ބައިބަލާ މުބާރާތް މިއަހަރުވެސް އޮންނާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
ބައިބަަަލާ އެސޯސިއޭޝަނުން ބުނީ ކޮންމެ އަހަރަކުވެސް ފިތުރު ޢީދާއި ގުޅުވައިގެން އެ އެސޯސިއޭޝަނުން ބާއްވާ ބައިބަލާ މުބާރާތް 2 އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު އޮންނާނެ ކަމަށެވެ. މިއަހަރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ "ބައިބަލާ ޗެލެންޖް 1443" ގެ ނަމުގައެވެ.
އެސޯސިއޭޝަނުން ބުނީ މިހާރު ކުރިޔަށްދަނީ މުބާރާތަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.
ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ބައިބަލާ މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެއަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމަށް 1 ލައްކަ ރުފިޔާ ދީފައިވާއިރު، ރަނަރ-އަޕް ޓީމަށް 40،000 ރުފިޔާ ވަނީ ދީފައެވެ. އަދި "މިސްޓަރ ބައިބަލާ" އަށް 10،000 ރުފިޔާގެ އިނާމެއް ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު