ޓިލަހަން ވޯލްޑެމައިކަލް
ޓިލަހަން ވޯލްޑެމައިކަލް
އިތިއޮޕިއާގައި ކޯވިޑް-19ޖެހުނު އުމުރުން 114 އަހަރުގެ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ބީބީސީ އިން ބުނެފިއެވެ.

ނަސާރާ ދީނުގެ ފާދިރީ އެއް ކަމަށްވާ ޓިލަހަން ވޯލްޑެމައިކަލް ނަމަކަށް ކިޔާ މި މީހާއަށް ބަލިޖެހިފައިވާކަން އެނގުނީ، އޭނާ ދިރިއުޅޭ ސަރަހައްދުގައި ނެގި ރެންޑަމް ސާމްޕްލިން އެއްގައި އޭނާ ބައިވެރިވެ ހެދި ޓެސްޓުންނެވެ. އޭނާ އަށް ބަލިޖެހިފައިވާކަން އެނގުނު ވަގުތުން ފަށައިގެން އޭނާ އެޑްމިޓް ކޮށް ފަރުވާދޭން ފެށުމުގެ ސަބަބުން މާ ބޮޑަށް ހާލު ސީރިއަސް ނުވެ މީހާރު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

އުމުރުން ދުވަސްވީ މީހުންނަށް ނުރައްކާ ބޮޑު މި ބަލިން ވޯލްޑެމައިކަލް މަރުނުވެ ފަސޭހަވުމަކީ އާދަޔާއި ހިލާފުކަމެއްކަމަށް ޑޮކްޓަރުން އިތުރަށް ބުންޏެވެ. އަދި ވޯލްޑެމައިކަލް އަށް 114 އަހަރުވެފައިވާކަން ކަށަވަރު ނުވިއަސް 109 އަހަރަށްވުރެ އުމުރުން ދުވަސްވެފައިވާކަން ޔަގީން ކަމަށް އޭނާ ބެލި މެޑިކަލް ޓީމުން ބުނެއެވެ.

އާއިލާ އިން 114 އަހަރުވެފައިވާ ކަމަށް ބުނާ ވޯލްޑެމައިކަލްގެ ހަޔާތުގައި އޭނާ ވަނީ ނަވާރަސަތޭކައިގެ އަހަރުތަކުގައި އިޓަލީވިލާތުގެ އިސްތިއުމާރީ ދުވަސްތަކާއި އިތިއޮޕިއާގައި އޮތް ރަސްކަން ނިމިގެންދިޔަ ދުވަސްތައް ތަޖުރިބާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން