ޓެކްނީޝަނެއް ޕީސީއާރު ޓެސްޓެއް ހެދުމުގެ ތެރެއިން
ޓެކްނީޝަނެއް ޕީސީއާރު ޓެސްޓެއް ހެދުމުގެ ތެރެއިން
އިންޑިއާގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާއިރު، ގިނަ އަދަދެއްގެ މީހުން ޓެސްޓް ކުރުން ވެފައިވަނީ ހަރަދު ބޮޑު ކަމަކަށެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އިންޑިއާގެ ރިސާޗް ސެންޓަރެއް ކަމަށްވާ އައި.އައި.ޓީ ދިއްލީ އިން އުފެއްދި"ކޮރޮޝުއަރ" ގެ ނަން ދީފައިވާ ޓެސްޓް ކިޓް ބޭނުން ކުރުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ދީފައެވެ.

ރިޕަބްލިކް މީޑިއާ ނެޓްވޯކާ ވާހަކަދައްކަމުން އައި.އައި.ޓީ ދިއްލީ އިން ތައްޔާރު ކުރި ކިޓް އުފެއްދުމަށް ހަވާލުކޮށްފައިވާ ނިއު ޓެކް ޑިވައިސް ގެ ޖައިތިން ގޯޔަލް ބުނެފައިވަނީ، މި ޓެސްޓިން ކިޓަކީ ރިއަލް ޓައިމް ޕީ.ސީ.އާރު ޓެސްޓްތައް ސައްތަ އިންސައްތަ އެކިއުރެސީ އާއި އެއްކޮށް ހަދަން ބޭނުންކުރެވޭނެ ކިޓެއް ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ 400 ރުޕީސް ( 81.44 ދިވެހި ރުފިޔާ) އަށް ވިއްކާ މި ކިޓްގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކާއި ފަގީރު ހިސާބުތަކުގައި ޓެސްޓް ކުރެވޭ މިންވަރު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮވިޑް-19 މީހަކަށް ޖެހިފައި ވޭތޯ ބަލަން ގިނަ ގައުމުތަކުގައި މިހާރު ބޭނުންކުރަނީ ޕީސީއާރު ޓެސްޓެވެ. ޕީސީއާރު ޓެސްޓުން އޭ ސިމްޕްޓޮމެޓިކް ނުވަތަ ހައިރިސްކް މީހުން ބޮޑަށް ދެނެގަނެވެ އެވެ. އެކަމަކު އެންޓިބޮޑީ ޓެސްޓުގައި، އެންޓިބޮޑީ ދައްކަނީ އިންފެކްޝަން ޖެހޭތާ ގާތްގަނޑަކަށް 7-10 ތެރޭގައި ކަމުން އެ ޓެސްޓުގެ މިހާރު ބޭނުންކުރަމުން ދަނީ އެކިއެކި ދިރާސާތައް ހެދުމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން