އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ދެ ކޮމެޓީއަކަށް ފޮނުވައިފި އެވެ.
މަޖިލީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވާފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ދެ ކޮމިޝަނެއް އުފެއްދެވި ނަމަވެސް އެ ދެ ކޮމިޝަނުން އެއްވެސް މައްސަލައެއްގެ ތަހުގީގު މިހާތަނަށް ނިންމާފައިނުވާއިރު އެދެވޭ ނަތީޖާއެއް ވެސް ނެރެވިފައެއް ނުވެއެވެ.
އެހެންވެ، އެ މައުލޫމާތު ސާފު ކުރުމަށާއި އެ މައްސަލަތަކުގައި ދައުވާކުރުން ލަސްވަމުންދާ ސަބަބުތައް ސާފުކުރަން މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒެވެ.
ބޮޑުޚިޔާނާތާއި މަރުތަކާއި ގެއްލުވަލާފައިވާ މީހުންގެ މައްސަލަތައް ކުރިއަށް ނުދާތީ ރައީސް ނަޝީދުވެސް ވަނީ އެކަން ފާހަގަ ކުރައްވައި ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލުގައި އޮންނެވުމަކީ އިންސާފު ކަމަށް ދެކެވަޑައި ނުގަންނަވާ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު