މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ އައްޔަނުކޮށްފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ބައިނަލްއަގުވާމީ މާކެޓްގައި ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ އެމް.އެމް.ޕީ.އާރު.ސީ ގެ އެމް.ޑީގެ މަޤާމަށް ޝިއުރީ އައްޔަނު ކޮށްފައިވާއިރު އޭނާ އަކީ ގައުމީ ޓީ.ޓީ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ފަރާތެކެވެ.

ޝިއުރީ އެމް.އެމް.ޕީ.އާރު.ސީ ގެ އެމް.ޑީ އަކަށް އައްޔަނު ކޮށްފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރި ފާތިމަތު ތައުފީގު ވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު އެމަޤާމުން ވަކިކޮށްފައެވެ.

އޭގެފަހުން އެ ކުންފުނި ވަގުތީ ގޮތުން ހިންގަމުން ދިޔައީ ޑީއެމްޑީ މުހައްމަދު ބައްސާމެވެ.

އެމް.އެމް.ޕީ.އާރު.ސީގެ އެމް.ޑީ ފާތިމަތު ތައުފީޤު މަގާމުން ވަކި ކޮށްފައިވާއިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރްއައިން ޖަނާހުވެސް ދާދިފަހުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ނޫރްއައިން ގެ އިތުރުން އެމްއެމްޕީއާރުސީ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު ރާފިލްވެސް މިހާރު ވަނީ ކުންފުނީގެ ބޯޑުން އިސްތިޢުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން