އެޕިސޯޑް 05
................
[ކިރިޔާ އަޑެއް އިވޭއިރަށް މާބޮޑު ކަމަކަށް ހަދާކަށް ނުވާނެ. އަޅާނުލާބަލަ. ދެން ލަމްހާމެން ބައްދަލުކުރަން އެތަނަށް ނުދިޔައީމަވީނުން.] ސާދުނާ ލަމްހާއަށް ލަފާދިނެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވިސްނުމަށްފަހު، ލަމްހާ އެވާހަކަ އަދުހަމް ގާތު ބުނީ އެދުވަހު އަދުހަމް ގުޅީމައެވެ. އޭރު އަދުހަމްވެސް ހުރީ އެގޮތަށް ނިންމައިގެންކަމުން، އެކަންތައްވެސްވީ އިއްތިފާޤަކަށެވެ.
އެދުވަހު ދެމީހުން ވާހަކަ ދައްކައި ގޮތެއް ނިންމުމަށްފަހު، ބައްދަލުވެ ވާހަކަ ދައްކާލަންދާން ހަމަޖެހުނީ ހެދިގޮނޑުދޮށު ސަރަޙައްދުގއިވާ ކެފޭތަކުގެ ތެރެއިން ތަނަކަށެވެ. އެއީ ކުރިން އަދުހަމް ޝިޔާޒާއެކު ނިކަން ގިނައިން ގޮސް އުޅުނު ތަނަކަށްވުމުން، އެތާނގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް އަދުހަމް ދަނެއެވެ.
އެހެންކަމުން، އެރޭ އަދުހަމް އައިސް ވަނުމާއެކު، ވެއިޓަރުގެ އިތުރުން ސޭޓްވެސް އަދުހަމްމެން ތިބި މޭޒު ކައިރިއަށް އައެވެ. އޯޑަރު ނެގީވެސް ޚުދު ސޭޓެވެ. އެއީ ވިޔަފާރީގެ ތިޔަަރީއެކެވެ. ތަނަށް ވަންނަ ކަސްޓަމަރުން (ޚިދްމަތް ލިބިގަންނަ މީހުން)ނަށް އަޅާލަންވާނީ އެކަނި ވެއިޓަރެއް ނޫނެވެ. ސޭޓަކީވެސް އެހެން މީހުނާ ގުޅޭ، ހިނިތުންވުމުގެ މޫނެއްގެ ވެރިޔަކަށްވާންވާނެއެވެ.
އެތާނގެ ސޭޓް ޢަލީ ހާޝިމަކީ އެފަދަ ހީވާގި ހިންގުންތެރި ސޭޓެކެވެ.
[ކޮބާ، މިރޭ ޝިޔާޒް.....ޝިޔާޒް އަންހެންކޮށްލީތަ؟] ޢަލީ ހާޝިމް ސަމާސާކޮށްލިއެވެ.
[މީ އަހަރެންގެ ވާންއުޅޭ އަނބިމީހާ.....މިތަނަށް އަންނަން ޝިޔާޒަށް ގުޅިން. އެކަމަކު އޭނާ ފޯނު އޮފްކޮށްފަ އޮތީ....] އަދުހަމް، ލޯބިވެރިޔާ ސޭޓަށް ތަޢާރަފްކޮށްދެމުން ބުންޏެވެ.
[އިންޑިޔާ ކުއްޖެއްދޯ؟] ސޭޓް، ލަމްހާގެ މޫނަށް ބަލަން ހުރެފައި އެއްސެވެ. ޙަޤީޤަތުގައިވެސް އޭނާ ހީކުރީ އެއީ ބޭރު ކުއްޖެއް ކަމަށެވެ.
[އިންޑިޔާ ކުއްޖެކޭ....ސީދާ ހަތަރުކަށިމަތި މާލޭ....ދޯ ލަމްހާ....] ސޭޓަށް ޖަވާބު ދިނުމަށްފަހު، އަދުހަމް ލަމްހާއަށް ދޯދިނެވެ. ލަމްހާ ހިނިތުންވެލިއެވެ.
ސޭޓް އެކަންޏެއް ނޫނެވެ. އެއީ ވަރަށްގިނަ މީހުން ބުނާ ވާހަކައެކެވެ. އޭނާ ބޮޑަށް ފާޑުވަނީ ބޮލީވުޑްގެ ތަރި އައިޝްވާރްޔާ ރާއީއާއޭ ވަރަށްގިނަ މީހުން ބުނެއެވެ.
އެރޭގެ ބައްދަލުވުމުގައި، އަދުހަމް އޭނާގެ ޢާއިލާއަށް ލަމްހާ ތަޢާރަފް ކުރަން ވިސްނާ ވާހަކައާއި، ދެތިން ދުވަސްތެރޭ އޭނާއާއެކު އޭނާގެ މައިންބަފައިންނާ ބައްދަލުކުރަން ދާންވާނޭ ކަމަށް ބުންޏެވެ.
[އަދޫގެ މަންމަމެނާ ބައްދަލުކުރަން ވިސްނާއިރު، އަދޫއަށް އެނގޭތަ އަދޫގެ މަންމަމެންގެ ޚިޔާލު ހުރިގޮތެއް. ފަހަރެއްގައި އެމީހުން އަހަންނާ ދޭތެރޭ ހިތްހަމަވެސްނުޖެހިދާނެއެއްނު.] ލަމްހާގެ ހަނދާނަށް އައީ، އޭނާގެ މަދްރަސީ ދައުރުގެ ރަޙްމަތްތެރިއެއް ކަމަށްވާ ފަޒްލާގެ ލޯބީގައި ނިމުމުގެ ސިއްކަ ޖެހުނު ގޮތެވެ.
[އަހަންނަކީ އަންހެން ކުއްޖެއްތަ؟ އެއްވެސް ޢާއިލާއަކުން ފިރިހެން ދަރިންގެ މުސްތަޤްބަލަށްޓަކައި ބައިވެރިން ހޯދައިދޭ ކަމެއް އެނގިފައެއްނުވޭ. އެހެން ނޫނަސް، އަހަރެންގެ މަންމައާއި ބައްޕަ އަހަރެންގެ ދިރިއުޅުމަށް އެފަދަ ނުފޫޒެއް ނުފޯރުވާނެ.]
ލަމްހާއެކޭ އެއްފަދައިން އަދުހަމްވެސް، އޭނާގެ މައިންބަފައިންނަށް ނިކަން އިތުބާރު ކުރެއެވެ. ނަމަވެސް، އެއީ އޭނާއަށް ރަނގަޅަށް މައިންބަފައިން ދަސްވެފައި ނުވާތީއެވެ. އަދި އޭނާއަށް ނޭނގުނަސް އޭނާގެ ބައްޕަ ޒުހޫރާއި މަންމަ ޙަސީނާ މިހާރުވަނީ އޭނާގެ ޒަވާޖާ ގުޅުވާނެ ބައިވެރިޔަކު ޚިޔާރުކޮށްފައެވެ. އެއީ އެޢާއިލާގެ ރަޙްމަތްތެރިއެއް ކަމުގައިވާ ފިރާޤާއި ނަސީމާގެ ދަރިފުޅު މާއިޝާއެވެ. އެއީ މާއިޝާވެސް ވަރަށް ކުރިއްސުރެވެސް ދެކެމުން އަންނަ ހުވަފެނެކެވެ. މަންމަ ނަސީމާއާއެކު އަދުހަމްމެންގެ ގެއަށް ގޮސް އުޅުމުގެ ތެރޭގައި، އޭނާގެ ހިތުންވަނީ އަދުހަމަށްޓަކައި މަޤާމެއް ދެވިފައެވެ.
އެހެންކަމުން، މިހާރުއްސުރެންވެސް މާއިޝާ ދަނީ އޭނާގެ ހުވަފެންތައް ސީދާވެ، ލޯބީގައި ކާމިޔާބީގެ ކުލަޖެހޭނޭ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. މާއިޝާ އެގޮތަށް (އެނަޒަރުން) ދުށްކަމުގައިވިޔަސް، އަދުހަމް މާއިޝާ ދެކެނީ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތުގައެވެ. އެނޫން ގޮތަކަށް މާއިޝާވެސް އޭނާއާ ދޭތެރޭ ދެކޭނެ ކަމަކަށް އޭނައެއް ޤަބޫލެއް ނުކުރެއެވެ. ނަމަވެސް، އޭނާއަށް މި ހީކުރެވެނީ ރަނގަޅަށް ނޫންކަން އޭނާއަށް ގައިމުވީ އޭގެ ދެދުވަސް ފަހުންނެވެ.
އޭނާ ބޭރުގައި އުޅުމަށްފަހު އައިސް ގެއަށް ވަންއިރު، މަންމައާއި ބައްޕަ ބޮޑުކޮޓަރީގައި ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. އޭނާ ފުރަތަމަ މަންމަމެނަށް ނުފެންނަފަށުގައި ހުއްޓިލާ، މަންމަމެންގެ ވާހަކަތަކަށް ސަމާލުވެލިއެވެ.
[އެސޮރު ޤަބޫލުވާނެބާ.....އަހަންނަށް ދެރައީ، އެސޮރު ގާތު އަހާނުލާ ޒުހޫރު މާއިޝާގެ ބައްޕައާއި މަންމަ ގާތު އެދެކުދިންގެ ކައިވެނީގެ ވާހަކަ ދެއްކީމަ.] ޒުހޫރުގެ ނިންމުމާ ދޭތެރޭ ޙަސީނާ ހުރީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ.
[ކީއްވެތަ އެސޮރު ނުރުހެންވީ؟ މާއިޝާއަކީވެސް ނުލާހިކު ރީތި ކުއްޖެއްނު. އެހެން ނޫނަސް ފައިސާއާ ގުޅެންވާނީވެސް ފައިސާއާ. ރަނގަޅު ދެޢާއިލާ ގުޅުނީމާ، ޢާއިލާއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބޭނެ.] އެއީ ޒުހޫރު ދެކޭގޮތެވެ.
މަންމައާއި ބައްޕަގެ މިވާހަކަތައް އަޑުއެހުމަށްފަހު، އަދުހަމް އެތެރެއަށް ވަނުމުގެ ބަދަލުގައި ނުކުތީ ބޭރަށެވެ. މިހާރު އޭނާ ގެއަށް ވަދެއްޖެއްޔާ ބައްޕަ ސީދާ އެކައިވެންޏާ ބެހޭގޮތުން އޭނާޔާ މަޝްވަރާ ކުރާނެކަން އޭނާއަށް އެނގެއެވެ. ވުމާއެކު، ބައްޕައަށް އެފުރްޞަތުދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ބައްޕަ ކިތަންމެ ރޭވިޔަސް، އެކައިވެންޏަކާ އޭނާއަކަށް ނުރުހެވޭނެއެވެ. އޭނާގެ ހިތް އެކުއްޖަކަށްޓަކައި ވަޤުފްކޮށްފައިވާ ލަމްހާ ދޫކޮށްލެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އޭނާގެ ހިތުގައި ލަމްހާއަށްޓަކައި ވަނީ އާދައިގެ ލޯތްބެއް ނޫނެވެ.
އެރޭ އަދުހަމް އެނބުރި ގެއަށް އައިސް ވަނީ މަންމައާއި ބައްޕަ ނިދާހާއިރުކޮށްފައެވެ. ނަމަވެސް، އެހެން ރޭރޭ ބާރަ އެކެއްޖަހާއިރު ނިދަން ވަނަސް، އަދުހަމް ގެއަށް އައިއިރުވެސް، އަދުހަމްގެ އިންތިޒާރުގައި ޒުހޫރާއި ޙަސީނާއާ ދެމީހުން ތިއްބެވެ. މަންމައާއި ބައްޕައަށް ގޮވާލަމުން ނިދި ފާޑުވަމުން އަދުހަމް ހިނގައިގަތީ ސީދާ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.
[ދަރިފުޅާ އައިސްބަލަ، ދަރިފުޅަށް އިންތިޒާރު ކުރާތާ މިހާރު ކޮންއިރެއް.] ޒުހޫރު އަދުހަމް ހުއްޓުވިއެވެ. މަޑުކުރިއިރުވެސް އަދުހަމަށް ބައްޕަގެ މަޤްޞަދު އެނގެއެވެ. ބައްޕަ ދައްކަން އުޅެނީ ކޮން ވާހަކައެއްކަންވެސް އެނގެއެވެ.
[ބައްޕާ....ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ....] އަދުހަމް އާފުރުނެވެ.
[އާނ...އެންމެ ރަނގަޅު. އެކަމަކު...މާދަމާ ހެނދުނުވާނެ ބައްޕައާ ބައްދަލުކުރަން....] ޒުހޫރު މިހެން ބުނީމާ، އަދުހަމް ކޮޓަރިއަށް ވަނެވެ.
އަދުހަމްގެ ސިކުނޑި ސުމަކަށްދިޔަކަހަލައެވެ. އޭނާ ވިސްނަން ފެށިއެވެ. ބައްޕަގެ ނިންމުމާ ދޭތެރޭ އޭނަ ދެކޭގޮތް ބައްޕައަށް ހާމަކުރާނެ ގޮތަކާ ދޭތެރޭގައެވެ. އޭނާގެ ހިތަށް އަރަމުންދިޔައެވެ. އޭނާގެ ގާތު އަހާނުލާ ބައްޕަ އެފަދަ ނިންމުމެއް ނިންމީ ކީއްވެހެއްޔެވެ؟ އެރޭގެ ހަތަރުދަން އަދުހަމް ހޭދަކުރީ މިފަދަ ޚިޔާލުތަކެއްގައެވެ. ނިދީގެ އަރާމުން މަޙްރޫމްވެ އޮވެއެވެ.
[ބައްޕާ، އަހަރެން މާއިޝާއަކާ ނީންނާނަން....ލަމްހާ ނޫން ކުއްޖަކާއެކު ދިރިއުޅުން ޙިއްޞާކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ހިތުގެ މިލްކުވެރިޔަކީ ލަމްހާ.....] ބައްޕައަށް ދޭނެ ޖަވާބު އަދުހަމް ހިތާހިތާ ކިޔާލިއެވެ.
ފަތިސްވެއްޖެއެވެ. އެމޭރުމުން ބައްޕައާ މުޚާޠަބު ކުރާނޭ ގޮތަކާ ދޭތެރޭ އަދުހަމް ވިސްނަން އޮއްވައެވެ. އިރުވެސް އަރައިފިއެވެ. އޭރުވެސް އަދުހަމް އޮތީއެވެ. ނިދާކަށް ނޫނެވެ. ޚިޔާލުތަކާހުރެ ނުނިދިފައެވެ. ޙަޤީޤަތުގައި ވާނީވެސް އެހެންތާއެވެ. އޭނާއަކީ މީގެކުރިން ދުވަހަކުވެސް ބައްޕަގެ ކުރިމަތީ ބައްޕައާ ދެކޮޅަށް ޗުއްޕުވެސް ބުނި މީހެއް ނޫނެވެ. އަމުދުން ބުނާކަށް ފުރްޞަތެއްވެސް ބައްޕަ ނުދެއެވެ.
އެ ބައްޕައާއި މަންމަ އޭނާ ބަލާ ބޮޑުކޮށް ތަރުބިއްޔަތުކުރީ އިންތިހާއަށް ލޯބިދީގެންނެވެ.
ބައްޕައާ ދެކޮޅަށް ހަތިޔާރު އުފުލަން އެވަރަށް އެ މަޖުބޫރު ކުރުވަނީ ބައްޕައާއި މަންމަގެ ސާފު ލޯތްބެވެ.
[އަހަރެން މަންމައާއި ބައްޕަދެކެވެސް ވަރަށް ލޯބިވޭ. މަންމަމެނާ ވަކިވާކަށްވެސް ބޭނުމެއް ނޫން. ހަމައެފަދައިން ލަމްހާދެކެވެސް ވަރަށް...ވަރަށް ލޯބިވޭ. އެކަމަކު...އެއީ ތަފާތު ލޯތްބެއް....ކިހިނެއްތަ އަހަރެން ލަމްހާގެ ލޯބި ޤުރްބާންކޮށް، ބައްޕަ އެދައްކާ ހުންގާނުގައި ހިފާނީ.....] އަދުހަމް މަޝްވަރާ ކުރީ ރަޙްމަތްތެރިޔާ ޝިޔާޒާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ޝިޔާޒްގެ ގޭގެ ގޯތިތެރޭގައެވެ.
[އަދުހަމް، ލަމްހާއަކީ އިހަކަށްދުވަހު އަދުހަމްގެ ޙަޔާތަށް އައި ކުއްޖެއް...އެއާ ޚިލާފަށް މައިންބަފައިންނަކީ އުފަންވީއްސުރެން ލާމެހިފައިވާ ބައެއް. ކޮންމެ ގޮތެއްވިޔަސް، އަހަރެންނަމަ، ލޯބި ކަފުންކޮށް، މައިންބަފައިންގެ އުފާތަކަށް މަރްޙަބާކީމުސް.] އަދުހަމް ހީކުރިގޮތާ ޚިލާފަށް، ޝިޔާޒް ވާހަކަ ދެއްކީ ބައްޕަގެ ކޮޅަށް ބުރަވެ ހުރެއެވެ.
[ޝިޔާޒް! ތިބުނީ އަހަރެން ލަމްހާ ދޫކޮށްލާފަ، އެބުނާ މާއިޝާއާ ކައިވެނިކުރާށޭތަ!؟] އަދުހަމްގެ ގާތަށް ރުޅިއައެވެ.
[ސީދާ ލަމްހާ ދޫކޮށްލާފައި މާއިޝާއާ ކައިވެނިކުރާށެކޭ، ފަހަރެއްގައިވެސް އަހަރެން ނުބުނަމެއްނު. އަހަރެން ބުނީ އަހަރެންނަމަ، އަހަރެން ކަންތައްކުރާނެ ގޮތުގެ ވާހަކަ......] އަދުހަމް ރުޅި އަތުވެއްޖެކަން ޝިޔާޒަށް އެނގުނެވެ.
[ތީގެ މާނައަކީ އަހަރެން ލަމްހާ ދޫކޮށްލާށޭނުން.....ދުވަހަކުވެސް ތިކަމެއް ނުވާނެ. ޝިޔާޒް ތިހެން ތިބުނަނީ، ޢިޝްޤީ ލޯތްބަކީ ކޯއްޗެއްކަން ނޭނގޭތީ. ޝިޔާޒަށް ހީވޭތަ، ކިރިޔާވެސް އަހަރެންގެ ހިތަށް ބާރުފޯރުވޭނެނަމަ، އަހަރެން ބައްޕައާ ދެކޮޅަށް ނުކުމެދާނެހެން.] ޙަޤީޤަތަކީވެސް އެއީއެވެ. މިހާރު އަދުހަމަށް ވަނީ ލަމްހާއާ ވަކިން ނޫޅެވޭވަރަށް އޭނާދެކެ ލޯބިވެވިފައެވެ.
[ވެދާނެ އަހަންނަށް ލޯތްބަކީ ކޯއްޗެއްކަން ނޭނގެނީ ކަމަށްވެސް. ތިވީގޮތުން އަހަރެން ބޭނުން ލޯބި ކިޔަވައިދޭ ކްލާހަކަށް ދާން.] އަދުހަމާ ދިމާކުރާފަދަ ގޮތަަކަށް ޝިޔާޒް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު