މި ހިއްސާކޮށްލަނީ މަޖީދިއްޔާ ސްކޫލުގެ ތާރީޚުގެ ތެރެއިން ވަރަށް މުހިއްމު މައުލޫމާތެކެވެ. އާދެ، މަޖީދިއްޔާ ސްކޫލު ވުޖޫދަށް އައިގޮތުގެ ވާހަކައެވެ. ދިވެހި ތާރީޚުގައި އެކި ދުވަސްވަރު ހިނގާފައި ހުރި ކަންކަން އެކި ބޭފުޅުން އެކި ގޮތްގޮތަށް ރެކޯޑު ކުރައްވާފައިވެއެވެ. އޭގެ ތެރެއިން އަޅުގަނޑުމެންނާ ހަމަޔަށް ތިލަވެފައި ހުރީ ވަރަށްވެސް މަދު އެއްޗެކެވެ. މިގޮތުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ގެ ރަސްކަމުގެ ދުވަސްވަރުގައި ހިނގާފައިވާ ކަންކަން ރެކޯޑުކޮށްފައިވާ ޔައުމިއްޔާއަކީ ދިވެހި ތާރީޚު ދިރާސާކުރަން ބޭނުންވާ ބަޔަކަށް ފަސޭހައިން އަތުޖެހެން އޮތް ފޮތެކެވެ. އެ ފޮތުގެ ނަކަލެއް ދިވެހި ބަހުގެ އެކެޑަމީގެ ލައިބްރަރީގައި އެބައޮތެވެ. ތިރީގައި މި ނަކަލުކޮށްލަނީ ފަށަމުން އަޅުގަނޑު މިދެންނެވި ތާރީޚީ މައުލޫމާތު އެ ޔައުމިއްޔާގައި އޮތް ގޮތަށެވެ.
"مصر ގެ جامع الأزهر ގައި 13 އަހަރު عرب ކިޔަވައިގެން ދުރުވި ކެލާ شيخ ابراهيم الأزهري މާލެ ދުރުވީމާއި މިދިވެހިރާއްޖޭގައި ރަގަޅު علم ވެރިޔަކު ކިބައިން علم ކުދިންނަށް އުގަންނަވާދިނުން ނުވާކަމުން شيخ ابراهيم ލައްވާ ކުދިންނަށް عرب علم އުގަންނަވާދެއްވުމަށް السّلطان محمد شمس الدين إسكندر ރަދުން ބޮޑުންނާއި މަޖިލީސްކުރައްވައި ގަސްތުކުރައްވައި ރަދުންގެ ސައްބީސް ވަނަ އަހަރު شوّال مه 17 ވީ ބުދަ ދުވަހު ކިޔަވާދެއްވުމަށް ފެއްޓެވިކަމު ހަދާން. މިކިޔަވާދޭނޭ ތަނެއް ނެތްކަމުން مدرسة ޔެއް ހެއްދެވޭދެން ފަޑިޔާރުގޭގައި ކިޔަވާ ދިނުމަށް ފެއްޓެވޫއެވެ. މިކިޔަވާދިނުމުގައި ކިޔަވާދިނުމަށް شيخ ابراهيم الأزهري ޔާއި حوال ކުރައްވައި އެކަންތައްކުރައްވާ ބެލެހެއްޓެވުމުގެ ވެރިކަން النائب حسين صلاح الدين ބަންޑާރަނާއިބު މަނިކުފާނާ حوال ކުރައްވައި އެކިޔަވާދިނުމަށް شيخ ابراهيم ގެ މައްޗަށް އެހީތެރި مسا عد ންނަށް النائب عبدالله މަނިކުފާނާއި النائب محمد تكرفاناއި އެތެރެކޯއިލު މިސްކިތު މަލިން موسى ކަލޭގެފާނާއި ނާއިބު ތުއްތޫގެ ކަޅުތުއްތުވާއި މިހަތަރުކަލުން ލެއްވޫއެވެ. މިދުވަހު މާލެޔާއި އެހެނެހެން ރަށްރަށުން އެކު (٤)٦٩ ކުދީން ކިޔަވާންފެށިކަމު ހަދާން. سنة ١٣٤٥"
މި ލިޔުމުން ވަރަށް މުހިއްމު އެކަމަކު އާއްމުކޮށްވެސް އަދި ޚާއްޞަކޮށްވެސް ފާހަގަ ނުކުރާ ނުކުތާއެއް ފާހަގަވެގެން އެބަދެއެވެ. އެއީ ހިޖުރައިން 1345 ވަނަ އަހަރުގެ ޝައްވާލު މަހު 17 ވީ ބުދަ ދުވަހު ހުޅުވުނު މަދަރުސާ ހުޅުނު ސަބަބާއި މަގުސަދެވެ. އާދެ އެއީ ޖާމިޢުލްއަޒްހަރުން އަރަބިބަހުން ނުހަނު މައްޗަށް އިލްމު ހާސިލްކޮށްގެން ދުރުވި ކެލާ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ ފަދަ ރަނގަޅު އިލްމުވެރިޔެއްގެ ކިބައިން ދިވެހި ދަރީންނަށް އަރަބި އިލްމު އުނގަންނަވައިދެއްވުމުގެ މާތް މަގުސަދުގައެވެ.
ދެވަނައަށް ފާހަގަކުރެވުނު ނުކުތާއަކީ މަޖީދިއްޔާގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަސް ގޯސްކަމެވެ. 1958 ވަނަ އަހަރުން ފެށިގެން މަޖީދިއްޔާގެ އަހަރީ ދުވަސް ފާހަގަކުރަނީ މީލާދީ ތާރީޚުންނެވެ. އެއީ 19 އޭޕްރީލް 1927 ކަމަށް ބަލައިގެންނެވެ. އެހެންނަމަވެސް މި ލިޔުމުގައި އެ ދުވަހަކީ ހިޖުރައިން 1345 ވަނަ އަހަރުގެ ޝައްވާލު މަހުގެ 17 ވީ ބުދަ ދުވަސް ކަމަށް އޮތުމުން، ބުދަޔަށް ބަލައިގެން މީލާދީ ތާރީޚަކަށްވަނީ 20 އޭޕްރީލް 1927 އެވެ. ވީމާ މަޖީދިއްޔާގެ އަހަރީ ދުވަހަކަށް ވާންޖެހޭނީ 20 އޭޕްރީލްއެވެ.
ދެން މި ލިޔުމުގައި ދަރިވަރުންގެ އަދަދު ޖަހާފައި އެވަނީ އޭގައި އޮތް އެއްޗެއް ފިލަން އޮތް ގޮތަށެވެ. ބްރެކެޓުގެ ތެރޭގައި އޮތް ٤، މިއީ ފޮޅުވަތުގައިވާ އަކުރުތަކަށްވުރެ ތަންކޮޅެއް މަތީގައި ލިޔެފައި އަދަދެކެވެ. ކޮންގޮތަކުން ޖަހާފަ އޮތް އެއްޗެއް ކަމެއް ނޭނގެއެވެ. މިވަގުތު ދަރިވަރުންގެ ސީދާ އަދަދު ބަލަން އިތުރު މަސްދަރެއް ނެތުމުން ފެންނަން އޮތް ގޮތަށް ބޭއްވީއެވެ.
އާދެ، މަޖީދިއްޔާގެ ނަމުގެ ބަހުސަކީވެސް ދިގު ބަހުސެކެވެ. އެއްބަޔަކު އެންމެ އެކަށީގެންވާ ނަމަކީ ޞަލާޙިއްޔާ ކަމަށް ބުނާއިރު މި ލިޔުމަށް ބަލައިގެން އެންމެ އެކަށީގެންވަނީ ރުޝްދިއްޔާ ކަމަށްވެސް މީހަކު ބުނެފާނެއެވެ. އަދި ހަމަ އެހެންމެ ޝަމްސުއްދީން ސްކޫލުކަމަށްވެސް މީހަކު ހަމަ ބުނެފާނެއެވެ. ކޮންމެ ގޮތަކުން ނަންދެވުނަސް މަޖީދިއްޔާއަކީ ފަޚުރުވެރި ތާރީޚެއް ލިބިގެންވާ ސްކޫލެކެވެ. ސްކޫލުގެ ފެށުން ކަމުގައިވި އެންމެހައި ބޭބޭފުޅުންނާއި ބޭބޭކަލުންގެ ނަން ފާހަގަކޮށް އެބައިމީހުންނަށް ހައްގު މަގާމާއި ގަދަރު ދޭންޖެހެއެވެ.
ލިޔުނީ މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރު މުޙައްމަދު ނާޖިޙު

ކިޔުންތެރިންގެ ހިޔާލު