އިންޓަރނެޓް މެދުވެރިކޮށް، ކުޑަކުދިން ގްރޫމް ކުރުމަށް ހިންގާ އަމަލުތަކަށް ބެލެނިވެރިން ސަމާލުކަން ނުދީފިނަމަ، މައުސޫމް ކުދިންތަކެއް އެ ދަލުގައި ޖެހިދާނެ ކަމަށް ޖެންޑާ މިނިސްޓަރު، އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވަނީ، އެފަދަ ކަމަކަށް ޝައްކު ކުރެވޭ އަމަލެއް ހިނގާ ނަމަވެސް ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް އިލްތިމާސްކުރައްވާފައެވެ. މިނިސްޓަރ ވަނީ އެކަމަށް އަޅާނުލެވިއްޖެނަމަ، މައުސޫމް ކުދިންތަކެއް މި ދަލުގައި ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި، ކުޑަކުދިން ގްރޫމްކޮށްގެން ނުވަތަ ހައްލުވައިގެން ޖިންސީ ކަންކަމުގައި ޝާމިލް ކުރުމުގެ ސަގާފަތް ރާއްޖޭގައި ވެސް ހިނގަމުން އަންނަ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ބެލެނިވެރިންގެ ހައިސިއްޔަތުން، ކުދިންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ރާއްޖޭގައި ކުޑަކުދިން ގްރޫމް ކުރުމުގެ މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި ޖެންޑަރ މިނިސްޓަރ ފާހަގަ ކުރައްވާފައިވާއިރު، މި މަހުގެ 10 ވަނަ ދުވަހު 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މާލޭގެ ގެސްޓްހައުސް އަކަށް ގެންގޮސް ރޭޕް ކުރި މައްސަލައެއްގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެމީހާގެ ވަނަވަރު އާންމުކޮށް ފުލުހުން ރޭ ބުނެފައި ވަނީ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށެވެ. މިދިޔަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އަމަލުކުރަން ފެށި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ގްރޫމްކުރުން ކަމަށް ބުނެފައި ވަނީ، އެކުއްޖާއާމެދު ޖިންސީ ގޯނާގެ އަމަލެއް ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކުރުމަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމް ކޮށްފި މީހާގެ އަދަބަކީ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުއްޖާ ގްރޫމް ކުރުމުގެ ކުށް ކުރަނީ އެކުއްޖާ އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކުނަމަ، އެ ކުށުގެ އަދަބަކީ 15 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކު ގްރޫމްކުރާނަމަ، އެ ކުށުގެ އަދަބަކީ ފަސް އަހަރަށް ޖަލަށް ލުމެވެ.

Internet grooming is real and it is happening in the Maldives too. As parents and caregivers please keep your children safe. If you become aware of any suspicious activity please report to police. Innocent kids can get caught in the web.https://t.co/3f6omewyGz
— Aishah Didi (@aishamdidi) June 13, 2020
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމް ކޮށްފި މީހާގެ އަދަބަކީ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުއްޖާ ގްރޫމް ކުރުމުގެ ކުށް ކުރަނީ އެކުއްޖާ އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކުނަމަ، އެ ކުށުގެ އަދަބަކީ 15 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކު ގްރޫމްކުރާނަމަ، އެ ކުށުގެ އަދަބަކީ ފަސް އަހަރަށް ޖަލަށް ލުމެވެ.
ކިޔުންތެރިންގެ ހިޔާލު