ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބޮން ގޮއްވާލުމާއި ވައިގެ ހަމަލާތައް ވަރުގަދަވުމުން ގޮސް އިސްރާއީލުގެ ސިފައިން ފަލަސްތީނަށް ދިން ހަމަލާތަކުގައި ފަސް ނޫސްވެރިއަކު މަރާލައިފި އެވެ.
ހޮނިހިރު ދުވަހު ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އިސްރާއީލުން ވަކިވަކިން ދިން ހަމަލާތަކުގައި ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި ތިބި ތިން ނޫސްވެރިއަކާއ ޣައްޒާ ސިޓީގައި ތިބި ދެ ނޫސްވެރިއަކު މަރުވެފައިވާ ކަމަށެވެ.
ފާއިތުވި އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަނގުރާމައިގައި މިހާތަނަށް 158 ނޫސްވެރިން ވަނީ މަރުވެފައެވެ.
ނޫސެއިރާތުގައި މަރާލި ނޫސްވެރިންނަކީ ފަލަސްތީނުގެ މީޑިއާ އެޖެންސީގައި މަސައްކަތް ކުރާ އަމްޖަދު ޖަހުޖޫހާއި ރިޒްގު އަބޫ އަޝްކިއަން އާއި ޣައްޒާގެ އިސްލާމިކް ޔުނިވާސިޓީ ރޭޑިއޯގައި މަސައްކަތް ކުރާ ވަފާ އަބޫ ދަބާން އެވެ.
އަބޫ ދަބާން އާއި ޖާހުޖޫ އަކީ ދެމެފިރިންނެވެ. ހަނގުރާމައިގައި ދެ ނޫސްވެރިންގެ ދަރިންވެސް މަރުވެފައިވާ ކަމަށް އަލްޖަޒީރާގެ ޓީމުން ބުނެ އެވެ. ނޫސެއިރާތަށް ދިން ހަމަލާގައި 10 މީހުން މަރުވި އެވެ.
ފަލަސްތީނުގެ ނޫސްވެރިން ކަމަށްވާ ސާދީ މަދޫހު އާއި އަހުމަދު ސުއްކާރު ހުކުރު ދުވަހު މަރާލާފައި ވަނީ ޣައްޒާ ސިޓީގެ ދަރަޖް އަވަށްގައި ހުރި ގެއަކަށް އިސްރާއީލުން ދިން ހަމަލާތަކެއްގައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައަކީ ނޫސްވެރިންނާއި މީޑިއާގެ މަސައްކަތްތެރިންނަށް އެންމެ ނުރައްކާތެރިކަމާއި ބިރުވެރިކަން އިހުސާސް ކުރަން ޖެހުނު ހަނގުރާމަކަން ފާހަގަ ކުރެވެއެވެ.
ޣައްޒާގައި މަރުވި ފަލަސްތީނުގެ ނޫސްވެރިންގެ އަދަދު ނިއުޔޯކުގައި ހުންނަ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުގައި ރިކޯޑުކުރެވިފައި ހުރި އިރު އެ ނޫހުން ބުނާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް މަރުވި މީޑިއާ މަސައްކަތްތެރިންގެ އަދަދު 108 އަށް ވަނީ އަރާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު