ތައުބާ ނުވެއްޖެ ނަމަ ނުފުއްސަވާނެ ފާފަ އަކީ ﷲ އާ ޝަރީކު ކުރުމެވެ. އެއީ ﷲ ވޮޑިގެން ވާކަން ޤަބޫލުކުރާ ޙާލު، ﷲ ނޫން ފަރާތަކަށް އަޅުކަން ކުރުމެވެ. ނުވަތަ ﷲ އާ އެހެން އެއްޗެއް އެއްވަރު ކުރު މެވެ. ނުވަތަ އެ ކަލާނގެ ކުރައްވާ ކަންކަމާއި އެ ކަލާނގެ ސިފަފުޅުތަކުގައި އެހެން އެއްޗެއް ބައިވެރި ކުރުމެވެ. ﷲ ތަޢާލާ އަހަރެމެން މުސްލިމުން މި ނުބައި ފާފައިން ސަލާމަތް ކުރައްވާށި އެވެ!
މިއީ ﷲ ގެ އަޅަކަށް ކުރެވޭނެ އެންމެ ނުބައި އަދި އެންމެ ބޮޑު ފާފަ އެވެ. އެހެންކަމުން ﷲ ފޮނުއްވި ހުރިހާ ރަސޫލުންނާއި ނަބީން މެދުވެރި ކުރައްވައި މި ކަމުގެ ނުބައިކަން ވަނީ މީސްތަކުންނަށް އަންގަވާފަ އެވެ. މި ފާފައިގެ ނަތީޖާ އަކީ، ކުރި ހުރިހާ ހެޔޮ ޢަމަލެއް ބާޠިލުވެ، ނަރަކައިގައި ދާއިމީ ގޮތެއްގައި ދެމި ހުރުމެވެ.
ﷲ އާ ޝަރީކު ކުރުން މައިގަނޑު ދެ ބަޔަކަށް ބެހެ އެވެ. އެއީ އޭގެ އެންމެ ބޮޑު މިންވަރާއި ކުޑަ މިންވަރެވެ. ބޮޑު މިންވަރަށް ޢަރަބިބަހުން ކިޔަނީ أَلشِّرْكُ اْلأَكْبَرُ އެވެ. އަދި ކުޑަ މިންވަރަށް ކިޔަނީ أَلشِّرْكُ اْلأَصْغَرُ އެވެ. މީގެތެރެއިން أَلشِّرْكُ اْلأَكْبَرُ އަކީ، މަރުވެފައިވާ މީހެއްގެ ކިބައިން ކަމަކަށް އެދި ދެންނެވުން ފަދަ ކަންކަމެވެ. މަޤާމްފުޅުތަކަށާއި ޒިޔާރަތްތަކަށް ނަދުރު ބުނުން ހިމެނޭނީ މީގެ ތެރޭގަ އެވެ. އަދި أَلشِّرْكُ اْلأَصْغَرُ އަކީ ދެއްކުންތެރިކަމުގެ ގޮތުން ކުރާ ހެޔޮ ޢަމަލުތައް ފަދަ ކަންކަމެވެ.
ކީރިތި ޤުރްއާނުގެ ގިނަގުނަ އާޔަތްތަކެއްގައި ޝިރްކުގެ ނުބައިކަމުގެ ވާހަކަ ބާވާލައްވާފައި ވެއެވެ. النساء ސޫރަތުގެ 48 ވަނަ އާޔަތުގައި ﷲ ވަޙީ ކުރެއްވި އެވެ. (إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ) މި އާޔަތުގެ ތަރުޖަމާގެ މާނަ އަކީ: "ހަމަ ކަށަވަރުން ﷲ އެ ކަލާނގެއާ ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާ ނެތެވެ. އަދި އެ ކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެނޫން ކުށްތަކުގެ ފާފަ ފުއްސަވަތެވެ. "
المائدة ސޫރަތުގެ 72ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. (إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ) "ﷲ އާ ޝަރީކު ކޮށްފި މީހަކަށް ހަމަ ކަށަވަރުން ﷲ ސުވަރުގެ ޙަރާމްކުރެއްވި އެވެ. އަދި އޭނާ އުޅެން އޮންނާނެ ތަނަކީ ނަރަކަ އެވެ. އަދި އަނިޔާވެރިންނަށް ނަޞްރު ދޭނޭ ފަރާތެއް ނުވެ އެވެ" މި އާޔަތާއި މި ފަދަ ބައެއް އެހެން އާޔަތްތަކުގައި އެ ވަނީ ޢާންމުކޮށް ޝަރީކު ކުރާ އެންމެންނަށް ވެސް ހުރި ސަޒާ އެވެ. މީގެ އިތުރުން ﷲ ގެ ރަސޫލުންނާއި ނަބިއްޔުންނަށް ޚާއްޞަކޮށް އަންގަވާފައި ވަނީ ވެސް ހަމަ މި ފަދައިންނެވެ. އާދެ! އެއިން ބޭކަލަކު ވިޔަސް ﷲ އާ ޝަރީކު ކުރައްވައިފި ނަމަ ހުރިހާ ހެޔޮ ޢަމަލެއް ބޭކާރުވާނެ އެވެ. އަދި ގެއްލުން ލިބިގެންވާ މީހުންގެ ތެރެއިން ވެދާހުއްޓެވެ. ﷲ ގެ ރަސޫލާ އިބްރާހީމްގެފާނުގެ ދުޢާފުޅުތަކުގެ ތެރޭގައި އަންނަނިވި ދުޢާ ހިމެނެ އެވެ: "އޭ މިއަޅާގެ އިލާހެވެ! މި އަޅާ އާއި މި އަޅާގެ ދަރީން ބުދަށް އަޅުކަން ކުރުމުން ދުރުހެލި ކުރައްވައިފާނދޭވެ!" ހަމަ އެ ފަދައިން ލުޤްމާނުގެފާނު އެ ކަލޭގެފާނުގެ ދަރީންނަށް ކުރެއްވި ވަޞިއްޔަތުގައި ވެސް ޝިރްކުގެ ނުބައިކަން ހާމަ ކުރައްވައި އެއީ ބޮޑުވެގެންވާ އަނިޔާއެއް ކަމުގައި ވިދާޅުވެފައި ވެ އެވެ. އެ ކަލޭގެފާނު ދަރީންނަށް ވިދާޅުވި އެވެ. "އޭ ދަރީންނޭވެ! ތިޔަ ކުދިން ﷲ އާ ޝަރީކު ނުކުރާށެވެ. ހަމަ ކަށަވަރުން ﷲ އާ ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާ އެކެވެ"
ކީރިތި ރަސޫލާ، މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަށް ނަޒަރު ހިންގާލާ އިރު ވެސް ޝިރްކަކީ އެންމެ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި އަންގަވައި، އެއާ ދުރުހެލިވުމަށް އިރުޝާދު ދެއްވާފައި ވެއެވެ. أَلْكَبَائِرُ ނުވަތަ ބޮޑު ފާފައިގެ ވާހަކަ އައިސްފައިވާ ގިނަ ޙަދީޘްތައް ފެށިފައި ހުރީ ޝިރްކުގެ ވާހަކައިންނެވެ. މިސާލަކަށް:[إِجْتَنِبُوا السَّبْعَ الْمُوبِقَاتِ.. أَلشِّرْكُ بِاللهِ وَالسِّحْرُ..] މި ޙަދީޘްގައި ބޮޑު ހަތް ފާފަޔާ ދުރުހެލިވުމަށް އަންގަވައި، ޝަރީކު ކުރުމާއި، ސިޙުރު ހެދުމާ ދުރުވުމަށް އަންގަވާފައި ވެ އެވެ. ހަމަ އެ ފަދައިން އެއް ފަހަރަކު އެންމެ ބޮޑު ފާފަ އަކީ ކޮބައިތޯ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިހުން ސުވާލު ދެންނެވުނު ހިނދު ޙަދީޘް ކުރެއްވީ އެއީ: ﷲ އާ އެހެން ފަރާތެއް ބައިވެރި ކުރުމެވެ. ހަމަ އެފަދައިން ﷲ ޔަހޫދީންނަށް ލަޢްނަތް ލެއްވި ކަމަށް އައިސްފައިވާ ޙަދީޘެއްގައި އެ ކަމުގެ ސަބަބެއް ކަމުގައި އަންގަވާފައި ވަނީ، "އެއީ އެ މީހުން އެ މީހުންގެ ނަބީންގެ ޤަބުރުތައް އަޅުކަން ކުރާ ތަންތަން ކަމުގައި ހެދީތީ އެވެ." މިފަދައިންނެވެ.
ހަމަ އެ ފަދައިން ކީރިތި ރަސޫލާ ގެ ޤަބުރު މީސްތަކުން އެއަށް އަޅުކަން ކުރާ ވަޘަނެއް ކަމުގައި ނުލެއްވުމަށް އެދިވަޑައިގެން: {اَللَّهُمَّ لاَ تَجْعَلْ قَبْرِي وَثَناً يُعْبَدُ} "އޭ ﷲ! މީސްތަކުން އަޅުކަން ކުރާ ވަޘަނެއް ކަމުގައި ތިމަން ކަލޭގެފާނުގެ ޤަބުރު ނުލައްވާށި އެވެ" މި ފަދައިން އެ ކަލޭގެފާނު ދުޢާ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު