ޖޮކްއިޗް ބައްޔަކީކޮބާ؟

ޓީނިއާ ކްރޫރިސް ނުވަތަ ޖޮކް އިޗް ކިޔާ ބައްޔަކީ ހަމުގެ ބައްޔެކެވެ. މިބަލި ޖެހެން މެދުވެރިވަނީ ޓްރައިކޯފައިޓަން ކިޔާ ފަންގަސްއަކުންނެވެ. މި ފަންފަގަލް އިންފެކްޝަންޖެހުމުން ކުރިމަތިފަރާތް ރަތްވެ ކަހައެވެ. އަދި މިއީ ވަރަށް ވޭން އަޅާ ކަމެކެވެ.

މިބަލި ޖެހެނީ ކޮންބަޔަކަށް؟

ޖޮކް އިޗް ބަލި އާއްމުކޮށް ޖެހެނީ ފިރިހެނުންނަށެވެ. އެހެންނަމަވެސް ހޫނު ދުވަސްވަރު އަބަދު ދާހިތްލާ އުޅޭނަމަ އަންހެނުންނަވެސް މިބަލި ޖެހެއެވެ. މިބަލި ޖެހެނީ ފަލަމަސްގަނޑާއި ކުރިމަތިފަރާތުގެ ދެމެދުގެ އިތުރުން ކަދުރާއާއި ކިހިލިފަތްދޮށާއި ކަރުދަށުގައެވެ. އެގޮތުން ޖޮކް އިޗް ބަލި ޖެހެނީ އެތަންތަނުގައި އުފެދޭ ދަލުން 'މޮއިސްޗަރ' އުފެދި ފަންގަސް އާލާވުމެވެ. މިފަންގަސް އުފެދެނީ ހޫނު މޫސުމުގައި ދާހިއްލުމާއި އަދި ބާރު އަދި ތެތް އަންނައުނު ބޭނުންކުރުމުންނެވެ. ފަލަކޮށް ތިބޭ މީހުންނަށް މިބަލީގެ ރިސްކު ބޮޑެވެ. ސަބަބަކީ އެމީހުންގެ ހަށިގަނޑުގެ މަސްތައް އެލިފައި ހުރުމުން ހަންގަނޑުގެ ދޭތެރޭގައި ދާހިއްލައި މިފަންގަސް އާލާވުމަށް ފުރުސަތު ބޮޑުވެގެންދާތީއެވެ.



ބަލިޖެހެން މެދުވަރިވަނީ ކީއްވެ؟



މިޖަރާސީމު އުފެދެންފަށަނީ ކުރިމަތިފަރާތުގައި ހުންނަ ހަންކޮޅުގައެވެ. އެއަށްފަހު ފަލަމަސްގަނޑަށް ބަލި އަރައެވެ. މިބަލީގައި ހަންގަނޑުގެ އެކި ތަންތަންގަނޑުން ރަތްވެ ކަހައެވެ. އަދި ރަތްވާ ތަންތަން ހުންނަނީ އުފުލިފައެވެ. އަދި މިހެން ހުންނައިރު އެ ތަންކޮޅުކޮޅުގެ ވަށައިގެންވާ ބައިގައި ހުންނަ ރަތްކަން ގަދަކޮށް ފެންނާނެއެވެ. ފައިފައި އެތުލީޓުސް ފުޓް ކިޔާ ފަންގަލް އިންފެކްޝަންއެއް ހުންނަ މީހުންނާއި ފަޔަށް ޖެހޭ އޮންކޮމީކޯސިސް ކިޔާ ފަންގަލް އިންފެކްޝަން ހުންނަ މީހުންނަށް ޖޮކް އިޗް ބަލިން ރަނގަޅު ވުމަށްފަހުވެސް އަލުން އެބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. އެއީ އެ ޖަރާސީމްތަކުން ކުރިމަތިފަރާތަށް ފަންގަސް އުފެދި ބަލި ފެތުރިގެންދާތީއެވެ.

މިބަލި ބޮޑަށް ޖެހެނީ ކޮންދުވަސްވަރެއްގައި؟





އާއްމުކޮށް މިބަލި ޖެހެނީ ޖައްވު ހޫނުވުމުން، އިންސާނުންގެ ހަށިގަނޑުން ނިކުންނަ ދަލުގެ ސަބަބުން އެއިން އާލާވާ ފަންގަސް އިންނެވެ. ގިނައިން މިދެންނެވި ދަލުގެ ތެންކަން ބޮޑަށް އުފެދެނީ އެންމެ ބޮޑަށް ބަންދުވެފައި ހުންނަ ކުރިމަތިފަރާތާއި ފަލަމަސްގަނޑާދެމެދުގައިއެވެ. އެހެންނަމަވެސް ހޫނު މޫސުމްތަކުގައި މާބޮޑަށް ދާހިތްލާނަމަ އަންހެންވެރިންގެވެސް ކުރިމަތީފަރާތުގެ އިތުރުން އިސްތަށިގަނޑުން ފޮރުބިފައި ހުންނަ ކަނދުރާ އަދި ކިހިލިފަތްދޮށާއި ކަރުދަށުގައިވެސް މިބަލިޖެހެން މެދުވެރިވެއެވެ.



ބަލީގެ އަލާމާތްތައް:



- ޖޮކް އިޗްގެ އަލާމާތަކީ ކުރިމަތިފަރާތުގައި ހިރުވާ ތަންކޮޅެއް ހުރެފައި އެތަން ކެހުމުގައި ވޭންއެޅުން

- އަދި ފެތުރިފައި ހުންނަ މިތަންތަންކޮޅުގެ ވަށައިގެން ހުންނަ ހަންކޮޅު އުފުލިފައި އަދި އަތްލުމުން ހަރުކޮށް ހުރުން.

ބަލީގެ ފަރުވާ:

ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރަށް ބަލި ޔަޤީންވާނަމަ ތަޙްލީލެއް ނުކޮށް ބޭސްލިޔެދޭނެއެވެ. އެހެންނަމަވެސް، ބަލި ދެނެގަތުމަށް ކުރިމަތިފަރާތުން ހަންކޮޅެއް ނައްޓައި ތަހުލީލު ކުރުމަށް ބޭނުންވާނީ ބަލި ދެނެގަތުމުގައި ޑޮކްޓަރަށް ޔަގީންނުވާ އެހެންކަމެއް ފާހަގަވާނަމައެވެ. މިގޮތުން ނެގޭ ހަންކޮޅު މައިކްރޮސްކޯޕެއްގެ ދަށުގައި ބަލައި އެއީ މިބާވަތުގެ ފަންގަސްތޯ ޗެކުކުރެވޭނެއެވެ. މިބަލީގެ ފަރުވާގެ ގޮތުގައި އާއްމުކޮށް ދޭނީ އެންޓި ފަންގަލް ކްރީމްއެކެވެ. ބައެއްފަހަރު ކެއުމަށްވެސް ބޭސްދެއެވެ. މިފަދަ އެއްވެސް ކަމެއް ދިމާވާނަމަ ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން