ސަރުކާރުން މަސައްކަތްކުރަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މެމްބަރު އާދަމް ޝަރީފް މިގޮތަށް ވިދާޅުވެފައިމިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ ހުއްދަ އަންނަ ޖެނުއަރީ ފަސްވަނަ ދުވަހަށް ނުލިބިއްޖެނަމަ އިންތިޚާބު ނުބޭއްވޭނެ ކަމަށާއި، ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ދިނުމަށް ޤާނޫނުން ލާޒިމްކުރާ މުއްދަތު ނުދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ.
އާދަމް ޝަރިފް ވިދާޅުވީ، ކެނޑިޑޭޓުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ހަމަހަމަ ފުރުސަތު ހުރިހާ ކެނޑިޑޭޓުންނަށް ލިބެން ޖެހޭ ކަމަށެވެ.
"ހަމަހަމަ ފުރުސަތު ހުރިހާ އެންމެންނަށް ލިބޭ ގޮތަށް އިންސާފުވެރި އިންތިޚާބެއް ބާއްވަން ފުރުސަތު ދިނުމުގެ ބަދަލުގައި ސަރުކާރުން ކަންކަން ކުރަނީ ބަހަނާ ދައްކައިގެން އިންތިޚާބު ފަސްކުރަން." އާދަމް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފު ވަނީ، ކޯވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އޮބްޒަރވް ކުރުމަށް ބައިނަލްއަޤުވާމީ އޮބްޒަރވަރުން ނުގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެެވެ. އެކަމާ ގުޅިގެން އޭނާ ވިދާޅުވީ، ބައިނަލް އަޤުވާމީ އޮބްޒަރވަރުން ނުގެންނަނީ ވޯޓު އޮޅުވާލުމަށް ކަމަށާއި، އިންތިޚާބުގެ މިނިވަންކަން ކަށަވަރު ކުރުމަށް އިލެކްޝަންސް ކޮމިޝަންސްގެ އެ ނިންމުން ބަދަލު ކުރަންޖެހޭ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މާރޗްމަހު 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ކައުންސިން އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ޝެޑިއުލް ކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅައި މަސައްކަތް ކުރަމުންދާއިރު، އެންމެބޮޑު އިސްކަމެއް ދެނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ޕާޓީތަކަށް ކެންޕެއިން ކުރުމުގެ ފުރުސަތު ދިނުމަށްކަމަށެވެ. އެގޮތުން ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އަންނަ ޖެނުއަރީ ފަހެއްގެ ކުރިން އެ ހުއްދަ ނުލިބޭނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ. ފަހެއް ޖެނުއަރީގެ ފަހުން ހުއްދަ ދިނަސް އިންތިހާބު ނުބޭއްވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބަށް އެ ކޮމިޝަނުން އެދިފައިވާ ބަޖެޓްވެސް ލިބިފައި ނުވާކަން އީސީގެ ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު