ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ވަގުތު އެއް ގަޑިއިރު އިތުރުކުރަން ޤައުމީ ލަފާދޭ ކޮމިޓީން އިލެކްޝަން ކޮމިޝަން ގައި އެދިއްޖެއެވެ.

އީސީން މިހާރު ނިންމާފައިވަނީ މަޖިލީސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އޭޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައި ކަމަށް އީސީން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ ވޯޓުލާ ދުވަހު ވޯޓުލާ ގަޑިއަަށް އިތުރު ބަދަލެއް ގެނައުމުގެ ބަދަލުގައި މިހާރު އެކަމަށް ބަދަލެއް ގެނައުމާމެދު ޤައުމީ ލަފާދޭ ކޮމިޓީން ގޮތެއް ނިންމަވައިދެއްވުން އެދޭ ކަމަށެވެ.

އެގޮތުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ ފަރާތްތަކުން ވަނީ ވޯޓުލާ ވަގުތަށް އެއްގަޑިއިރު އިތުރު ކުރުމަށް ތާޢީދު ކުރަށްވާ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިޚާބާ ގުޅޭ 41 މައްސަލައެއް އީސީ އަށް ހުށައަޅާފައިވާއިރު އޭގެ ތެރެއިން 39 މައްސަލައެއް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ތައްޔާރީތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

މަޖިލީސް އިންތިހާބުގައި 93 ދާއިރާއަށް 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރާއިރު ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން