މުސްކުޅި ޙާލަތުގައި، ހަށިގަނޑުގައި އެފަދަ ބާރުވެރި ކަމެއް ނެތުމުގެ ސަބަބުން ރަމަޟާން މަހު ރޯދަ ނުހިފޭ، ނަމަވެސް ބުއްދި ސަލާމަތުން ހުރިމީހާ ޢަމަލު ކުރާނީ ކިހިނެއް ހެއްޔެވެ.

އެމީހާގެ މައްޗަށް އޮތީ އެފަދަ ޤާބިލްކަމެއް ނެތުމުން ރޯދަ ދޫކޮށްލުމެވެ. އަދި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭނީ އެވެ. އެއީ ހަނޑުލުން ބަލާނަމަ ކޮންމެ ރޯދައަކަށް 1.5 ކިލޯ ހަނޑުލެވެ. (އެއީ ޞާޢުއެއްގެ ދެބައި ކުޅަ އެއްބަ އެވެ.)

الشّيخ عُبيد الجَابِري – رحمه الله- ވިދާޅުވެފައިވެއެވެ.

”އޭ ދަރިޔާ އެވެ. ބަޔާންކޮށްފައި ތިވަނީ ދުވަސްވުމުގެ ސަބަބުން މުސްކުޅިބަލީގައި ރޯދަ ނުހިފޭ މީހާގެ ވާހަކަ އެވެ. އަހަރެން ބުނަމެވެ. ދުވަސްވެ މުސްކުޅި ބަލީގައިވާމީހާ ވާނީ 2 ޙާލަތެއްގަ އެވެ.

ފުރަތަމައީ : ތިޔަ ބަޔާންކުރި ފަދައިން ތިޔަބައިމީހުންގެ ތެރޭގައިވާ މުސްކުޅިމީހާ ފަދައިން، އޭނާއަށް ރޯދަހިފުން ނުކުޅެދުންތެރިވެފައިވާ މީހާ އެވެ.

އޭނާގެ ބުއްދި އަދި ހެޔޮނުބައި ވަކިކުރުން ފިލައި ނުދެ އެވެ. އޭނާއަށް ތިމަންނަ މިވަނީ ރަމަޟާންމަހުގައިކަން އިނގެ އެވެ. ފަހަރެއްގައި އޭނާއަށް ރޯދަ ހިފިދާނެ އެވެ. އެހެނަސް އެއީ އޭނާއަށް ނުހަނު އުނދަގޫ ކަމަކަށްވެ އެވެ.

ފަހެ، މިއީ ތަކްލީފު ޖެހިގެންވާ މީހެކެވެ. މިފަދަ މީހާއަށް (އޮތް ޙުކުމަކީ، ރޯދަ ދޫކުރުމަށްފަހު) ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ. އެއީ ތިޔަބައިމީހުން ބޭނުންވި ގޮތެއްގަ އެވެ. ދިހަ ދުވަހަށްފަހު، އެ ދިހަ ދުވަހުގެ ރޯދައަށް ކާންދިނުމެވެ. ނުވަތަ ވިހި ދުވަހުންނެވެ. ނުވަތަ އެންމެހައި މީސްތަކުން ރޯދަހިފައި ނިމުމުން، މީސްތަކުން ރޯދަހިފި ދުވަސްތަކުގެ ޢަދަދަށް ކާންދިނުމެވެ. ނުވަތަ ކޮންމެ ދުވަހަކު މިސްކީނަކަށް ކާންދިނުމެވެ.

ހަމަކަށަވަރުން މިސްކީނަކަށް ކާންދޭން ޖެހޭނީ އެތަނެއްގެ އަހުލުވެރިން ކާބޯތަކެތީގެ މެދުމިންގަޑުންނެވެ. ހެނދުނު ކެއުމެއް ނުވަތަ މެންދުރު ކެއުމެއް ނުވަތަ ރޭގަނޑު ކެއުމެއް ދިނުމެވެ. (މާނައަކީ: ކައްކާފައި ކާންދޭނަމަ ބަނޑު ފުރޭވަރަށް އެއިރެއްގެ ކޮއްތު ކައްކާފައި ކާން ދިނުމެވެ.)

(ނުކައްކައި ކާބޯތަކެތީ ދޭ ކަމުގައިވާނަމަ އެތަނެއްގެ އަހުލުވެރިން ކެއުމުގެ ގޮތުން ބޭނުންކުރާ ތަކެއްޗެވެ.) އެއީ: ކާތަކެތީގެ ގޮތުގައި ހަނޑޫ ނުވަތަ އެފަދަ އެހެން ތަކެއްޗެވެ. (އެ ގޮތުން ދޭނީ ކޮންމެ ރޯދައަކަށް) ޞާޢެއްގެ ދެބައިކުޅަ އެއްބަ އެވެ. އަދި އެއާއިއެކުގައި ކާން ރިހައެއްފަދަ އެއްޗެއް ދިނުން ހުއްޓެވެ.

ތިޔަބައިމީހުންގެ ތެރޭގައިވާ މުސްކުޅި ދުވަސްވީ މީހާއަކީ ބުއްދިފިލައިފައި، ހެޔޮނުބައި ވަކިނުކުރެވޭ ޙާލަތުގައިވާ މީހެއްނަމަ، އެމީހާވަނީ ތަކްލީފު ކެނޑިފަ އެވެ. އަހަރެމެންނަށާއި އޭނާއަށް ހެޔޮވެގެންވާ ނިމުމެއް ﷲ ދެއްވާނދޭވެ. އޭނާއަށް އެހިނދު ރޯދަ ހިފުމެއް އަދި ބަދަލުގައި ކާންބޯން ދިނުމެއްވެސް ނުވެ އެވެ.“

ބައެއްފަހަރު މުސްކުޅި ބަލީގައި އޮންނަ މީހާއަކީ ބުއްދި ފިލައިފައިވާ، ސިކުޑި ހަމަނުޖެހޭ ފަރާތެއް ކަމުގައިވެ އެވެ. މިފަދަ މީހާގެ މައްޗަށް ރޯދަ ހިފުމެއް އަދި ރޯދައަކަށް ފިދުޔަ ދިނުމެއްވެސް ނުވެ އެވެ. ބުއްދި ސަލާމަތުން ނެތް ބަޔަކީ ތުއްތު ކުޑަކުދިންފަދަ ބައެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން