ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ނަންބަރު އައިނު ހެއްދުމާގުޅޭ ސަރުކާރުގެ ސިޔާސަތު މުރާޖަޢާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

އަމިއްލަ ފަރާތަކުން މީސްމީޑިއާގައި މިއަދު ޙިއްސާކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއެއްގައި ވަނީ، އަމިއްލަ ފަރާތްތަކުން އައިނު ހެއްދުމުގައި އުފުލަންޖެހޭ ތަކްލީފް ނިމުމަކަށް ގެނައުމަށްޓަކައި، ސަރުކާރުގެ ސިޔާސަތު މުރާޖަޢާ ކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

މިސިޓީ އަކީ އައިނު ހެއްދުމުގައި އަމިއްލަ ފަރާތްތަކަށް މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދުމަށް އެދި ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީއެއްގެ ޖަވާބެވެ.

"މިހާރު އެކުލަވާލާފައިވާ ސިޔާސަތު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއޮފީހުން ވަނީ ކަމާގުޅޭ އިދާރާތަކުގައި ދަންނަވާފައެވެ." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.



ރާއްޖޭގައި ލޮލުގެ ފެނުމުގައި ދަތިތައް ކުރިމަތިވެފައިވާ އެތައް ބަޔަކު ދިރިއުޅޭއިރު އައިނު ހެއްދުމަކީ ނިސްބަތުން ޚަރަދު ބޮޑު ޚިދުމަތެކެވެ.

ސަރުކާރުގެ ސިއްޙީ އިންޝުއަރެންސްގެ ނިޒާމް، އާސަންދައިގެ ދަށުންވެސް އައިނުގެ ޚިދުމަތް ލިބެނީ ދެއަހަރުން އެއް އަހަރުއެވެ. އަދި އެކަމުގައިވެސް އާސަންދައިން ވަކި ސީލިންގެއް ކަނޑައަޅާފައި ވުމުން އާސަންދައިން ކަވަރުކުރާ ޢަދަދަށް ވުރެ ބޮޑު ޢަދަދެއް ޚިދުމަތް ލިބިގަންނަ މީހުންގެ އަތުން ޚަރަދުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ކިޔާމީހާ

19-Feb-2024

އަވަސް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރަން



ޓްރެންޑިން