މުސްލިމުން ޚާލިޤުވަންތަ ﷲ މަތިން ހަނދުމަކުރަން ޖެހޭނީ ހަމައެކަނި ނަމާދުގައި ނުވަތަ ދީނީ ދަރުސެއްގައި އެކަންޏެއް ނޫނެވެ. އެއާ ޚިލާފަށް އެ މީހުންގެ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ﷲ ހަނދުމަކުރަން ޖެހޭނެ އެވެ. މުސްލިމުން ﷲ މަތިން ހަނދުމަކުރުން މަދުވަމުން އަންނަ ކަމަށް ބެލެވޭ އެއް މަޙައްލަކީ ޢާންމު ޖަލްސާތަކެވެ. ޖަލްސާއެއް ނުވަތަ ބައްދަލުވުމެއް ފަށާއިރު ޙަމްދު ޞަލަވާތުން ފަށަން ޖެހޭނީ ހަމަ އެކަނި ދީނީ ފާހެއް އޮންނަ މީހުން އެކަންޏެއް ނޫނެވެ. އެ ނޫން މުސްލިމުން ވެސް ބައްދަލުވުންތަކާއި ޖަސްލާތައް ފެށުމުގައި ﷲ ހަނދުމަކުރުމަކީ ހުތުރު ކަމެއް ނޫނެވެ. އެކަމަކު އެއީ ލޮބުވެތިވެގެންވާ ރިވެތި ކަމެވެ. ބައެއް ޖަލްސާތައް ﷲ ށް ޙަމްދު ކުރުމެއް، ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމެއް ނެތި ފަށަ އެވެ.
އަހަރެމެންގެ ދީން އަހަރެމެންނަށް ދަސްކޮށްދޭ ގޮތުގައި އެއްވުންތަކާއި، ބައްދަލުވުންތަކާއި، ޖަލްސާތަކު ގައި ﷲ ހަނދުމަކުރަންޖެހޭނެ އެވެ.
ﷲ ތަޢާލާ އަހަރެމެން އެންމެންގެ ޢަމަލުތައް ދެކެވޮޑިގެންވެ އެވެ. ދެނެވޮޑިގެން ވެ އެވެ. ފާޅުގައި ކުރާ ކަންތަކާއި ސިއްރުގައި ކުރާ ކަންތައް އެ ކަލާނގެ މޮޅަށް ދެނެވޮޑިގެން ވެ އެވެ.
ޤާފު ސޫރަތުގައި ﷲ ވަޙީ ކުރެއްވި އެވެ. ( ما يلفظ من قول إلا لديه رقيب عتيد ) ( ) މާނަ އަކީ: "(ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ". އެހެންކަމުން އަހަރެމެން މުސްލިމުން ކުރާ ކޮންމެ ކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި، ﷲ ރުއްސަވާ ގޮތުގައި އަދި ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތަށް ކުރެވޭތޯ ބަލަންވާނެ އެވެ. ސުންނަތުގައި ވާ ގޮތުން މުސްލިމުން ކޮށް އުޅޭ މަޖިލިސްތަކުގައި ﷲ ނަންނުގަނެވޭ ނަމަ އެއީ އުނިކަމެއް ކަމަށް އަންގަވަ އެވެ.
ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން އަބޫދާއޫދު ރިވާކުރެއްވި ޙަދީށެއްގައި ވަނީ، {مَنْ قَعَدَ مَقْعَدًا لَمْ يَذْكُرِ اللهَ فِيهِ كَانَتْ عَلَيهِ مِنَ اللهِ تِرَةٌ، وَمَنِ اضْطَجَعَ مَضْجِعًا لَمْ يَذْكُرِ اللهَ فِيهِ كَانَتْ عَلَيهِ مِنَ اللهِ تِرَةٌ} "މީހަކު ތަނެއްގައި އިށީނދެ ﷲ ހަނދުމަ ނުކޮށްފި ނަމަ އޭނާއަށް ﷲގެ ޙަޟްރަތުން އުނިކަމެއް އަންނަ ހުއްޓެވެ. އަދި މީހަކު ތަނެއްގައި އޮށޯވެ، ﷲ ހަނދުމަ ނުކޮށްފި ނަމަ އާނާއަށް ﷲގެ ޙަޟްރަތުން އުނިކަމެއް އަންނަ ހުއްޓެވެ.
ހަމަ އެ ފަދައިން އެހެން ޙަދީސެއް ގައި ﷲ ހަނދުމަކުރުމާއި ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމުގެ ވާހަކަ އައިސްފައި ވެ އެވެ. { مَا جَلَسَ قَوْمٌ مَجْلِسًا لَمْ يَذْكُرُوا اللهَ فِيهِ وَلَمْ يُصَلُّوا عَلَى نَبِيِّهِم إِلاَّ كَانَ عَلَيهِم تِرَةٌ فَإِنْ شَاءَ وَإِنْ شَاءَ غَفَرَ لَهُمْ} "ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. ބަޔަކުމީހުން ތަނެއްގައި މަޖިލިސްކޮށް ﷲ ހަނދުމަ ނުކޮށްފި ނަމަ އަދި ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް ނުކިޔަވައިފި ނަމަ އެ މީހުންގެ މައްޗަށް ﷲގެ ޙަޟްރަތުން އުނިކަމެއް އަންނަ ހުއްޓެވެ. ފަހަ ﷲ އެދިވޮޑިގެންފި ނަމަ އެ ކަލާނގެ އެ މީހުންނަށް ޢަޛާބި ދެއްވައިފާ ހުއްޓެވެ. އަދި އެ ކަލާނގެ އެދިވޮޑިގެންފި ނަމަ އެ ކަ؛ނގެ އެ މީހުންނަށް ފުއްސަވައިފާ ހުއްޓެވެ."
ހަމަ އެ ފަދައިން ﷲ ރުއްސުންލެއްވި ގެ އަރިހުން އައްތިރްމިޛީ ރިވާކުރެއްވި ޙަދީސެއްގައި ވެއެވެ. {لاَ تُكْثِرُوا الْكَلاَمَ بِغَيْرِ ذِكْرِ اللهِ فَإِنَّ كَثْرَةَ الْكَلاَمِ بِغَيْرِ ذِكْرِ اللهِ قَسْوَةٌ لِلْقَلْبِ، وَإِنَّ أَبْعَدَ النَّاسِ مِنَ اللهِ الْقَلْبُ الْقَاسِي} "ތިޔަބައިމީހުން ﷲ ހަނދުމަ ނުކުރާ ޙާލުގައި ގިނަ ވާހަކަތައް ނުދައްކާށެވެ. ފަހެ އެހެނީ ﷲ ހަނދުމަނުކުރާ ޙާލުގައި ގިނަ ވާހަކަ ދެއްކުމަކީ ހިތް ހަރުވާ ކަމެކެވެ. ފަހެ ހަމަ ކަށަވަރުންﷲ ތަޢާލާ އާ އެންމެ ދުރުގައިވާ ބަޔަކީ ހަރުހިތުގެ އަހުލުވެރިންނެވެ. ވީމާ ޖަލްސާތަކުގައި ﷲ ހަނދުމަ ނުކުރުމަކީ އަހުރެމެން މުސްލިމުން ބިރުވެތިވާންވީ ކަމެކެވެ. އަދި ﷲ ހަނދުމަ ކުރުމަކީ އެ ކަމަށް އަހުރެމެން ދަހިވެތިވާންވީ ކަމެކެވެ. އެހެނީ އެއީ ސަވާބާއި ދަރުމަ ހުރި ކަމެކެވެ. ﷲ ވަޙީކުރެއްވި އެވެ. ޝައްކެއް ނެތް ގޮތުގައި ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުންނެވެ.
1. سورة ق، آية: 18.
2. أخرجه أبو داود
3. أخرجه الترمذي
4. أخرجه الترمذي
ލިޔުއްވާފައިވަނީ: އަލްޣުސްތާޛު އަޙްމަދު ފަހުމީ ދީދީ

ކިޔުންތެރިންގެ ހިޔާލު