24 ވަނަ ބައި
..................
ރަމްލާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ ހިތް ބާރަށް ތެޅެއެވެ. ކަންބޮޑުވެފައި ހުރެގެން އޭނާ ފެންވަރާ ކޮޓަރިއަށްގޮސް މޫނު ދޮވެލިއެވެ. އެއާއެކު ކުޑަ ހަމަޖެހުމެއް އޭނާއަށް ލިބުނެވެ. ލައިގެންހުރި ސާޅި ބަދަލުކޮށް ރޭގަނޑުގެ ދޫހެދުން އަޅާލިއެވެ. ކުޑަގޮތަކަށް ބޯ އޮމާން ކޮށްލިއެވެ. ދެން މަޑުމަޑުން ހިނގާފައި ޓީވީ ކޮޓަރިއަށް އަތުވެއްޖެއެވެ. އެވަގުތު ޓީވީއިން ޚަބަރު ކިޔަނީއެވެ. އެކަމަކު އެއްވެސް މީހަކު އެކޮޓަރިއަކު ނެތެވެ.
މިހާތަނުން ކިސްރާ ދައްތަ ސައިމޭޒު ދަމަމުން އެތަނަށް އަތުވެއްޖެއެވެ. އަދި އޭނާގެ ގާތުގައި ބުންޏެވެ. [ކޮފީ ބޯނަން ހެއްޔެވެ؟]
[ހަމަ މިހާރު ތޯއެވެ؟]
[ދެން ކޮންއިރަކު ހެއްޔެވެ؟]
[އަނެއްކާ މެހްމާނަކު އަންނަނީތޯއެވެ؟]
[ނޫނެކެވެ. ޝާންބޭބެ ކޮފީގެވާހަކަ ބުނުއްވީތީ ތައްޔާރުކުރީއެވެ. މިހާރު ޝާންބޭބެ ކޮބައިތޯއެވެ؟]
[ކޮޓަރީގައި އެބަ އޮންނެވިއެވެ.]
[އޭނާގެ އެއްވެސްކަމެއް ދައްތަގެ ކޮޓަރިއަކު އިންތިޒާމް ކުރެވިފައި ނުހުރޭތޯއެވެ؟]
[މޮޔަގަނޑާއެވެ.] ކިސްރާ ދައްތަ ހޭންފަށައިފިއެވެ..... އޭނާއެހެނީ ކީއްވެގެން ކަމެއް ނޭނގެއެވެ... [ދެވަނަ ކުއްޖާ ލިބުނުފަހުން އަހަރެން ކުދިންގެ ކޮޓަރިއަށް އައީއެވެ. އަހަރެން ރޭގަނޑު ހަތަރުދަމު އުޅެންޖެހެނީ ހޭލައެވެ. އެހެން ނަމަވެސް އެއްވެސް ކަމަކާނުލާ އޭނާއަށް އުނދަގޫ ކުރަންވީ ކީއްކުރަން ހެއްޔެވެ؟]
[އެކަމަކު ކުދިންގެ ފަރާތުން އެލިބޭ އުނދަގުލުން މަންމައާއި ބައްޕައަށް އެއްވަރަކަށް ރާޙަތްކުރަން ވާނެއެވެ. ފިރިމީހާއަށްވެސް އެއުނދަގޫ ޖައްސަން ވާނެއެވެ.]
[އެހެންދޯއެވެ...] ކިސްރާ ދައްތަ އާދައިގެ މަތިން ލޯތްބާއެކު ހިނިތުން ވެލަމުން ބުންޏެވެ....
[މިހާރު ދެން ރަމްލާއަށްވެސް ކުއްޖަކު ލިބެނީއެވެ. އަހަރެން ހުރިހާ ވާހަކައެއްވެސް ދެން އަހާނީ ރަމްލާގެ ގާތުންނެވެ.]
އަސްތާއެވެ.... ރަމްލާ ވިސްނާލިއެވެ. އޭނާ ބޭނުންވަނީ ދަރިއަކު ނުލިބި އަބަދުވެސް މިގޮތަށް އުޅުމަށެވެ. އޭނާ އެދެނީ މުޢާޒު އެހެން ކޮޓަރިއެއްގައި ނިދުމަށެވެ. އޭނާއާއި ދުރުގައި އުޅުމަށެވެ.
އެވަގުތު ފޯންކޯލްގެ މަތިން ކުއްލިއަކަށް ހަދާން ވެއްޖެއެވެ. ގަޑި ބަލާލިއިރު ދިހައެއް ޖަހައިފިއެވެ. ކިސްރާ ދައްތަ ސައިތައްޓެއް ހަދައިގެން ތެދުވަމުން ބުންޏެވެ.
ޝާންބޭބެއަށް މިސައިތަށި ދީފައި އައިސް ކޮއްކޮއަށް ސައިތައްޓެއް ހަދާދޭނަމެވެ.]
އެކަށީގެންވާ ވަރަށްވުރެ ގިނައިރުވެފައި އެނބުރި އައިރު އޭނާހުރީ ހެވި ދިލިފައެވެ. އޭނާ ހެމުން ބުންޏެވެ.] ރީތި ފިރިހެނުން ވަރަށް ބޮޑާވެސް ވާނެއެވެ.]
[ކޮން ގޮތަކުންތޯއެވެ؟]
[ސައިތަށި ހިފައިގެން ވަނުމާއެކު ގާތުގައި ބައިދާފައި ދިހަވަރަކަށް މިނިޓްއިރު ވަންދެން ބޯމޮޑެދޭން ބުނީއެވެ.]
ދެން ދައްތަ ބޯ މޮޑެދެއްވީތޯއެވެ؟]
[އާއެކެވެ.]
[އައްޗީއެވެ. އަޅުގަނޑުނަމަކަ ތިޔަކަމެއް ނުކުރާނަމެވެ.] އޭނާގެ ތަސައްވުރުގައި ވަނީ އޭނާގެ ހުތުރު ފިރިމީހާއެވެ. ކިސްރާ ދައްތަ ފަރުވާތެރިކަމާއިއެކު ރަމްލާގެ މޫނަށް ބަލާލިއެވެ. ދެން ބާރަށް ހީގަތެވެ.
[ކޮއްކޯއެވެ. ކައިވެނީގެ ޙަޔާތުގެ އަސްލަކީ ކޮބައިކަން އަދި ރަމްލާއަށް ނުފެންނަނީއެވެ. މަޑުމަޑުންގޮސް ހުރިހާކަމެއް އެނގިދާނެއެވެ.
އާއެކެވެ. ރަމްލާ ހިމޭންވިއެވެ. ދެން ވިސްނަން ފެށިއެވެ.... ކިސްރާ ދައްތަ ސައިތައްޓެއް ހަދާފައި އޭނާގެ އަތަށް ދިނުމުން އޭގައި ހިފިތަނާ އެތެރޭން ކުޑަކޮއްކޮ ރޯއަޑުއިވެން ފަށައިފިއެވެ. ހަމައެއާއެކު ކިސްރާ ދުއްވައިގަތެވެ.
މިފަކީރު މިއުޅޭ ޙާލެއްތާއެވެ....
މަޑުމަޑުން މިހެންބުނެލާފައި ރަމްލާ އެތިއެތި ފޮދުން ސައިބޯން ފަށައިފިއެވެ.... ދިހައެއް ޖަހައިފިއެވެ. އެކަމަކު އަދިވެސް މުޢާޒުގެ ފޯނެއް ނާދެއެވެ... އޭނާ ކްލަބަށް ދިޔަކަން އެނގުމުން މުޢާޒު ނުރުހުންވީ ބާވައޭ ބައެއް ފަހަރު ހިތައް އަރައެވެ. އެހެންނޫނީ އޭނާ އުފަލުގައިވާކަން އެނގުމުން މުޢާޒުވެސް އުފާވީއެވެ.... ފަރުވާލެއް ނެތެވެ.... އޭނާ ކްލަބަށް ދިޔައީ ހިލޭ މީހަކާ އެއްކަކު ނޫނެވެ. ޅިޔަނަކާ އެކުގައެވެ.... މުޢާޒު ފޯންކުރަން ހަދާން ނެތިއްޖިއްޔާ އަދި މާރަނގަޅެވެ. ކުއްލިއަކަށް މައިދައިތަގެ މަތިން ހަނދާން ވެއްޖެއެވެ.... ވަރަށް ރަނގަޅު އަންހެނެކެވެ.
ސައި ބޮއިނިމިގެން އޭނާ ތަށި ބަހައްޓައިފިއެވެ. ޓީވީއަކު މުހިންމު ޕްރޮގްރާމެއް ނެތެވެ. އެހެންކަމުން އޭނާ ތެދުވެގެންގޮސް ޓީވީ ނިވާލިއެވެ. ގޭތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ.
ބަރާބަރު ދިހަގަޑި ބައިގާ ފޯންގެ ރަނގަބީލު ވާން ފަށައިފިއެވެ....
[ރަމްލާއެވެ.] މުޢާޒު ބޭގަރާރު ކަމާއެކު ބުންޏެވެ.
[ލައްބައެވެ.] ރަމްލާ މަޑުމަޑުން ބުންޏެވެ.
[ބައިގަނޑިއިރު ވަންދެން އިންތިޒާރުކުރަން ޖެހުނީ ދޯއެވެ. މާފުކުރާށެވެ. މިފޯނަށް މިވީ ކީއްކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ. ދިހަގަޑި ފަނަރައިން ފެށިގެން އަހަރެން ގުޅަން މަސައްކަތްކުރީމެވެ. އެކަމަކު ގުޅޭގޮތް ނުވީއެވެ. ރަމްލާ އިންތިޒާރު ކުރާނެކަން އަހަންނަށް އެނގެއެވެ. ކިހިނެތް ހެއްޔެވެ؟]
އޭނާ ލޯތާބްއެކު އަހާލިގޮތުން ރަމްލާއަށް ޖަވާބުދޭންވެސް ހަނދާން ނެތުނެވެ.
[މިވަގުތު ތިޔަކުރަނީ ކީއްހެއްޔެވެ؟]
ރޭގަނޑުގެ ހަމަހިމޭން ކަމުގެ ތެރޭގައި ފޯނުން މުޢާޒުގެ އަޑު ފިސާރި ފުރިހަމަވެފައި ފުދޭވަރަކަށް ބަރެވެ. އަސަރުން ފުރިފައިވާކަން ދޭހަވެއެވެ. މިރެއަކީ މިކަން އެންމެ ފުރަތަމައަށް އޭނާއަށް އިޙްސާސްވީ ރެއެވެ. އެއަޑު އިވުމުން އޭނާއަށް ހީވަނީ ހިތުގެ މައްޗަށް ފިނިފެންމާ އޮހެމުންދާ ހެންނެވެ. މީގެ ކުރީގައި އޭނާ އެއްގޮތަކަށްވެސް މުޢާޒުގެ އަޑާމެދު ވިސްނާފައެއް ނެތެވެ.
[އަހަރެންގެ ފުރާނައާއެވެ. އަނގައިން ނުބުނެ ތިއިނީ ކީއްވެފާ ހެއްޔެވެ؟]
މުޢާޒު ދެވަނަ ފަހަރަށް ސުވާލުކުރިއެވެ.
[އަޅުގަނޑުގެ ޙާލު ރަނގަޅެވެ.] އޭނާ މަޑުމަޑުން ބުންޏެވެ.
[ނޫނެކެވެ. އަހަންނަށް ހީވަނީ ރަމްލާގެ ހިތްހަމަނުޖެހޭ ހެންނެވެ. މާބޮޑަށް ފިކުރުކުރަނީ ދޯއެވެ.]
[އަޅުގަނޑު މިއިނީ އުފަލުގައެވެ. ހިތްހަމަ ޖެހިގެންނެވެ.] އޭނާ ހިތާދެކޮޅަށް ހީނލާފައި ބުންޏެވެ. މިހާތަނަށް ދާއިރަށް ކިސްރާ ދައްތަ އައިސް ކައިރީގައި އިށީދެއްޖެއެވެ.
[އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ އަހަރެން މިހުންނަނީ ވަރަށް ހާސްވެފައެވެ.]
މުޢާޒުގެ ސުވާލާގުޅޭ ޖަވާބުގެ ބަދަލުގައި އޭނާ ބުންޏެވެ. [މަންމަ ކޮބައިތޯއެވެ. މަންމަގެ ޙާލު ކިހިނެއް ތޯއެވެ؟]
[މިހާރު މަންމަ އޮންނެވީ ނިދިކުރައްވާފައެވެ. އެހެން ނޫންނަމަ މަންމަ މިތަނަށް ގެނުވީމުހެވެ.] މުޢާޒު ބުންޏެވެ. [މަންމަވެސް އިންނެވީ ރަމްލާއާމެދު ފިކުރު ބޮޑުވެފައެވެ. ކޮންމެ ދުވަހަކުވެސް ރަމްލާ އަންނާނީ ކޮންއިރަކުންތޯ ސުވާލުކުރައްވައެވެ.]
[އަޅުގަނޑު ލަހެއް ނުވާނަމެވެ.] ރަމްލާ މޯޅިވެފައިވާ އަޑަކުން ބުންޏެވެ.
[ނިކަން އަހަރެންގެ އަތަށް ފޯނު ދީބަލާށެވެ.] ކިސްރާ އޭނާގެ އާދައިގެ މަތިން ފޯނު އަތުލައިފިއެވެ.
[ޙާލު ކިހިނެއް ހެއްޔެވެ.]
[ދައްތާއެވެ. އަޅުގަނޑުގެ އަންހެނުން ފޮނުވާނީ ކޮންއިރަކުން ތޯއެވެ.]
[ފޮނުވާ ދީފާނަމެވެ. މާބޮޑަށް ހާސްނުވާށެވެ.]
[ކޮން އިރަކުންތޯއެވެ.... މިހާރު ދެން އެންމެ ރަނގަޅަށް ދުވަސްވެސް ވެއްޖެ ނޫންތޯއެވެ.]
[ލޯބީގައި މޮޔަނުވާށެވެ.] ކިސްރާ ބުންޏެވެ.
[އަޅުގަނޑު މޮޔަވީތާ ކޮންޒަމާނެއް ތޯއެވެ؟] މުޢާޒު ހެމުން ބުންޏެވެ. އެއާއެކު ކިސްރާވެސް ހޭންފަށައިފިއެވެ.
[އަޑުއަހާށެވެ. ދައްތަ ބުނީތީ އަދި އެއްހަފްތާއަށް ލަސްކޮށްލާށެވެ.]
[މިހާރު ދެން ތިޔަ ގޯސްވަނީއެވެ.]
[ނިކަން ދެކެބަލާށެވެ. ރަމްލާ އައިފަހުން އަހަރެން މިއުޅެނީ އެކި ކަންތައްތަކާހެދި ނޭވާ ނުލެވިގެންނެވެ. މާދަމައަކީ އަހަރެން ވިހޭތާ ފަނަރަވަނަ ދުވަހެވެ. އަދި އެއް ހަފާތްއަށް ލާހޫރަށް ގޮސްލުމަށްވެސް އަހަރެންގެ ހިތަށް އެބަ އަރައެވެ. ރަމްލާ އަދި ހުއްޓަދޭށެވެ. އޭރުންއޭނާ ގޮވައިގެން ދިއުމުގެ ނަމުގައި އަހަންނަށް ދެވިދާނެއެވެ. އެހެންނޫނީ ގެއިން ނުކުތުމަކީ ވަރަށް އުނދަގޫ ކަމެކެވެ.]
[އެންމެ ރަނގަޅެވެ. ދައްތައަށްޓަކައި އެއްހަފްތާ ލަސްކޮށްލައިފީމެވެ....] މުޢާޒު ފިނި ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.
[މުޢާޒުއެވެ... ތިޔައީ ވަރަށް ރަނގަޅު ކުއްޖެކެވެ. މާތްރަސްކަލާނގެ ހަނދެއްފަދަ ރީތި ފިރިހެން ކުއްޖެއް ދެއްވާށިއެވެ.]
[ފުރަތަމަ އަޅުގަނޑުގެ ހަނދެއްފަދަ އަނބިމީހާ މިކޮޅަށް އަޔަދެއްވާށެވެ.]
ކިސްރާ ދައްތަ ބާރަށް ހީނގެންފިއެވެ.
[އަމެވެ.... މަނިކުފާނުގެ ހަނދެއްފަދަ އަނބިމީހާއާއި ވާހަކަ ދައްކާލާށެވެ.]
އަނެއްކާވެސް ރަމްލާ ފޯނު އަތްގަނޑުގައި ހިފައިފިއެވެ.
[ރަމްލާއެވެ....] މުޢާޒު ޖަޒުބާތުގައި ތެމިފައިވާ އަޑަކުން ބުންޏެވެ. [އަހަރެން އަދި އެއްހަފުތާގެ ޗުއްޓީ ދީފީމެވެ.]
[ލައްބައެވެ. ވަރަށް ރަނގަޅެވެ....] ރަމްލާ މަޑުމައިތިރި ގޮތަކަށް ބުންޏެވެ.
[އަދި ބުނެބަލާށެވެ.]
[ދެން ކީކޭތޯއެވެ....] ރަމްލާ ބުންޏެވެ.
[ދެން ބުނެބަލާށެވެ.]
ރަމްލާ ހިމޭން ވެއްޖެއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު