މަރިޔަމް ލަމްޙާ ރަޝީދު   27 އޯގަސްޓު 2023 - 14:19
އެކި މޭވާގައި އެކި ފައިދާ އެކުލެވިގެންވެއެވެ. އަދި މިއާއެކު އެކިކަހަލަ 'ސައިޑް އިފެކްޓްސް' ނުވަތަ ގެއްލުންވެސް ހަމަ އެމޭވާއެއްގައި އެކުލެވިގެންވުމަކީ އެކަށީގެންވާކަމެކެވެ. ބައެއްފަހަރު އާއްމުންގެ ތެރޭގައި ކާތަކެއްޗާއިމެދު އެއްވެސް ތާކުންތާކުނުޖެހޭ ޤަބޫލުކުރުންތައްވެސް ޤަބޫލުކުރެއެވެ.

ނަމަވެސް ބައެއްފަހަރު ރަނގަޅަށްވެސް މީހުން ޤަބޫލުކުރާ ކުރުމާއި އަސްލު އެމޭވާގެ ނިއުޓްރިޝަން ވެލިއު ނުވަތަ ލިބިދޭ ފައިދާއާއި ގެއްލުން ދިމާވެއެވެ. ދޮންކޭލަކީވެސް ބައެއް މީހުން މިގޮތަށް ޝައްކު އުފައްދާ ބާވަތެކެވެ. ބައެއް މީހުން ބުނެ އުޅެނީ ދޮންކެޔު ކެއުމުން މީހާ ފަލަވާ ކަމަށެވެ. އެހެންކަމުން މިކަމުގެ ހަޤީގަތަށް ބަލާލަމާ ހިނގާށެވެ.

ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމަށްޓަކައި މޭވާކެއުމަކީ ޑޮކްޓަރުންނާއި ޑައިޓިޝަނުން އަބަދުވެސް ބާރުއަޅާ ކަމެކެވެ. އެހެންނަމަވެސް ބައެއް މީހުން ދޮންކެޔޮ ކެއުމުގައި އޭގައި ހިމެނޭ ކެލޮރީގެ މިންވަރާއިމެދު ކަންބޮޑުވެއެވެ. ކެލޮރީއަކީ ތަރުކާރީއާއި މޭވާގެ ބާވަތަކާއި އަދި ކެއުމުގައި ބޭނުންކުރާ ތަފާތު ބާވަތްތަކުގައި އެކުލެވޭ ހަޑިގަނޑަށް ހަކަތަ ލިއްބައިދޭ މިންވަރު ގުނާ މިންގަނޑެވެ. ގިނައިން ކާއެއްޗެހި ކެއުމުން ހަށިގަނޑުގައި ހަކަތަ އިތުރުވެއެވެ. އަދި ހަށިގަނޑުން ހަކަތަ ބޭނުންކުރުމުން 'ކެލޮރީ ބާން' ކުރުމޭ ކިޔައެވެ. އެއީ ކާތަކެތިން އުފައްދާ ހަށިގަނޑު މަސައްކަތްކުރާ 'ތެޔޮ އެންދުމެވެ' ހަކަތައަށް ބޭނުންނުކުރާ ބައި ހަށިގަނޑުގައި ސަރުބީގެ ގޮތުގައި ރައްކާކުރެވި މީހާގެ ހަށިގަނޑު ފަލަވެއެވެ. ދޮންކެޔޮ ކެއުމާއި ހަށިގަނޑުގެ ބަރުދަނާއި ބެހޭ ގިނަ ދިރާސާތަކެއް މިހާތަނަށް ހެދިފައެއް ނެތެވެ.

ދޮންކޭލަކީ ފައިބަރ ގިނަ އަދި ކެލޮރީ މަދުން ހުންނަ ބާވަތެކެވެ. އެހެންކަމުން ކެލޮރީގެ މައްސަލާއިގައި ތިޔަ ކަންބޮޑުވާ ކަނބޮޑުވުންތައް އެއްފަރާތްކޮށް ހިކެން ތިޔަ ކުރާ މަސައްކަތުގެ ތެރެއަށް ދެތިން ދޮންކެޔޮވައްވެސް އެއްކޮށްލާށެވެ.

އެއީ ދޮންކޭލުގައި ހިމެނޭ ކެލޮރީ މަދުވުމުގެ ސަބަބުން ބަރުދަން ލުއިކުރުމަށް ދޮންކެޔޮ އެހީތެރިވެދޭތީއެވެ.

ދޮންކޭލުގައި ހިމެނޭ ފައިބާއަކީ ބަނޑު ހަރުވުމުން ދުރުކޮށްދޭ ހަޖަމުގެ ނިޒާމު ރަނގަޅުކޮށްލަދޭވެސް މޭވާއެކެވެ. ފައިބާ އެކުލެވޭ މޭވާތަކަކީ ބަނޑުހައިވުން ކުޑަކޮށްދޭ އަދި ގިނަ ބަލިތަކުންވެސް މީހާ ސަލާމަތްކޮށްދޭ ބާވަތްތަކެކެވެ. މަޝްހޫރު ނިއުޓްރިޝަނަލިސްޓް ލަވްނީތު ބަތުރާ ދޮންކޭލާއި ބެހޭގޮތުން ބުނެފައިވަނީ އެއީ ޤުދުރަތީގޮތުން އެންމެ ގިނަ ފައިދާތައް އެކުލެވިގެންވާ މޭވާތަކުގެ ތެރޭގައި ހިމެނޭ ބާވަތެއް ކަމުގައެވެ.

ދޮންކޭލުން ލުބިދޭ ފައިދާ:



ދޮންކޭލުގައި ފެނޮލިކްސް، ކެރޮޓެނޮއިޑް ބައޯޖެނެމައިންސް އާއި ފައިޓޯސްޓެރޮލްސް ކިޔާ ބަޔޯއެކްޓިވް މާއްދާތައް އެކުލެވިގެންވެއެވެ. އަދި މިއީ ޕޮޓޭސިއަމްއާއި ވިޓަމިން އޭ، ބީ6 އަދި ސީވެސް ލިއްބައިދޭ ބާވަތެކެވެ. ދޮންކޭލުގައި މަދު އަދަދަކަށް އެކުލެވިފައިވާ ލެކްސެޓިވް މާއްދާއަކީ ބޭރަށް ހިންގުމުގެ ބައްޔަށް ފަރުވާއެކެވެ. މީގެ އިތުރުން ބަނޑުގައި އުފެދޭ އަލްސާތަކާއި ގޭހުގެ މައްސަލަތަކަށްވެސް ދޮންކެޔޮ ކެއުމުން ފަރުވާލިބިގެންދެއެވެ. އަދި ގައިގެހަން އޮމާންކޮށް ރީތިކޮށްބެހެއްޓުމަށާއި އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށްވެސް ދޮންކޭލުން އެތައް ފައިދާތަކެއް ލިއްބައިދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން