ފަލަސްތީންގެ ޣައްޒާގައި ހުންނަ 36 ހޮސްޕިޓަލުގެ ތެރެއިން މިވަގުތު ކުޑަކޮށްވެސް މަސައްކަތްކުރެވޭ ޙާލަތުގައި ހިންގަމުންދަނީ އެންމެ 16 ހޮސްޕިޓަލް ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.

ގުޓަރޭޒް ހާމަކުރެއްވި ގޮތުގައި މިވަގުތު އިޒްރޭލުން ޣައްޒާގެ އެކި ތަންތަނަށް އުދުވާނީ ހަމަލާ ދެމުން ގެންދާއިރު ހޮސްޕިޓަލްތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދެއެވެ. އޭގެ ސަބަބުން ބަލި މީހުންނަށް ފަރުވާ ފޯރުކޮށްދިނުމުގައި ހޮސްޕިޓަލްގައި އެކަށީގެންވާ މިންވަރުގެ ވަސީލަތް ތަކެއް ނެތެވެ. އެއާއެކު، ހަލުވި މިނެއްގައި ގައިންގަޔަށް އަރާ ބަލިތައް ޖެހުމުގެ ފުރުސަތު ވެސް ބޮޑުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިއްހީ ނިޒާމު ފުނޑުފުނޑުވަމުންދާ ވަރަކަށް ބަލިތައް ދަނީ ފެތުރެމުން. ޣައްޒާގެ ރައްޔިތުންނަށް ހުއްޓުމެއްނެތި ދެމުންދާ ބޮމުގެ ހަމަލާތަކުން އޮތީ މަރުވުމުގެ ނުވަތަ އަނިޔާވުމުގެ ނުރައްކާ އެކަންޏެއް ނޫން." ގުޓަރޭޒް ވިދާޅުވިއެވެ.

އިޒްރޭލުން ޣައްޒާގެ ސިއްހީ ނިޒާމު ހަކާކު ކޯށްލާފައި ވާއިރު ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޒަޚަމްވެ މަރާ ހަނގުރާމަ ކުރަމުންދާ އެތައް ސަތޭކަ މީހުންނަށް އެކަށީގެންވާ ފަރުވާއެއް ނުދެވެއެވެ. އެ ހުރިހާ އެންމެންނަށް ފަރުވާ ދޭން ހޮސްޕިޓަލުތަކުގައި އެނދާއި ވަދީލަތްތައް ނެތުމުގެ ސަބަބުން ޣަނިޔާވާ މީހުންނަށް ފަރުވާ ދޭން ޖެހިފައިވަނީ ހޮސްޕިޓަލްގެ ބިންމަތީގައި ބައިތިއްބައިގެންނެވެ.

ބަލިމީހުންނަށް ފަރުވާ ދޭން ނުކުޅެދިފައިވާ ޣައްޒާގެ ރައްޔިތުން ވަނީ ބުޅަލާއި ކުއްތާގެ ކާނާވެސް ބޭނުންކުރަން މަޖުބޫރުވެފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޣައްޒާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފޮނުވާ ކާބޯތަކެއްޗާއި ބޭހުގެ ސާމާނުތައް ފޯރުކޮށްދިނުމުގައިވެސް އިޒްރޭލުން ދަނީ ހުރަސް އަޅަމުންނެވެ. އަދި ވަރަށް ގިނަ މީހުން ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރާ ޙާލަތަށް ގޮސްފައިވާ ކަންވެސް ޣައްޒާއާއި ބެހޭ ރިޕޯޓްތަކުން ހާމަވެގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން