ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްގެން ކަމަށްބުނެ މަޖިލީހުގެ ނިންމުމަށް އެ ކޮމިޝަނުން ރައްދު ދީފިއެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ކޮމިޝަނުން ފޮނުވީ، ފަނޑިޔާރުން ތަކަކަށް ފްލެޓްތަކެއް ދިން މައްސަލައެއްގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުން، އެ ދެފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސީ ދައުލަތުން ބަލާ އާންމު އުސޫލުން ބޭރުންނެވެ. އެހެންވެ ފްލެޓްތަކާ އެ ފަނޑިޔާރުން ހަވާލުވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވަނީ ނިންމާފައެވެ.
އެ މައްސަލައިގައި ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތް ބަޔާންކޮށް އެ ކޮމެޓީއަށް ދެ ފަނޑިޔާރުންވަނީ ސިޓީއެއް ފޮނުއްވާފައެވެ. ސިޓީގައިވާ ކަންކަމާއިއެކު އެ މައްސަލާގައި ކޮމެޓީގެ މެންބަރުންނަށް އިޖުރާއީ މައްސަލަތަކެއް ފާހަގަވާތީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން މިދިޔަ މަހުގެ 26 ގައި ނިންމީ، މިކަމުގައި އިޖުރާއީ ބައެއް ސުވާލުތަކެއް އުފެދޭތީ އެ ކަންކަން ސާފުކުރުމަށް ކޮމިޝަނަށް ސިޓީއެއް ފޮނުވުމަށެވެ.
މި މައްސަލާގައި މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ އިޖުރާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށްކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ކޮމިޝަނުއަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ކޮމިޓީން ފާސްކުރީ ދެ ފަނޑިޔާރުންގެ ފަރާތުން ކޮމިޓީއަށް ފޮނުއްވި ސިޓީއަށްވެސް ރިޔާއަތްކުރުމަށް ފަހުއެވެ.
ކޮމެޓީގެ ނިންމުން ނޫސްތަކުގައި ދައުރުވާން ފެށުމުން ކޮމިޝަނުން މިރޭވަނީ ކޮމެޓީގެ ނިންމުމަށް ރައްދުދީފައެވެ.
ކޮމިޝަނުން ބުނީ، ޖުޑިޝަރީ ކޮމިޓީން ފާހަގަ ކޮށްފައިވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ އެއް ކަމަކީ މައްސަލައިގެ ސީޣާއާ ނުގުޅޭ ކަންތައްތަކަކަށް ރިއާޔަތް ކޮށްފައިވާ ކަމަށް ބުނެފައިވާ މައްސަލަކަމަށެވެ. އެކަމާއިގުޅިގެން ކޮމިޝަނުން ބުނީ، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދާއިމެދު އެ ކޮމިޝަނުން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ މައްސަލަ ރައްދުވާ ފަނޑިޔާރުން ގާނޫނުއަސާސީއާ ގާނޫނާ ހިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ ކަމަށް ކަމަށެވެ.
މައްސަލައިގެ މައިގަނޑު ނިންމުމަކީ ވިހިހާސް ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިންގ މިނިސްޓްރީ މެދުވެރިވެގެން މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާކަން ކަމަށާއި މައްސަލައިގެ ސީޣާއިން ނުވަތަ މައުޟޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކުރެވި ގޮތް ނިންމާފައި ނުވާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ކޮމިޝަނުންބުނީ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަމަށްބުނެ ކޮމެޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވީނަމަވެސް، މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައަޅައި ތައްޔާރުކުރާ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަކީ ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ ފަދައިން، ސީދާ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ރިޕޯޓެއް ކަމަށެވެ. އަދި ގާނޫނުގައި ބަޔާންކުރަނީ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ލިޔުމުން އަދި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ކަމަށާއި ދެ ފަނޑިޔާރުންނަށް މައްސަލައިގެ ތަހުގީގު ރިޕޯޓް ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައިވާނޭ ކަމަށެވެ.
ކޮމިޝަނުން ބުނީ، އެ ފުރުސަތުގެ ބޭނުން ފަނޑިޔާރުން ހިފައި ޖަވާބުދާރީވެސް ވެފައި ވާކަމަށެވެ. އަދި މައްސަލައާ މެދެ ގޮތެއް ނިންމުމުގެ ކުރިން ބާއްވަން ޖެހޭ ފަހުގެ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އެ ދެ ފަނޑިޔާރުންނަށް ދެވިފައިވާކަމަށް ކޮމިޝަނުން ބުނެއެވެ.
ކޮމިޝަނުން ބުނީ، ކޮމިޝަންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބަދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް ބަޔާން ކޮށްފައި ނުވާކަމަށެވެ. އަދި އެގޮތަށް ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، އެގޮތަށް ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށް މީގެކުރިން ޖުޑިޝަރީ ކޮމިޓީން ނިންމާ ރައްޔިތުންގެ މަޖިލީހުން ވެސް ފާސްކޮށްފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެއެވެ.
"އަނެއް ކަމަކީ މައްސަލަ ތަހުގީގުކުރަން ދެ ކޮމިޓީއެއް ހަދައި ކޮމިޓީގެ ނިންމުން ބަދަލުވެފައިވާ ވާހަކަ. ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާމެދު މި ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ދެ ކޮމިޓީއެއް ހަދާފައި ނުވޭ. ނަމަވެސް މައްސަލަ ތަހުގީގުކުރި ކޮމިޓީގައި ހިމެނޭ މެމްބަރަކު ކޮމިޓީން ވަކިވުމުން އެ މެމްބަރުގެ ބަދަލުގައި ކޮމިޓީއަށް އެހެން މެމްބަރަކު އައްޔަނުކުރެވުނު. އެކޮމިޓީއަށް މިކޮމިޝަނުން އެއްވެސް ބަދަލެއް ގެނެސްފައެއްނުވާނެ." ކޮމިޝަންގެ ބަޔާނުގައި ވެއެވެ.
އެ ނުކުތާތަކާއިއެކު ކޮމިޝަނުން ބުނީ، ދެ ފަނޑިޔާރުންނާމެދު ކޮމިޝަނުން ތަހުގީގު ކުރި، ކުރީގެ ސަރުކާރުން ސީދާ އެންގި އެންގުމުގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ނިންމުމެއް ނެތި، ގާނޫނުއަސާސީއާ ހިލާފަށް ފްލެޓް ހޯދި މައްސަލަ ކުރިއަށް ގެންގޮސް ތަހްގީގުކޮށް ކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތްތައް ފުރިހަމަކޮށްފައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު