އިންޑިޔާގެ ހޮސްޕިޓަލެއްގެ ހެލްތު ވޯކަރުންތަކެއް ހަރަކާތްތެރިވަނީ
އިންޑިޔާގެ ހޮސްޕިޓަލެއްގެ ހެލްތު ވޯކަރުންތަކެއް ހަރަކާތްތެރިވަނީ
އިންޑިޔާއިން ކޮވިޑް-19އާ ދެކޮޅަށް ތައްޔާރު ކުރަމުން އަންނަ ވެކްސިންއެއް އިންސާނުންނަށް ދޭންފަށައިފި އެވެ.

އިންޑިޔާގެ މަޝްހޫރު ބޭސްއުފައްދާ ދެ ކުންފުންޏަކުން "ކޯވެކްސިން"ގެ ނަމުގައި އުފެއްދި މިވެކްސިން ޓެސްޓްކުރުމުގެ ގޮތުން ދިއްލީގައި ހުންނަ ދަ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އޭ.އައި.އައި.އެމް.އެސް) އިން އިންސާނުންނަށް ދޭންފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. 

ބަހާރަތު ބައޯޓެކް ކުންފުންޏާއި ޒިޑަސް ކާޑިލާ ކުންފުނިން އުފެއްދި ކޯވެސިން، ޓެސްޓުކުރަން އިންޑިޔާގެ ހަ ސިޓީއެއްގައި ހުކުރުދުވަހު ފަށާފައިވާއިރު، އެންމެ ފުރަތަމަ ވެކްސިންދީފައި މިވަނީ އުމުރުން 30 އަހަރުގެ ޒުވާން ފިރިހެނަކަށެވެ. 

ވެކްސީން ދިނުމަށްފަހު އެޒުވާނާ އާއްމު ދިރިއުޅުމަށް ގެއަށް ފޮނުވާލެއްވުމަށްފަހު،އެ ވެކްސިން އީޖާދުކުރުމުގެ މަސައްކަތުގައި އެންމެ އިސް ރޯލެއް އަދާކުރެއްވި، ދައޯލް އިންޑިޔާ އިންސްޓިޓިއުޓުގެ ކޮމިއުނިޓީ މެޑިސިން ޑިޕާރޓްމެންޓްގައި މަސައްކަތް ކުރައްވާ ޑރ. ސަންޖޭ ރާއިވަނީ މައުލޫމާތު ދެއްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި އެ ޒުވާނާ އަށް ވެކުސިން ދީފައިވަނީ އޭނާގެ ސިއްހީ ހާލަތު ވަރަށް ރަނގަޅަށް ބެއްލެވުމަށް ފަހުއެވެ. އެގޮތުން ދެދުވަސް ވަންދެން ވަރަށް ގާތުން ބެއްލެވި ކަމަށްވެސް ޑޮކްޓަރު ރާއީ ވިދާޅުވެފައި ވެއެވެ. އަދި އެމީހާގެ ހުރިހާ ވައިޓަލްސްއެއް ނޯރމަލް ކަމަށާއި 

ވެކްސިން ދިނުމަށްފަހު އެ ޒުވާނާއަށް އެއްވެސް އުނދަގުލެއް ވޭތޯ 2 ގަޑިއިރު ވަންދެން ވަރަށް ގާތުން ބައްލާފައިވާ ކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ. 

މީގެ އިތުރުން، ޑޮކްޓަރު ވިދާޅުވީ ހެލްތު ކާޑެއް ދެއްވުމަށްފަހު، އެ ޒުވާނާ އާއްމު ދިރިއުޅުމަށް ދޫކޮށްލާފައިވަނީ ކިރިޔާވެސް އުނދަގުލެއް ވާކަމަށް ވާނަމަ، ނޯޓުކުރުމަށް އިރުޝާދު ދިނުމަށްފަހުގައި ކަމަށާއި ހަފުތާއެއް ވަންދެން ވަރަށް ގާތުން އޭނާގެ ހާލަތު ބައްލަވަމުން ގެންދަވާނެ ކަމަށެވެ. 

އޭ.އައި.އައި.އެމް.އެސް އިން ހާމަކޮށްފައިވާގޮތުގައި ކޯވެކްސިން އަށް ޓެސްޓުކުރުމަށް އަމިއްލައަށް އިސްނަގައިގެން މިހާތަނަށް 3500 މީހުން އެ އިންސްޓިޓިއުޓުގައި ނަން ނޯޓު ކޮށްފައިވެއެވެ. 

އިންޑިޔަން ކައުންސިލް ފޯ މެޑިކަލް ރިސާޗްއިން ހާމަކުރި ގޮތުގައި ހުކުރު ދުވަހު ފެށި މި ޓްރައިލް ދިއްލީގެ އިތުރުން އިންޑިޔާގެ އިތުރު 12 ސަރަހައްދެއްގައި ކުރިޔަށް ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން