އިންޑިއާގެ ކޮޗިންގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ހިނގި މިއެކްސިޑެންޓެއްގައި ދިވެހި ތިން އަންހެނަކަށް ސީރިއަސް އަނިޔާތަކެއްވެ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކުގެ މޫނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށްވެއެވެ.
މިއެކްސިޑެންޓްގައި އަނިޔާވީ ރ. އަލިފުއްޓަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަންހެނަކަށާއި، 50 އަހަރުގެ އަންހެނަކަށާއި، 54 އަހަރުގެ އަންހެނަކަށެވެ. ތިން މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު ބައެއް މީހުންގެ ހާލަތު ސީރިއަސްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިއެކްސިޑެންޓް ހިނގީ ޑޮކްޓަރަށް ދެއްކުމަށްފަހު ކޮޗިން އިން ޓްރިވެންޑްރަމަށް ދަތުރުކުރަނިކޮށް ކާރު ދުއްވަން އިން ޑްރައިވަރު ހައިވޭގެ އެއްފަރާތެއްގައި ކާރު މަޑުކޮށްލި ވަގުތު އަނެއް ކޮޅުން އައި ކާރުގައި ޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު