ނަމާދުކުރުމަށް މީހަކު ދަރިފުޅު ގޮވައިގެން މިސްކިތަށް ދަނީ: މިސްކިތަށް ދިއުމުގައި އެންމެ މޮޚު އިތުރީ މަޑުމައިތިރިކަމާއެކު ދިއުމެވެ.
ނަމާދުކުރުމަށް މީހަކު ދަރިފުޅު ގޮވައިގެން މިސްކިތަށް ދަނީ: މިސްކިތަށް ދިއުމުގައި އެންމެ މޮޚު އިތުރީ މަޑުމައިތިރިކަމާއެކު ދިއުމެވެ.
އެއްދުވަހަކު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ނަމާދުކުރައްވަން މިސްކިތަށް ވަޑައިގަތެވެ. އޭރު މީސްތަކުން ކީރިތި ރަސޫލާގެ އިންތިޒާރުގައި ތިއްބެވެ. ކީރިތި ރަސޫލާ މިސްކިތަށް ވަދެވަޑައިގަތުމާއެކު ޤަމަތް ދެވުނެވެ. އެކަލޭގެފާނު އިސްވެ ނަމާދު ކުރައްވަން ހުއްޓިވަޑައިގަތެވެ. އަދި މީސްތަކުންވެސް ތެދުވެ އެކަލޭގެފާނުގެ ފަހަތްޕުޅުގައި ހުއްޓިއްޖެއެވެ. އެއިރު ނަމާދަށް ނާދެވި ދުރުގައިތިބި ބައަކު ކީރިތި ރަސޫލާއާއެކު ހަށަންބަން ތަކްބީރު ނުލިބިދާނެތީ އަވަސް އަވަހަށް ދުވެފައި އައިސް ކީރިތި ރަސޫލާއާއެކު ބައިވެރިވިއެވެ. މީސްތަކުންގެ މިޢަމަލާހުރެ މިސްކިތުތެރޭގައި އަޑުގަދަވެގެން ދިޔައެވެ. ދެން ފަހެ މީސްތަކުނާއި އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ޖަވާބުގައި އެބައިމީހުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އެއަޑަކީ ތިމަންމެން ނަމާދުގައި އަވަހަށް ބައިވެރިވުމުގެ ގޮތުން ތަންކޮޅެއް ބާރަށް ހިނގައިގަތުމުން އުފެދުނު އަޑެކެވެ.

ލޮބުވެތި ރަސޫލާ މުޙައްމަދުއްޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެެއްވިއެވެ. ނަމާދަށް އައުމުގައި އެގޮތަށް އަވަސްވެގަނެ ނޫޅޭށެވެ. ޤަމަތްދޭ އަޑުއިވުމުން މަޑުމައިތިރިކަމާއެކު. ހިނގާލާފައި ނަމާދަށް އަންނާށެވެ. މިސްކިތަށް އައުމުގައި ހިމޭންކަމާއި މަޑުމޮޅިކަން އިޚްތިޔާރުކުރާށެވެ. އަވަސް އަރުވައި ނުގަންނާށެވެ. ނަމާދަށް އައިސް ތިމާއަށް ލިބުނު ތަނަކުން ބައިވެރިވެ ނަމާދާއިއެގެން ކުރިއަށް ދާށެވެ. އަދި ޖަމާޢަތް ނިމުމުން ތެދުވެ އެމީހެއްގެ ނަމާދުން ބާކީ ދެން އޮތްބައި ފުރިހަމަ ކުރާށެވެ. (ބުޚާރީ- މުސްލިމު)

* އިރުޝާދު:

1. އަދަބުވެރި މުސްލިމަކު ނަމާދަށް މިސްކިތަށްދާނީ ގެއިން ވުޟޫކޮށްލައިގެން މަޑުމައިތިރި ކަމާއެކު އިސްދަށަށް ޖަހައިގެންނެވެ. އަވަސްވެގަނެ ދުވެ ނަހަދާނެއެވެ. ނަމާދާއި ބައިވެރިވުމަށްފަހު އެލިބުނު ހިސާބަކުން ނަމާދުގެ ރަކްޢަތް ފުރިހަމަ ކުރާނެއެވެ. އިމާމުމިހާ ސަލާމް ދިނުމުން ތެދުވެ އޭނާގެ ނަމާދުގެ ނުނިމިއޮތްބައި ފުރިހަމަކުރާނެއެވެ.

2. ތިމާ ނަމާދަށްޓަކާ ގެއިން ނިކުތީއްސުރެން ފަށައިގެން އެނިޔަތުގައި ދެމިހުރިހާ ހިނދަކު އޭނާ އެހުރީ ނަމާދުގައި ކަމުގައި ކީރިތި ރަސޫލާ މުޙައްމަދުއްޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދުވެފައިވާކަމަށް އިމާމު ބުޚާރީ ރިވާކުރައްވާފައި ވެއެވެ.

* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން