ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން މިވީ ބޮޑު ސަމާސާއަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ޚަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާތީ އެކަންކަން ބަލައި ތަހުގީގުކޮށް، ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީންއަށް ދަޢުވާކުރަން ފޮނުވުމުން ވެސް، އަމީން މަޤާމުން ވަކިނުކުރައްވާތީ އެކަމަށް ފާޑުވިދާޅުވެ ޑރ. ޖަމީލް ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަން ބޮޑު ސަމާސާ އަކަށް ވެފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން ހިންގި މި ޚިޔާނާތްތަކާއި ގުޅިގެން މިނިސްޓަރު އަމީން ހިމެނިވަޑައިގަންނަވާހެން 11 ބޭފުޅަކަށް ދަޢުވާކުރަން އޭސީސީން މިހާރު ވަނީ ޕީޖީއަށް ފޮނުވާފައެވެ. އެ މައްސަލައިގައި ދަޢުވާކުރުމާމެދު ޕީޖީން އަދި ވަކި ގޮތެއް ނިންމާފައި ނުވާއިރު އަމިއްލައަށް މަސައްކަތުން އެކަހެރިވެ ވަޑައިގެން ހުންނެވި އަމީން ގެންދަވަނީ ބަރާބަރަށް މަހު މުސާރަ ނަންގަވަމުންނެވެ.
މިކަމާ ގުޅިގެން ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން މިވީ ބޮޑު ސަމާސާއަކަށް ކަމަށެވެ. އަދި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްއޭ ވިދާޅުވެ ކެމްޕޭން ފޯރީގައި އުޅުއްވި ނަަމަވެސް އެ ކަމަށް ޢަމަލުނުކުރާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން މިވީ ބޮޑު ސަމާސާއަކަށް, ޤާނޫނު އަސާސީން މަތިކޮށްފައިވާ ބާރުވެސް އެނގިނުލައްވާ، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްއޭ ވިދާޅުވެ ކެމްޕޭން ފޯރީގައި، މި ކުށަށް ތަޙުޤީޤުކުރެވި ދަޢުވާ އުފުލިޔަސް ލަދުގަނެ ވަޒީފާ ގެއްލޭވަރުގެ ކަމެއްނޫން، މިއީ ހަމަ ޠާހިރުގޮތްތޯ!" ހެލްތު މިނިސްޓަރ އަމީންގެ ގާތް އެކުވެރިއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޑރ. ޖަމީލްގެ ޓްވީޓްގައި ވެއެވެ.
149 ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ބިޑް ކޮމިޓީގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.
އޭސީސީން މި މައްސަލައިގެ ތަހުގީގު ނިންމައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ. ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ތަހުގީގުގައި ދައުލަތުގެ އެކިއެކި އިދާރާތަކުން 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން އެނެލައިޒް ކުރި ކަމަށް އޭސީސީން ބުނެފައިވެއެވެ.

Raees @ibusolih ge verikan mivee bodu samaasa akah. QA in mathikoffaiva baaruves enginulavva. Corruption ah zero tolerance ey viadhaalhuvee campaign foareegai. Mi kushah Thahqeeq kurevi dhauvaa ufuliyas ladhu gane vazeefaa gehlley varuge kameh noon. Miee hama thaahiru goi tho? pic.twitter.com/nR4fEYaDrm
— Mohamed Jameel Ahmed (@MJameelAhmed) October 17, 2020
149 ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ބިޑް ކޮމިޓީގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.
އޭސީސީން މި މައްސަލައިގެ ތަހުގީގު ނިންމައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ. ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ތަހުގީގުގައި ދައުލަތުގެ އެކިއެކި އިދާރާތަކުން 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން އެނެލައިޒް ކުރި ކަމަށް އޭސީސީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު