އުތުރުތިލަފަޅު ހިއްކައިގެން ދަނޑުވެރިކަންކުރަން ބަޔަކާއި ހަވާލުކުރާތީ އެކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފާޑުވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޞާލިހް ވިދާޅުވީ، އުތުރުތިލަފަޅުގައި ދަނޑުވެރިކަންކުރަން ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް އެތަން ދޭން ސަރުކާރުން ނިންމާފައިވާކަމަށެވެ.

އެހެންކަމުން، ހިއްކާ ބިމެއްގައި ދަނޑުވެރިކަންކުރަން އުޅެނީ ރާއްޖޭގައި އޮތް ފަޅުރަށްތައް މަދުވީމާތޯ ނޫނީ އެކަމަށް ރާއްޖޭގައި ބިން ނެތިގެންތޯއޭ ވިދާޅުވެ ރައީސް ޞާލިޙްވަނީ ސުވާލު އުފައްދަވާފައެވެ. އަދި ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް އުތުރުތިލަފަޅު ދިނުމުން އޭގެ ގެއްލުންވާނީ ދިވެހިރައްޔިތުންނަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އޭގެ ބަދަލުގައި އެތަންތަން ހިއްކައިގެން ގޯތި ދޫކުރުން މާ ރަނގަޅުވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު މިއަދުވަނީ އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމްކުރުމަށް، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން