ކުރީގެ އަދަދާގުޅޭ
މުސްލިމުންނަށް އެބައިމީހުންގެ ޤާއިދު ހުންނެވި ފިޔަވަޅުފުޅުމަތީގައި ސާބިތުވެވަޑައިގެން ހުންނެވިތަން ފެނުމާއި، އަރައަރައިގެން އަންނަ ދުޝްމިނުންނަށް އެކަލޭގެފާނަށް ކުޑަވެސް ގެއްލުމެއް ނުދެވުނުކަން އެނގުމުން މާތް ﷲ ގެ ނަޞްރުވަނީ އެކަލޭގެފާނާ އެކުގައިކަން ޔަޤީންވެއްޖެއެވެ. މުސްލިމުން އައުހިތްވަރަކާއި އައުޖޯޝަކާއެކު ހަނގުރާމައިގެ މައިދާނަށް އެނބުރި އަންނާން ފެށިއެވެ. އެމީހެއްގެ ޖަމަލު ފަހަތަށް އެނބުރުން ލަސްވެއްޖެ މީހަކު ނަމަ ޖަމަލުމަތީން ފުންމައިލައިގެން ދުވެފައި ރަސޫލާގެ އަރިހަށް އެއްވާން ފެށިއެވެ. އެހާތަނުން ހަނގުރާމައިގެ މައިދާނުގެ ވައި ބަދަލުވެއްޖެއެވެ. ދެން ފެންނާންފެށީ މުޅީން އެހެން މަންޒަރެކެވެ. ދުޝްމިނުންގެ ސަފުތައް ރޫޅި ހާވިޔާވެއްޖެއެވެ. މުސްލިމުންނަށް ނަޞްރު ލިބި ޣަނީމާތަކުން މުއްސަނދިވެއްޖެއެވެ. މުސްލިމުންނަށް ލިބުނު ޣަނީމާގެ ތެރޭގައި ސައުވީސްހާސް ޖަމަލާއި، ސާޅީސްހާސް ބަކަރިޔާއި، ހަތަރުހާސް އޫޤިއްޔަތުގެ ރިހި ހިމެނެއެވެ. އެތަކެތީގެ އިތުރަށް ދުޝްމިނުންގެ ހަހާސްމީހުން އަސީރުންގެ ގޮތުގައި ހައްޔަރުކުރެވުނެވެ.
މިދެންނެވި ފަތަަޙަ ލިބުމާއެކުވެސް މައްސަލަ ކުރިޔަށްވުރެވެސް އުނދަގޫ ސިފައެއްގައި ދެވަނަފަހަރަށް ކުރިމަތިވެގެން އަތުވެއްޖެއެވެ. ޘަޤީފްވަންހަޔަކީ ޤުރައިޝުވަންހަ ފިޔަވައި ޢަރަބީންގެ ތެރޭގައި އޮތް އެންމެ ބާރުގަދަ ޤަބީލާއެވެ. އެބައިމީހުންނަކީ ޢަރަބިކަރައިގައި ވަށައިފުރާލެވިފައި އޮތް ހަމައެކަނި ރަށުގެ އަހްލުވެރީންނެވެ. އެބައިމީހުން އެބައިމީހުންގެ ރަށް ޠާއިފަށް ވަދެ ދޮރާށިތައް ބަންދުކޮށްފިއެވެ. މުސްލިމުން އެރަށުގެ ރަށްބޭރަށްގޮސް ރަށް ޙިޞާރު ކޮށްފިއެވެ. މުސްލިމުން ތިންހަފްތާވަންދެން އެރަށް ޙިޞާރުކޮށްގެން ތިބިއިރު ޙުނައިނު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ގެއްލުމަށްވުރެ ބޮޑު ޖާނީ ގެެއްލުން ލިބުނެވެ.
ޘަޤީފް ވަންހައިގެ މީހުންގެ ހަރުކަށިކަން ހުރިމިންވަރު ހާމަވާ އެއް ޙާދިޘާއަކީ عروة بن مسعود الثقفي رضي الله عنه ޝަހީދުކުރި ކުރުމެވެ. އިތުރު ސާހިބާ ޠާއިފް ޙިޞާރު ކުރައްވައިގެން ހުންނަވައިފައި ލަޝްކަރު ނަންގަވައިގެން ދަތުރުފުޅު ފެއްޓެވުމުން ޘަޤީފް ވަންހައިގެ ބޮޑުންކުރެ عروة بن مسعود الثقفي އެކަލޭގެފާނުގެ ފަހަތްޕުޅުން ވަޑައިގެން އިސްލާމްވެވަޑައިގެންފިއެވެ. އެކަލޭގެފާނަކީ "ބިކުރުވެރި އަންހެންކުއްޖަކަށްވުރެވެސް ބޮޑަށް" ޘަޤީފް ވަންހައިގެ މީހުން ލޯބިވާ ބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނު ވަޑައިގެން އިސްލާމްދީން ފާޅުކުރެއްވުމުން ޘަޤީފް ވަންހައިގެ މީހުން ރުޅިއައިސްގެން އެކަލޭގެފާނު ޝަހީދުކޮށްފިއެވެ.
ނަމަވެސް މިތާނގައިވެސް އިތުރު ސާހިބާގެ ޝަޚްޞިއްޔަތުގެ ބާރު މުޅީން ތަފާތު ސިފައެއްގައި ފާޅުވިއެވެ. އާދެ، މުސްލިމުން ޠާއިފް ޙިޞާރުކޮށްގެން ތިބިއިރު ޙިޞާރު އެންމެ ވަރުގަދަ ވެގެންދިޔަ ދުވަސްވަރު عمر رضي الله عنه އިތުރު ސާހިބާގެ އަރިހުގައި ވިދާޅުވިއެވެ. "ޠާއިފްގެ މީހުން ހަލާކުކުރައްވާތޯ ކަލޭގެފާނު ދުޢާފުޅު ކުރައްވާށެވެ." ނަމަވެސް އިތުރު ސާހިބާ ހަމަ އެވަގުތުމެ ޘަޤީފް ވަންހައިގެ މީހުންނަށް ތެދުމަގު ދެއްކެވުން އެދިވަޑައިގެން ދުޢާފުޅު ކުރެއްވިއެވެ. އާދެ، ކޯފާއާއި ބަދަލުހިއްޕެވުމުގެ ޖަޒުބާތުގެ ދަށަކުން އެކަލޭގެފާނު އެއްވެސް ފިޔަވަޅުފުޅެއް ނާޅުއްވައެވެ. ތިން ހަފްތާވަންދެން އެރަށުގެ ޙިޞާރުގައި ހުންނަވައިފައި އިސްލާމީ ލަޝްކަރަށް އެނބުރިދިއުމަށް އަމުރު ކުރެއްވިއެވެ.
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ދެން ވަޑައިގެންނެވީ ޖުޣުރާނާއަށެވެ. އެއީ ޙުނައިނު ހަނގުރާމައިގެ ޣަނީމާތައް ޖަމާކުރައްވައިފައި ހުރިތަނެވެ. އޭރު އެކަލޭގެފާނަށްވަނީ ޘަޤީފްވަންހައިގެ މީހުންގެ ނުކިޔަމަންތެރިކަމުގެ ބަދަލު އެބައިމީހުންގެ އެކުވެރި ހަވާޒިން ވަންހައިގެ މީހުންގެ ކިބައިން ހިއްޕެވުމުގެ ފުރުޞަތު ލިބިވަޑައިގެންފައެވެ. ނަމަވެސް ހަވާޒިން ވަންހައިގެ ބަޔަކު ހަމަ ދަންނަވާއިރަށް އެކަލޭގެފާނު ހަވާޒިން ވަންހައިގެ ހުރިހާ އަސީރުން (ހަހާސް މީހުން) މިނިވަން ކުރައްވައި ދޫކޮށްލެއްވިއެވެ. އެބައިމީހުންގެ ގެދޮރަށް އެބައިމީހުން ފޮނުއްވީ ދަތުރުމަތީގެ ކޮއްތާއި ފޭރާންވެސް ދެއްވައިފައެވެ. ދީލަތިފުޅުކަމާއި، ހިތްޕުޅު ހެޔޮކަމުގެ މިއާދަޔާޚިލާފު ފިޔަވަޅުފުޅަކީ ނަތީޖާއެއްނެތް ކަމެއްކަމަށެއް ނުވިއެވެ. ހަވާޒިން ވަންހައިގެ އެންމެން އިސްލާމް ވެއްޖެއެވެ.
މިޙާދިޘާގެ އަސަރު ޠާއިފަށްވެސް ވަރަށް ބޮޑަށް ފޯރިއެވެ. ހަވާޒިން ވަންހައާއި ޘަޤީފް ވަންހަޔަކީ ބޮޑު އެއްޤަބީލާއެއްގެ ދެ ގޮތްޕެވެ. އެހެންކަމުން ހަވާޒިން ވަންހައިގެ މީހުން އިސްލާމްވި ޚަބަރު ޘަޤީފް ވަންހައިގެ މީހުންނަށް ލިބުމުން އެކަން ވެގެންދިޔައީ މުސްލިމުން އެމީހުންގެ ރަށް ޙިޞާރު ކުރިކުރުމަށްވުރެވެސް ހިތިކަމެއް ކަމުގައެވެ. އެބައިމީހުންނަށް ހީވީ އެބައިމީހުންގެ ކަނާތް ބިންދައިގެން ދިޔަހެންނެވެ. އެބައިމީހުންނަށް ޔަޤީންވީ މުސްލިމުންނާ ހަނގުރާމަކޮށްގެން ދެނެއް ކާމިޔާބެއް ނުވާނެކަމެވެ.
"ދެން ޘަޤީފް ވަންހައިގެ މީހުން އެކަކު އަނެކަކާ މަޝްވަރާކުރިއެވެ. އެބައިމީހުންނަށް އެނގުނީ ވަށައިގެން ތިބިހާ ޢަރަބީންނާ ހަނގުރާމަ ކުރުމުގެ އުރައްޕެއް އެބައިމީހުންގެ ކިބައިގައި ނެތްކަމެވެ. ދެން އެބައިމީހުން ބައިޢަތު ހިފައި އިސްލާމް ވެއްޖެއެވެ.
(ތަހްޒީބް ސީރަތު އިބްނު ހިޝާމް ޖިލްދު: 2، ޞަފްޙާ:107)
********
މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު