الله سبحانه وتعالى އެދިވޮޑިގެންވަނީ އެކަލާނގެ ދީން މަތިވެރިކުރެއްވުމަށެވެ. ދުނިޔޭގައި އެންމެ މަތީ މަޤާމެއް ލިބިފައިވާ ފިކުރީ ނިޒާމަކީ އިސްލާމްދީންކަމުގައި ލެއްވުމަށެވެ. ނަމަވެސް އަސްބާބުތަކުގެ ދުނިޔޭގައި އިސްލާމްދީނަށް ފިކުރީގޮތުން އެންމެމަތީ މަޤާމު ލިބުމަށްޓަކައި ދުނިޔޭގެ ވެށި އެކަމަށް ފަހިވާން ބޭނުންވެއެވެ.
މާތް ﷲ އެތަކެއްހާސް އަހަރުގެ މަރުޙަލާގެ ތެރެއިން ފަހުޒަމާނުގެ ނަބިއްޔާގެ މަސައްކަތްޕުޅަށް އެކަށޭނެ މޫސުމެއް ތައްޔާރު ކޮށްދެއްވިއެވެ. އިތުރު ސާހިބާ އެމަސްރަޙު ވިސްނައިވަޑައިގެންނެވިއެވެ. ޙިކުމަތްތެރިކަމާއެކު އެފުރުޞަތުގެ ބޭނުން ހިއްޕަވައި އިސްލާމްދީނަށް ދުނިޔޭގެ އެންމެ މަތިވެރި ފިކުރީ ނިޒާމުގެ މަޤާމު ހޯއްދަވައިދެއްވިއެވެ.
އަރަހުށި މާތް ﷲ މިހާރު އަނެއްކާވެސް ވަނީ ވޭތުވެދިޔަ އެތައްހާސް އަހަރެއްގެ ތާރީޚީ ސަބަބުތަކުގެ ނަތީޖާއިން އިސްލާމްދީނަށް ނަޞްރުލިބުމަށް މަގުފަހިވާގޮތަށް ދުނިޔޭގެ ވެށި ތައްޔާރު ކޮށްދެއްވައިފައެވެ. އަޅުގަނޑުމެން އެވެށީގެ ބޭނުންކޮށްގެން ދުނިޔޭގައި އަލުން އިސްލާމްދީނަށް އެންމެ މަތިވެރި ފިކުރީ ނިޒާމުގެ މަޤާމް ހޯދުމަށެވެ. މާޟީގައި އެދީނަށް ލިބިފައިއޮތް މަތިވެރި މަޤާމާއި ކާމިޔާބީ ޙާޞިލު ކުރުމަށެވެ.
ނަމަވެސް ލިބިފައިމިވާ އެކަށޭނެކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ހަރުދަނާކަމާއެކު ގަދައަޅައި މަސައްކަތްތަކެއް ކުރުންވަނީ ބޭނުންވެފައެވެ. އެމަސައްކަތް ބިނާވެފައި އޮންނާންޖެހޭނީ ޙާލަތު ފުންކޮށް ވިސްނައިގަތުމުގެ މައްޗަށެވެ. ރައްދު ޢަމަލުގެ ނަފްސިއްޔާތުން އެއްކިބާވެތިބެ، ޕޮޒިޓިވްކޮށް މަސައްކަތްކުރަން ދަތުމުގެ މައްޗަށެވެ. އެމަސައްކަތްކުރާ ބަޔަކު ވާންޖެހޭނީ އެހެން ހުރިހާ އިޙުސާސްތަކެއް ޤުރުބާން ކުރުމަށްފަހު ހަމައެކަނި ދީން މަތިވެރި ކުރުމަށްޓަކައި މަސައްކަތްކުރާ ބަޔަކު ކަމުގައެވެ. އެބަޔަކު ވާންޖެހޭނީ އިލާހީ ޙިކުމަތްފުޅުން މަގުހޯދައިގެން ތެދުވާ ބަޔަކު ކަމުގައެވެ. އިންސާނީ ކުށްވިސްނުމުގެ މައްޗަށް ބުރަވާ ބަޔަކު ކަމުގައެއް ނޫނެވެ. އެމަސައްކަތަށް ބާރުދޭ އަޞްލަކަށް ވާންޖެހޭނީ الله سبحانه وتعالىގެ މަތިވެރިވަންތަކަން ހާމަކުރުމެވެ. އެކަންކުރާ ބަޔެއްގެ ޤައުމީ ފަޚުރުވެރިކަމުގެ ނުވަތަ ދުނިޔެވީ މަތިވެރިކަމުގެ ދިދަ ވިހުރުވުމެއް ނޫނެވެ. އިސްވެދިޔަތާނގައިވެސް މާތް ﷲ ގެދީނަށް ނަޞްރާއި ކާމިޔާބީ ހޯދައިދީފައިވަނީ މިދެންނެވިފަދަ މީހުންނެވެ. މިއަދުވެސް މާތް ﷲ ގެ ދީން މަތިވެރިކުރެވޭނީ އެފަދަ މީހުންނަށެވެ.
މިއާޚިލާފަށް، މަސައްކަތެއް ކުރެވުމަކީ މަތިމަތީގެ އަޑުއެރުވުންތަކުން މީހުންތަކެއް އެއްކުރުން ކަމުގައި ދެކޭ ނުވަތަ ދިމާވާ ކޮންމެ މައްސަލައަކާމެދު ދުވެ ހޯބޯލައްވަންފަށާ މީހުންނަށް ކުރެވޭނެކަމަކީ މާތް ﷲ ތަނަވަސް ކޮށްދެއްވާފައިވާ ފުރުޞަތުތައް ބަރުބާދުކުރުމެވެ. އެފަދަ މީހުންނަކީ މާތް ﷲ ފަހިކޮށްދެއްވާފައިވާ ފުރުޞަތުތައް ނަގައިލާ މީހުންނެވެ. އެފަދަ މީހުންނަކީ ﷲ ފަހިކޮށްދެއްވާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައި އެކަލާނގެ ދީނަށް ކާމިޔާބީ ހޯދައިދެވޭނޭ ބަޔަކު ކަމުގައެއް ނުވާނެއެވެ.
ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)
********
މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު