* ބޭރަށްހިންގުމަކީ ކޮބާ؟
ދުވާލަކު 3 ފަހަރަށްވުރެ ގިނައިން ދިޔާކޮށް ބޮޑުކަމުދެވޭނަމަ ބޭރަށްހިންގަނީކަމަށް ބެލެވިދާނެއެވެ. ބައެއްފަހަރު ބޭރަށް ހިންގާއިރު ލޭގެ އަސަރު ހުރުން އެކަށީގެން ވެއެވެ.
* ބޭރަށްހިންގަނީ ކީއްވެ؟
އާންމުކޮށް ބޭރަށްހިންގުމަށް މެދުވެރިވަނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ފަދަ ޖަރާސީމެއްގެ ސަބަބުންވެސް ބޭރަށް ހިންގަފާނެއެވެ.
* ބޭރަށްހިންގާނަމަ ޢަމަލުކުރާނީ ކިހިނެއް؟
- ގިނައިން ދިޔާތަކެތި ބޯންދޭށެވެ. ބޭރަށްހިންގާ ކޮންމެ ފަހަރަކު 200 މިލިލީޓަރަށްވުރެ ގިނައިން ފެންބޯންވާނެއެވެ.
- ހޮޑުލެވޭނަމަ، ހޮޑުލެވޭ ވަގުތު ދިޔާތަކެތި ދިނުމުގެ ބަދަލުގައި އޭގެ 5 މިނިޓް ނުވަތަ 10 މިނިޓް ފަހުން ދިޔާތަކެތި ދިނުން ރަނގަޅުވާނެއެވެ.
- ދިޔާތަކެތީގެ ގޮތުގައި ފެން، އޯ. އާރް. އެސް ނުވަތަ ސޫޕްފަދަ އެއްޗެއް ބޭނުން ކުރާށެވެ.
- ހަކުރު ގިނައިން ހުންނަ ތައްޔާރި ޖޫސް، ކޯލާފަދަ ތަކެތި ބޭނުން ނުކުރުން ނުވަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ސަމާލުވާން ވާނެއެވެ. ބޭރަށްހިންގާއިރު ހަކުރު ހުންނަ މުފަދަ ބާވަތްތައް ބޭނުން ކުރުމުން ބޭރަށްހިންގުން އިތުރަށް ގޯސްވެދާނެއެވެ.
- ތުއްތު ކުއްޖެނަމަ އެންމެ މުހިއްމީ އަވަސް އަވަހަށް ގާތުން ދިނުން: ތުއްތު ކުއްޖާ އަށް އެންމެ ފައިދާ ހުރި ކާނާއަކީ މައިމީހާގެ ކިރެވެ.
- ކެއުން މެދުކަނޑާނުލުން: ކާއެއްޗެހި ކެވޭނަމަ، މަދު އެތިކޮޅުން ލުއިކާނާ ކާންދޭށެވެ. އެހެންނަމަވެސް ތެޔޮ އަދި ހަވާދުލީ ކުޅި އެއްވެސް ބާވަތެއް ނުދޭށެވެ.
- އެންޓިބައޮޓިކް އަމިއްލަ އަށް ބޭނުން ނުކުރުން: ބޭރަށްހިންގަނީ ވައިރަހެއްގެ ސަބަބުންނެވެ. އެންޓިބައޮޓިކަކުން އެފަދަ ވައިރަސްތަކަށް މާބޮޑު އަސަރެއް ނުކުރެއެވެ. ބޭރަށްހިންގުމުން ޑޮކްޓަރަކަށް ދެއްކުމުގެ ބަދަލުގައި އަމިއްލައަށް އެންޓިބައޮޓިކް ބޭނުން ކުރުމުން ބޭރަށްހިންގުން އިތުރަށް ގޯސްވެއެވެ.
- ޑޮކްޓަރަށް ދެއްކުން:
ބޭރަށްހިންގާއިރު، ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް އަލާމާތެއް ފާހަނގަކުރެވިއްޖެ ނަމަ ލަސްނުކުރަށްވާ ޑޮކްޓަރަށް ދައްކަންވާނެއެވެ.
- އާދަޔާޚިލާފަށް ކަރުހިއްކުން
- ބޮލަށް އެނބުރުން އެރުން
- މާބޮޑަށް ވަރުދެރަވާގޮތްވުން
- ލޮލުގައި ރިއްސުން
- ކުޑަކަމުދެވޭ މިންވަރު މަދުވުން
- ހެޔަށް ގޮތްވާގޮތްވުން
- ހޮޑުލެވި ބޮޑުކަމުދެވޭއިރު ލޭގެ އަސަރު ހުރުން - މާގިނައިން ހޮޑުލެވުން، އަދި ދިޔާއެއްޗެހި ބޭނުން ނުކުރެވުން.
- އާދަޔާޚިލާފަށް ބަނޑުގައި ރިއްސުން
- ދިގުމުއްދަތަކަށް ބޭސްކުރުން ނުވަތަ މާބަނޑުމީހެއްނަމަ ލަސްނުކޮށް ޑޮކްޓަރަށްދެއްކުން
* ބޭރަށްހިންގަނީ ނަމަ ސަލާލުކަންދޭންވީ ކަންތައްތައް:
- އެހެންމީހުންނަށް ބަލިފެތުރަ ނުދިނުމަށްޓަކައި، އެހެންމީހުންނަށް ކެއްކުންފަދަ ކަންކަން އެމީހާ ރަނގަޅުވަންދެން މެދުކަނޑާލުން އަދި ބޭނުންކޮށްފައިވާ ނެޕީ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން
- ބްލީޗްފަދަ އެއްޗެހި ބޭނުންކޮށްގެން ފާޚާނާ ރަނގަޅަށް ސާފުކޮށް ބެހެއްޓުން. ހާއްސަކޮށް ފްލޭޝްކުރާ ހޭންޑަލް، އިސްކުރު، ތަޅު ފަދަ ހިފާގެންގުޅޭ ތަކެއްޗާއި ތަންތަން ސާފުކުރުން
- އަވަސް އަވަހަށް ސައިބޯނިލައިގެން އަތްދޮވުން. ވަކިން ހާއްސަކޮށް ސަމާލުކަންދޭންވީ ކަންތައްތަކަކީ:
1. ފާޚާނާ ބޭނުންކުރުމަށްފަހު
2. ކާނާ ތައްޔާރު ކުރުމުގެ ކުރިން
3. ކުޑަކުދީންނަށް ކާންދިނުމުގެ ކުރިން
4. ނެޕީ ބަދަލު ކުރުމަށްފަހު
5. ނަޖިސްވެފައިވާ ހެދުން ނުވަތަ ތަކެތި ދޮވުމަށްފަހު
********
* މިލިޔުމަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އާއްމުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ނެރެނު ލީފްލެޓެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު