ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާމެދު ޑިމޮކްރެޓްސްގެ ރަސްމީ ނިންމުން މިރޭ އިޢުލާނުކުރުމަށް ހަމަޖެހިއްޖެއެވެ.

މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޑިމޮކްރެޓުން ރަސްމީކޮށް ގޮތެއް ނިންމާނީ މިރޭ 21:00 ގައި އޮންނަ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުންގެ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރެއްވިއިރު 15839 ވޯޓާއެކު ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އިލިޔާސްއެވެ.

ޑިމޮކްރެޓުން ވަނީ ދެވަނަ ބުރުގައި އިއްތިހާދުވާނެ ޕާޓީއެއް ނިންމަށްޓަކައި އިންތިޚާބުގައި ދެވަނަބުރަށް ދަތުރުކުރި އެމްޑީޕީ އާއި ޕީޕީއެމާއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ނިޒާމީ ވޯޓެއްގެ ހުށައެޅުން ޑިމޮކްރެޓުންގެ ފަރާތުން ދެޕާޓީއަށްވެސް ހުށައަޅާފައިވާއިރު އެކަމުގައި އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ޕީޕީއެމްއާއެކު ކުރިއަަށްދިޔަ މަޝްވަރާތައް ހުއްޓުނީ އެއްވެސް ކަމަކާ އެއްބަސްވެ، ސޮއިކޮށްގެން ކުރިއަށް ދާން ޕީޕީއެމުން އެއްބަސްނުވާތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން