އިންޑިއާ އަކީ ބަރޯސާވެވޭ ވަރުގެ އެކުވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރާ ކޮވިޝީލްޑު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު މިއަދު މެންދުރު 2 ޖަހާއިރު އެއާ އިންޑިއާގެ ފްލައިޓެއްގައި ރާއްޖެ ގެންނާނެ ކަމަށް އެޤައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އިންޑިއާގެ އެހީގައި ހެދި ސިންތެޓިކް ޓްރެކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ސަންޖޭ ސުދީރް ވެސް ވިދާޅުވެފައި ވަނީ ބޭސް އުފައްދާ އެންމެ ބޮޑު ގައުމުގެ ހައިސިއްޔަތުން އަވަށްޓެރިންނަށް އިންޑިއާ އިން ވެކްސިން ފޯރުކޮށްދޭނެ ކަމަށާއި، އޭގެ ތެރެއިން ވެސް ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްލައްކަ ޑޯޒުގެ ވެކްސިން ހިފައިގެން އިންޑިއާގެ ފްލައިޓު މިއަދު ރާއްޖެ އަންނާނެ ކަމަށެވެ. އަދި ކޯވިޑް ވެކްސިން އިންޑިއާއިން ރާއްޖެއަށް ދެނީ ހިލޭ އެހީގެ ދަށުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިންޑިއާގެ ދަ އިންޑިއަން އެކްސްޕުރެސްގައި ރިޕޯޓްކޮށްފައިވާ ގޮތުން އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިނެވެ. އެއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މިހާރު ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައިވާ ވެކްސިނެކެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޯވިޑް ވެކްސިން ދޭން ފެށުން ވެގެން ދާނީ މިހާރު ކުރިމަތިވެފައިވާ ޢާލަމީ ވަބާއިން އަރައިގަތުމުގެ ފެށުމަށް ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވާ ބޮޑު ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީވާ ޤައުމަކީ އިންޑިއާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އަކީ "ސުނާމީ އާއި، 1988 ވަނަ އަހަރުގެ ބަޣާވާތާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގެ އިތުރުން ކޯވިޑް-19 ގެ ހާލަތުގައިވެސް އެންމެ ފުރަތަމަ އެހީތެރިވެ، ބަރޯސާ ވެވޭ ވަރުގެ ރަޙުމަތްތެރިއެއް." ކަމަށެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ އިންޑިއާ އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާއި، ބޮޑުވަޒީރު މޯދީ އަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި އިންޑިއާ އިން މިި ސަރަޙައްދުގެ ޤައުމުތަކުގެ ސަލާމަތަށް ދޭ އިސްކަމާއި، ފޯރުކޮށްދޭ އެހީތެރިކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރަށްވާފައެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

Today, an Air India plane will land in Male’ with 100,000 doses of AstraZeneca vaccine - a gift from India. For 🇲🇻 it’s the beginning of the end of this terrible virus. During tsunami, ‘88 coup, water crisis or corona 🦠, 🇮🇳 has been our first responder and dependable friend.
— Mohamed Nasheed (@MohamedNasheed) January 20, 2021
ރައީސް ނަޝީދު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ އިންޑިއާ އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާއި، ބޮޑުވަޒީރު މޯދީ އަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި އިންޑިއާ އިން މިި ސަރަޙައްދުގެ ޤައުމުތަކުގެ ސަލާމަތަށް ދޭ އިސްކަމާއި، ފޯރުކޮށްދޭ އެހީތެރިކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރަށްވާފައެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު