ކުޑަ ދެކުދިން އެއްޖިންސުން ގުޅުންހިންގި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

"ރަސް އޮންލައިނަށް" މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ނޯތު ސެންޓްރަލް ޕޮލިސް ރީޖަން (ކ. އަތޮޅު އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު) ގައި ހިމެނޭ ރަށެއްގައި 18 އަހަރުންދަށުގެ ދެ ކުއްޖަކު އެއްޖިންސުން ގުޅުންހިންގި މައްސަލައެއް މިމަހުގެ 3 ވަނަ ދުވަހު ފުލުހުންގެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ، އެ ދެކުދިން އެއްޖިންސުން ގުޅުން ހިންގި މަންޒަރު ދުށް ފަރާތަކުން ކަމަށް މަޢުލޫމާތުލިބެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް ނިސްބަތުން އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން