؟" ފުވާދުގެ ހުނުމަކީ މާލާމާތެއްކަން އެނގޭތީ ސޯބިރާ ހިސާބަކަށް ލަދުގަތެވެ.
"އާނ، ގަބޫލެއް ނުކުރާނަން. ތެދުހެދިނަމަ ގަބޫލުކުރެވުނީސް." ފުވާދު ބުންޏެވެ.
"ތެދަށް ބުނެފިއްޔާ ފުވާދަށް ކޮށްދެވޭނެ ކަމެއް އޮތީތަ؟" ސޯބިރާ އިރުކޮޅެއް ވަންދެން ވިސްނަން ހުރެފައި ވާހަކަ ދެއްކިއެވެ.
"އާނ، ވަރަށްގިނަ ގޮތްގޮތުން އަހަންނަށް އެހީވެދެވިދާނެ." ކުރިއަށްވުރެން ސީރިއަސްވެފައި ފުވާދު ބުންޏެވެ. ސޯބިރާ ފުވާދުއާ ދޭތެރޭ ޝައުޤުވެރިވެއްޖެއެވެ. ލޯބި ޙާޞިލް ކުރުމަށްޓަކައި އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާނެ ބައިވެރިއަކު ލިބުނީ ކަމުގައި އޭނާ ދުށްޓެވެ.
"އަހަރެން މީގެކުރިން ފުވާދުއާ ވާހަކަ ނުދައްކަނީ ފުވާދަކީ ވަރަށްބޮޑާ ފޮނި މީހެއް ކަމަށް ހީކޮށްފައި. ނަމަވެސް މިހާރު އެނގިއްޖެ ފުވާދަކީ ނިކަން ހިތްތިރި މީހެއްކަން." ފުވާދުގެ ކިބައިން އެހީ ބޭނުންވާތީ ފުވާދު ގާތްކޮށްލަން ބޭނުންވިއެވެ.
"ތޮއްޔިބުގެ ލޯބި ހޯދަދޭންދޯ އަހަރެން މަސައްކަތް ކުރަންވީ؟ އިރާދަކުރެއްވިއްޔާ ތިކަން ކޮށްދޭނަން." ފުވާދު އޭނާއަށް ޙަޤީޤަތް އެނގޭކަން އަންގާލިއެވެ.
"ކާކު ފުވާދު ގާތު ބުނީ؟" ސޯބިރާ ހައިރާންވިއެވެ.
"ދެން މިއޮފީސްތެރޭ ހިނގާ ކަންތައްތައް އަހަންނަށްވެސް އެނގޭނެއެއްނު." ފުވާދު ހީގަތެވެ.
"އަހަންނަށް އެހީވެދޭނަންދޯ؟" މާޔޫސީ ރާގަކަށް ސޯބިރާ އެއްސެވެ. ފުވާދު ބޯޖަހާލަމުން ވިސްނާލިއެވެ. ލޯބި ކާމިޔާބު ކުރާނެ ގޮތަކާ ދޭތެރޭގައެވެ.
"އަހަރެން ކުރާ މަސައްކަތަށް އެންމެ ރަނގަޅަށް ފައިސާވެސް ބޭނުންވާނެ. މިބުނީ އަހަންނަކަށް ނޫން. މަސައްކަތް ކޮށްދޭ މީހާއަށް." ފުވާދު އޮޅުންފިލުވައިދިނެވެ. ސޯބިރާ ލޯބި ޙާޞިލް ކުރެވެންޏާ ކިތަންމެ ބޮޑު ހޭދައެއްވެސް ކޮށްފާނަމޭ ބުނެފައި އޭނަގެ ސެކްޝަނާ ދިމާއަށް ހިނގައިގަތެވެ. ފުވާދުގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.
ކުރީރޭ ފެނުނު ނާމާން ހުވަފެނަށްފަހު މިހާރަކަށްއައިސް ސާރާ ހުންނަނީ ހިތް ބިރުގެންފައެވެ. އޭނަގެ ހިތުގައި ދަރިފުޅާ ދޭތެރޭ ޝައްކު އުފެދެނީއެވެ. ހުވަފެނުގައި ފެނުނުފަދަ ކުއްޖަކަށް ދަރިފުޅު ވެދާނެތީއެވެ. އެހެންވުމާއެކު އަމީނު އެއްފަރާތަކަށް ޖެހިލާއިރަށް އޭނާ ބޭނުންވަނީ ދަރިފުޅުގެ ޙަޤީޤީ ސިފަ ދެކިލާށެވެ. މިއަދުވެސް އޭނާ އިންތިޒާރު އެކުރަނީ އަމީނު މަސް ގަންނަން ނަމަވެސް ބޭރަށް ނުކުންނާނެ ވަގުތަކަށެވެ.
"މިއަދު ކޮންމެހެންވެސް މަސް ބޭނުންވާނެ. މާދަމާއަކީ ހުކުރު ދުވަސް." ސާރާ އަމީނަށް ހަނދާންކޮށްދިނެވެ.
"މިއުޅެނީ ދާން......މަސްގަންނާކަށް މާގިނައިރެއް ނުނަގާނެއެއްނު." އަމީނު ޓީޝާޓް ބޮލުން ވައްޓާލަމުން ބުންޏެވެ. ސާރާގެ ތުންފަތުގައި އުފާވެރި ހިނިތުންވުމެއް އެހިނދު ކުޅެލިއެވެ. ޓީޝާޓްލައިގެން ވަރަށް އަވަހަށް އެބައަންނަމޭ ބުނެފައި ނުކުމެއްޖެއެވެ. ސާރާ ފުރުޞަތު ނަގާލާކަށް ބޭނުމެއް ނުވިއެވެ. އަމީނު ދިއުމާއެކު އޭނާގޮސް ދަރިފުޅު އޮތް އެނދާ ދިމާއަށް ހުއްޓިއްޖެއެވެ. އެވަގުތު އޭނާގެ ގާތު އޭނާގެ ހިތް ބުނާކަހަލައެވެ. ސާރާއެވެ. އަވަސްވެގަންނާށެވެ. ތިޔައީ މަދުން ނޫނީ ނުލިބޭނެ ފުރުޞަތެކެވެ މިފަދައިން ހިތަށް އެރުމާއެކު ސާރާ ކުޑަދަރިފުޅުގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑުގައި ހިފާ ހިއްލާލިއެވެ. އެއާއެކު އޭނާއަށް ހުވަފެނުގައިވީހެން ބާރަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. ފެނުނީ އޭނާގެ ހިތަށް ގެނެވިފައިވެސްވާފަދަ ސިފަތަކެއް ނޫނެވެ.
"ނޫން....ނޫން...." އޭނާ ދުއްވައިގަތީ ކޮޓަރިންވެސް ނުކުންނާށެވެ. އޭނާއަށް ދޮރުމައްޗަށް ނުކުމެވުއިރު ކުރިމަތިން އަމީނުގެ މަންމައާ ލައިގަތެވެ. ރަޒިއްޔާ ސާރާގެ ގައިގައި ހިފެހެއްޓިއެވެ.
"ކިހިނެއްވީ ދަރިފުޅާ....ބުނެބަލަ ވެގެންއުޅޭގޮތެއް." ރަޒިއްޔާވެސް ނިކަން ހާސްވެއްޖެއެވެ.
******************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 105 އިން 108 ށެވެ.

ކިޔުންތެރިންގެ ހިޔާލު