ނ. ހޮޅުދޫ، މިންވަރު، ޢަބްދުﷲ ރަޖީޙު
ނ. ހޮޅުދޫ، މިންވަރު، ޢަބްދުﷲ ރަޖީޙު
ގެވެށި އަނިޔާގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިޢުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ ނ. ހޮޅުދޫ، މިންވަރު، ޢަބްދުﷲ ރަޖީޙު އަށެވެ. އޭނާ ހާޒިރުކުރެވެނީ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށް ފުލުހުންގެ އިޢުލާނުގައިވެއެވެ. އެހެންކަމުން އޭނާ 2021 އޮކްޓޯބަރ 20 ވަނަ ދުވަހުގެ 13:00 އަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ޙާޟިރު ވުމަށް ފުލުހުން ވަނީ އަންގާފައެވެ.

މީނާ ހޯދުމަށް އިޢުލާނު ކޮށްފައިވަނީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށް ފުލުހުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން