ޢާއްމުހާލަތުގައި ވެކްސިންޖެހުމާ ސިއްހީ ކުއްލިނުރައްކަލުގައި ވެކްސިންޖެހުމާ ތަފާތުވާނެ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިންގެ އެއްލައްކަ ޑޯޒް މާދަމާ އިންޑިއާ އިން ރާއްޖެއަށް ގެންނާނެ ކަމަށް އިންޑިއާގެ ދަ އިންޑިއަން އެކްސްޕުރެސްގައި ވަނީ ރިޕޯޓްކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން ވެކްސިން ޖެހުމުގައި އިސްކަންދިނުމަށް އެޗްޕީއޭއިން ކުރިން ނިންމައި އިޢުލާނު ކޮށްފައިވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
އެކަމާ ގުޅިގެން ޑރ. ފައިސަލް ވިދާޅުވީ، ޢާއްމުހާލަތުގައި ވެކްސިންޖެހުމާ ސިއްހީ ކުއްލިނުރައްކަލުގައި ވެކްސިންޖެހުމާ ތަފާތުވާނެ ކަމަށެވެ. އެހެންކަމުން ކޯވިޑް-19 ގެ މިޙާލަތުގައި ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުން ވެކްސިން ޖަހާ ތަންތަނަށް އަންނާނެވަރާ، ނާދެވޭ ބަލިމީހުން ތިބިވަރުވެސް އެނގެންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ، "ވެކްސިން ޖަހަން ޖެހޭނީ ފުލްކިޓުގައި، މީހުން ދުރުދުރުގައި ބައތިއްބައިގެން" ކަމަށެވެ.
ޑރ. ފައިސަލް މީގެކުރިން ވިދާޅުވީ، ފައިޒާ އިން އުފެއްދި ވެކްސިން ބަހައްޓާނެ ގޮތެއް މި ސަރަހައްދުގެ އެއްވެސް ގައުމެއްގައި ނެތް ކަމަށެވެ. ފައިޒާގެ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70 ޑިގްރީ ފިނިހޫނުމިނުގައި ކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ. ނަމަވެސް މޮޑާނާ ވެކްސިންގެ ކޮންމެސް މިންވަރެއް ރާއްޖޭގައި ބެހެއްޓިދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެ ވެކްސިން ބަހައްޓަން ޖެހޭ ފިނިހޫނުމިނަކީ މައިނަސް 20 ޑިގްރީގައި ކަމަށްވެސް ފައިސަލް ފާހަގަ ކުރަށްވާފައިިވެއެވެ.
ޑރ. ފައިސަލް ވިދާޅުވީ މިވަގުތަށް ރާއްޖެ ތައްޔާރީ މައިނަސް 2 އާއި 8 ޑިގްރީއާއި ދެމެދުގެ ފިނިހޫނު މިނުގައި ބެހެއްޓޭ އޮކްސްފޯޑް ނުވަތަ ރަޝިޔާގެ ވެކްސިނަށް ކަމަށެވެ. އިންޑިއާ އިން ރާއްޖެއަށް ދެނީ އޮކްސްފޯޑްގެ ވެކްސިނެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

ޢާއްމުހާލަތުގައި ވެކްސިންޖެހުމާ ސިއްހީ ކުއްލިނުރައްކަލުގައި ވެކްސިންޖެހުމާ ތަފާތުވާނެ
— Ahmed Faisal (@Faisalnaifaru) January 19, 2021
ވެކްސިންޖަހަންޖެހޭނީ ފުލްކިޓުގައި ، މީހުން ދުރުދުރުގައި ބައތިއްބައިގެން
އެހެންވެ 👨🧕ވެކްސިންޖަހާތަންތަނަށް އަންނާނެވަރާ،ނާދެވޭ ބަލިމީހުންތިބިވަރުވެސްއެނގެންޖެހޭhttps://t.co/F5SM1muHKb
ޑރ. ފައިސަލް މީގެކުރިން ވިދާޅުވީ، ފައިޒާ އިން އުފެއްދި ވެކްސިން ބަހައްޓާނެ ގޮތެއް މި ސަރަހައްދުގެ އެއްވެސް ގައުމެއްގައި ނެތް ކަމަށެވެ. ފައިޒާގެ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70 ޑިގްރީ ފިނިހޫނުމިނުގައި ކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ. ނަމަވެސް މޮޑާނާ ވެކްސިންގެ ކޮންމެސް މިންވަރެއް ރާއްޖޭގައި ބެހެއްޓިދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެ ވެކްސިން ބަހައްޓަން ޖެހޭ ފިނިހޫނުމިނަކީ މައިނަސް 20 ޑިގްރީގައި ކަމަށްވެސް ފައިސަލް ފާހަގަ ކުރަށްވާފައިިވެއެވެ.
ޑރ. ފައިސަލް ވިދާޅުވީ މިވަގުތަށް ރާއްޖެ ތައްޔާރީ މައިނަސް 2 އާއި 8 ޑިގްރީއާއި ދެމެދުގެ ފިނިހޫނު މިނުގައި ބެހެއްޓޭ އޮކްސްފޯޑް ނުވަތަ ރަޝިޔާގެ ވެކްސިނަށް ކަމަށެވެ. އިންޑިއާ އިން ރާއްޖެއަށް ދެނީ އޮކްސްފޯޑްގެ ވެކްސިނެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު