އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ތަށި ނޭމާގެ ބްރެޒިލް ބަލިކޮށް މެސީގެ އާޖެންޓީނާ އުފުލާލައިފިއެވެ.

ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ރޭ ފަތިހު ކުޅުނު ފައިނަލް މެޗް އާޖެންޓީނާ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މިމުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް މި ލިބުނީ 28 އަހަރަށްފަހުއެވެ. އާޖެންޓީނާއަށް އެންމެ ފަހުން ބައިނަލްއަޤުވާމީ މުބާރާތެއްގެ ޗެމްޕިއަންކަން ލިބިފައިވަނީ 1993 ވަނަ އަހަރުއެވެ.

ރޭގެ މޮޅު އެންމެ ބޮޑަށް ޚާއްސަވަނީ އާޖެންޓީނާގެ ކެޕްޓަން އުމުރުން 34 އަހަރުގެ ލިއޮނަލް މެސީ އަށެވެ. މިއީ އޭނާ ގައުމީ ޓީމާ އެކު ކާމިޔާބުކުރި ބޮޑު ފުރަތަމަ މުބާރާތެވެ. މީގެ ކުރިން މެސީ ވަނީ ގައުމީ ޓީމާ އެކު ހަތަރު ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. އެއީ ކޮޕަ އެމެރިކާ ފައިނަލުން ތިން ފަހަރު އަދި ވޯލްޑް ކަޕް ފައިނަލުން އެއް ފަހަރު އެވެ.



ރޭގެ މެޗުގެ ވަރަށް ކުރީކޮޅު އާޖެންޓީނާއިން ވަނީ ބްރެޒިލްގެ މައްޗަށް ލީޑު ނަގާފައެވެ. މެޗްގެ 21 ވަނަ މިނެޓްގައި މެޗްގައި ޖެހި ހަމައެކަނި ލަނޑު ޖަހާދިނީ އެންހެލް ޑިމާރިއޯއެވެ.



މިއީ ބްރެޒިލްގައި ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެއްގައި އެ ޓީމަށް ތަށި ނުލިބި ނިންމާލަން ޖެހުނު ފުރަތަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން