އިންޑިއާގެ މަހުޖަނުންގެ ތެރޭގައި ހިމެނޭ މުކޭޝް އަންބާނީ އާއި ނިތާ އަމްބާނީގެ އެންމެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެންޏަކީ ވަރަށް ގިނަ މީހުން އިންތިޒާރު ކުރަމުން އަންނަ ކައިވެންޏެކެވެ.
އަނަންތު އަމްބާނީ އާއި ރާދިކާ މާޗެންޓްގެ ކައިވެނި ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 12 ގައެވެ. މި ހަފްލާއަށް އައުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަ ކޮށްލެވޭ ޝަހްސިއްޔަތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.
އިންޑިއާ ޓުޑޭއި އިން ރިޕޯޓު ކޮށްފައިވާ ގޮތުން އަނަންތު އަމްބާނީ އާއި ރާދިކާ މާޗެންޓުގެ ކައިވެނި ހަފްލާއަށް އައުމަށް ކުރީގެ ނަން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި އޭނާގެ އަނބިމީހާ ވިކްޓޯރިއާ ބެކަމަ އަށްވެސް ވަނީ ދައުވަތު އަރުވާފައެވެ.
މިދިޔަ އަހަރު ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި އިންޑިއާއަށް ބެކަމް 3 ދުވަހަށް ކުރި ދަތުރުގައި ނީތާ އާއި މުކޭޝް އަމްބާނީ ވަނީ އެމީހުންގެ މުންބާއީގައި ހުންނަ ގެ އެންޓިލިއާގައި ބެކަމް އަށް މެހުމާންދާރީ އަދާކޮށްފައެވެ.
އަނަންތު އަމްބާނީގެ ކައިވެނި ހަފްލާއަށް ދިއުމަށް މަޝްހޫރު އެތައް ފިލްމީ ތަރިންނަށްވެސް ވަނީ ދައުވަތު އަރުވާފައެވެ. މި އާއިލާއަކީ ބޮލީވުޑްގެ ތަރިންނާ ވަރަށް ރަނގަޅު ގުޅުމެއް އޮންނަ އާއިލާއެކެވެ. އެކަމުގެ ސަބަބުން މި އާއިލާއިން ބާއްވާ މިފަދަ ކޮންމެ ހަފްލާއެއްގައިވެސް ބޮލީވުޑުގެ މަޝްހޫރު ތަރިން ބައިވެރި ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު