ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެންނެވުމަށް އެމްޑީޕީގެ މެމްބަރުން ނިންމަވާފައި ނުވާކަމަށް އެޕާޓީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިމޭރުމުން ވިދާޅުވެފައިވަނީ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ހަމަނުވުމުން ޖަލްސާ ފެށުން 11:00 އަށް ފަސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޖަލްސާ ފެށުމަށް ބޭނުންވަނީ އިތުރު ދެ މެންބަރުން ކަމަށާއި އެމްޑީޕީގެ މެމްބަރުން ތިއްބެވީ ކުޑަދަށުގައި ކަމަށެވެ.

އެކަމާ ގުޅިގެން އަސްލަމް ވިދާޅުވީ މިއަދުގެ ޖަލްސާއަށް ޙާޟިރުނުވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައި ނުވާ ކަމަށެވެ. ހަމައެއާއެކު އެމްޑީޕީނޫން ޕާޓީތަކުގެ ގިނަ މެމްބަރުން ވެސް މިއަދު ޖަލްސާއަށް ވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ވެސް ފަށަން އޮތީ ހެނދުނު 9:00 ގަ އެވެ. ޖަލްސާއެއް ފަށަން ހަމަވާން ޖެހޭ ކޯރަމް ކަމަށްވާ 22 މެމްބަރުން އޭރު ތަޅުމުގައި ނެތުމުން މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުން ތަޅުމަށް ވަޑައިނުގެންނެވި ނަމަވެސް ގޯތިތެރޭގައި، ކުޑަދަށުގައި މެމްބަރުން އެބަ ތިއްބެވި ކަމަށެވެ.

މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން 56 މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން