ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް ތަބާނުވާން މަޖިލީހުން ނިންމައިފިއެވެ.
އާންމު މަސްލަހަތު ދެމެހެއްޓުމަށްކަމަށް ބުނެ މި މަހުގެ 08 ވަނަ ދުވަހު ސުޕްރީމް ކޯޓުން މަޖިލީހުގެ މައްޗަށް ނެރުނު އަމުރުގައި ވަނީ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް މީގެ ކުރިން ވެސް ގުނަމުން އައި ގޮތަށް ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން ޖުމްލަ އަދަދު ބެލުމަށެވެ.
ސުޕްރީމްކޯޓުގެ އަމުރާ ގުޅިގެން މަޖިލީހުގެ ރައީސް އަސްލަމް މިއަދު ވިދާޅުވީ، މަޖިލީހުގެ ނިންމުންތަކުގެ މައްޗަށް ބަސް ބުނެވޭނެ އެއްވެސް ބައެއް ނެތްކަމަށެވެ. އަދި މަޖިލީހުގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތް ނިންމުމުގެ ގާނޫނީބާރު މަޖިލީހަށް ލިބިދޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ސުޕްރީމްކޯޓުގެ އަމުރަށް އިޙްތިރާމް ކުރުމުގެ ގޮތުން މިއަދުގެ ކޯރަމް ގުނުމުގައި ބަލާނީ 87 މެންބަރުންނަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އެގޮތަށް ވިދާޅުވުމުން މަޖިލީހުގެ މެންބަރުން ވަނީ ނުރުހުން ފާޅު ކުރަށްވާފައެވެ. އެހެންކަމުން އަސްލަމް ވަނީ އެކަމުގައި މެންބަރުން ގޮތެއް ނިންމެވުމަށް އެދިވަޑައިގެންފައެވެ. އެއަށްފަހު ވަގުތީ އަމުރަށް އަމަލުކުރުމާމެދު ނެގިވޯޓުގައި ބައިވެރިވެވަޑައިގެން 45 މެންބަރުންގެ އިއްތިފާގުން ވަނީ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް ތަބާނުވާން ފާސްކޮށްފައެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން ހޮވި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، މަޖިލީހުން ކަމެއް ފާސްކުރުމުގައި ޖުމްލަ މެންބަރުންގެ ޢަދަދު ކަމަށް ބަލާނީ 80 ކަމަށް ކަނޑައެޅުމަށް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު